ލ. ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ތިބި ސައިކަލް.---ފޮޓޯ: ޕޮލިސް
08 ޖޫން 2025 - 00:53
ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ، ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ރޭގެ ހަތެއް ޖަހާކަން ހާއިރު ހިނގި އެކްސިޑެޓުގައި އެ ސައިކަލްގައި ތިބި ދިވެހި ދެ ފިރިހެނުންގެ ވެސް ބޯފަޅައިގެން ގޮސް ފައި ބިނދިފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި އަދި އެ މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަށް އިތުރު ޒަހަމްތަކެއް ވެސް ވި ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
ސައިކަލް ދުއްވަ އިން މީހާގެ ފަހަތުގައި ވެސް އިނީ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް ކަނާތު ފައި ވެސް ދެ ތަނަކުން ބިނދި އިތުރު އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލ. ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރު: މި ކާރަށް އެކި ވަރުގެ ގެއްލުންތައް ލިބުނަސް އެ އުޅަނދު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ނުވޭ.---ފޮޓޯ: ޕޮލިސް
"މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް އަށް އަނިޔާވެފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމް
09 June 2025
މަގުމެދުގައި ހުރަހަށް ސައިކަލް މަޑުކޮށްގެން ތިބި ވާހަކަ ލިޔެލި ނަމަ ސަޅި..
މިއައު
08 June 2025
ބާރަށް ދުއްވާއިރު ފުލުހުން ކީއްވެތޯ އަޅާ ނުލަނީ. ޖެހުނީމަ ޕޮލިހުން އެޓަންޑު ކުރަނީ އަބަދުވެސް. ވެހިކަލް ޓޯކުރޭ ބާރަށް ދުއްވަންޏާ
މުލޭ
08 June 2025
މިގައުމުގައި މިއޮތް މިނިވަންކަމަކާހެދި ފުލުހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ޓޯކުރިޔަސް ޓޯނުކުރިޔަސް ފުލުހުން ގޯސްވާނެ. ފުލުުހުންނަށްވުރެ ގޭންގުތަކުގެ ބާރުގަދަ. އެމީހުން ތަބާވާންޖެހޭ ގާނޫނެއް ގަވާއިދެއް ނެތް. ބަޔަކު އެކަން އޮތީ ދަސްކޮށްދީފައި އެމީހުންނަށް. ކުށްކޮށްގެން ހައްޔަރުކުރާ މީހާގެ ދިފާޢުގައި ވެސް ބަޔަކު ނިކުންނާނެ. މިގައުމުގައި ކޮންމެ ކަމަކީ ވެސް ސިޔާސީކަމެއް.
އަލީ އަހްސަން
08 June 2025
ކައްދޫ އެއަރޕޯޓް އިން ނިކުމެގެން ޖެޓީއަށް ދާ އިރު ވެސް މި ލިންކް ރޯޑް ހުރަސް ކުރަން ޖެހޭ.