"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރެއްވަނީ. --- ފޮޓޯ: ނިޝާން އަލީ / މިހާރު
12 ޖޫން 2025 - 15:38
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި މި ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީން މައްޗަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއް ނަމަވެސް ދަރިވަރުންނަށް ވަރަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ވީހާވެސް ރަނގަޅު މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ފެށީ ދެ އަހަރު ތެރޭ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމަން. މިހާރު އެސްޓިމޭޓެޑް ޓައިމް ލައިނަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ސްކޫލުތަކަށް އޭސީ ފޮނުވައި، ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓުގައި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ | މިހާރު
ނަޖާހު ވިދާޅުވީ އޭސީ ޕްރޮޖެކްޓާ އެކު ރަށްރަށުގެ ކަރަންޓު ވެސް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
"ރައީސްގެ އިރުޝާދުގެ ދަށުން އަޅުގަނޑުމެން އެބަ ގެންދަން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތެއް. މިހާރު އިން ޓައިމްލައިގައި [ސެޕްޓެމްބަރުގައި ފަށައި ޖެނުއަރީއަށް] ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ނަޖާހު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިހާޒް މުހުސިން
13 June 2025
ނިކަން އުފާވެރި ހަބަރެއް މިއީ. މީގެ ސަބަބުން ދަރިވަރުންނަށް ރަނގަޅު މާހައުލެއް ލިބޭނެ
އައުޒަމް
13 June 2025
ކަން ކުރަން އިނގޭ މީހުން އައީމަ ތަފާތު މިފެންނަނީ.
އާސިމް ރިޒާ
13 June 2025
ރައީސް މުއިޒް ހުސްވައުދެއް ނުވާނެކަން މިހާމަވަނީ.
އެކަލޯ 1
13 June 2025
އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވަނީނަމަ ރައީސް ވިދާޅުވި މި އަހަރުގެ ސެޕްޓެންބަރ މަހު ހުންނާނީ ހުރިހާ ސުކޫލެއް އޭސީކޮށް ނިމިފައޭ.
ސަބީހު
13 June 2025
ފެނަކައިގަ މަސައްކަތެއް ނެތި ތިބި ސިޔާސީ ވަޒީފާތަކުގެ މީހުން ލައްވާ މަސައްކަތްކުރުވަންވީ އެމީހުންގެ މުސާރަ ހަލާލުވާވަރަށް
ހާސަރު
12 June 2025
ދަރިންކައިރީ ކޮށްދޭންބުނާކަންތައް އަތްމަތި ދަތިވީމަ ކޮށްދެވެންނެތްވާހަކަ ބުނީމަ ގަބޫލްކުރޭ. ދަރާވިކި ބޯހިއްލާލެވެންނެތްއިރު ކުންފުނިތައް އެއްކޮށް ފުނޑާލުމަށްވުރެ މިހާރުގެ ހާލަތު ރީތިކޮށް ރައްޔިތުން ކައިރީބުނެ މިކަންކަންނުކުރުން ރަގަޅީ.
ޞިލު
12 June 2025
ކިހިނެއް ތި ބިލު ދައްކާނީ
މަރުތެލި
12 June 2025
ފެނަކައިގެ ޕީއާރާއި ތިކަން ހަވާލުކުރާށެވެ. އެއިރު ފޮޓޯ ޖަހައިގެން ކުރެވިދާނެއެވެ. ފެނަކައަށް ހިންދެމިލާނެ ފުރުސަތު ނެތް އިރު އެތެއް އިންޖީނުގެއަކަށް ބޭނުންވާ ސާމާނު ނުލިބި ލަނގޮޓިމަރައިގެން އުޅޭއިރު، އިތުރަށް މަސައްކަތް ހަވާލުކޮށްގެން ތިޔަކަމުންވާނީ ބޮޑުގެއްލުމެވެ. ސިޔާސީ ބަދުނާމެވެ.
ސީޕީއޯ ކޮރު ވަޒީރު
12 June 2025
ފެނަކާއި ހާވާލުވެފައި އޮތް ޒިންމާ ރަނގަޅަށް އަދާ ނުކުރެވޭ އިރު އިތުރު ކަންތަށް ހަވާލުކުރިޔަސް ވާނެ ކަމެއް ނޯންނާނެއެވެ. މިއީ ހެޑްލައިން ހަދަން ކުރާކަމެއްނަމަ މައްސަލައެއްނެތެވެ. ފެނަކައިގެ ކަމަކީ ކަމާއި ނުބެހޭ ހުރިހާކަމަކަށް ބޯ ކޮށްޕުންހެން ހާދަ ހީވެއެވެ.
ޚިމް
12 June 2025
މަޖީދިއްޔާގަ ހަމަ ގައިމުވެސް ބެލެނިވެރިން ނުކުމެ އޭސީކޮށްފި