ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: އިދިކޮޅު އެމްޑީޕީއަށް ފަސް ފަނި ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި
18 ޖޫން 2025 - 12:14
އިދިކޮޅު އެމްޑީޕީ އަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށާއި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީ އަށް އެއްކޮށް ގެއްލުވާލާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު އެމްޑީޕީ ރޫޅާލުމަށް ފަހު، މިހާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ އެ ޕާޓީ "ރާވަން" ވަޑައިގަންނަވަނީ ކަމަށެވެ.
އަނެއްކާވެސް އެމްޑީޕީ ރޭވުމުގެ މަސައްކަތް ނަޝީދު ކުރައްވާނެ ކަމަށާއި ނަމަވެސް، އެ ޕާޓީ އަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފައި އެމްޑީޕީއަށް މިހާރު، ފަސް ފަނި. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވާލާނަން އެމްޑީޕީ އަށް. އެއްކޮށް ގެއްލުވާލާނަން،" ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއަށް "ފަސް ފަނި" ފޮނުވާފައިވާނެ ކަމަށް ފަލާހު ވިދާޅުވިއިރު، މި ފަހުން އެ ޕާޓީއަށް ޕީއެންސީން އެއްވެސް މެންބަރަކު ގުޅިފައެއް ނުވެ އެވެ. ނަމަވެސް، ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް މި ފަހުން އެމްޑީޕީއާ ގުޅުނެވެ.
އަދި އިއްޔެ އެ ޕާޓީން ވަނީ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމައިފަ އެވެ. އޭގެ ތެރޭގައި ނަޝީދާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނެ އެވެ.
އެގޮތަށް ނިންމައި، ޑިމޮކްރެޓްސްއިން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައިވަނީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ.
އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އަދި އެމްޑީޕީގެ ވެސް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.
ޑިމޮކްރެޓްސް ޕާޓީ އަށް ނަޝީދު ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
20 June 2025
ތިފަނިތަށް އެބުރިއަންނާނީ ތިޕާޓީއައްނޫންބާ؟
މިސް
19 June 2025
ބަލަ ތިޔައުޅެނީ ޕާޓީ ހަރުގެ މަޖިލީހާވެސް އޮޅިގެން، ދެން ފޮނުވާ ފަނި އުޅޭނެ ހާލު ވިސްނާ، އަމިއްލަ މީހާ އޮޅި ހުރެވޭތަންނޭގި ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ ބަޔަކު ފޮނުވާ ފަންޏަކުން ނުކުންނާނެ ނަތީޖާ ކިހިނެއްބާ އެގޭނީ
ތޫބާ ނާޒިމް
19 June 2025
މަގޭ ވޯޓް ރައީސް މުއިއްޒް ބުނާ ބޭފުޅަކަށް
އަހްމަދު ޒާހިރު
19 June 2025
އެމްޑީޕީއަށް ވޯޓް ދިނުމުގެ އެއްވެސް ބޭނުމެއް ނެތް. ފެއިލްވެފައި އޮތް ބަޔެއް. ވޯޓް ދޭންވީ ސަރުކާރުގެ ފަރާތްތަކަށް
ތޫބާ ނާޒިމް
19 June 2025
އަސްލު އެމްޑީޕީ ދެކެ ފޫހިވެއްޖެ. މިސަރުކާރުން ކަންކަން ގެންދާގޮތް ވަރަށް ފުރިހަމަ އަސްލު
ޝަހުމް އާދަމް
19 June 2025
މިފަހަރު ދޭނީ ރައީސް މުއިއްޒް ދައްކާ މީހަކަށް ވޯޓް.
ޝެލަރީ
18 June 2025
އަސާސީތާލީމް ކިޔޭތޯ ހިނގާބަލަމާދޯ
އަހުމަދުބިންސުލައިމާން
18 June 2025
ފެނަކައިން ދިވެހި ކުންފުނިތަކަށް ދޭން ހުރި ފައިސާ ފުރަތަމަ ދީބަލަ. އޭގެ ފަހުން ވޯޓާއި އުޅެބަލަ.
ބޭޗާރާ
18 June 2025
ދޭތެރެޖެއްސުމާ ހަސަދަފިލުވުން ނޫން އެއްޗެއް ތިބައިމީހުންނަކަށް ނޯވޭދޯ؟ އެކަމު އެއްބައިވަންތަކަމޭ ގައުމިއްޔަތޭވެސް ގޮވާނެ.
އެކޮއި
18 June 2025
ކަލޯ ފެންވަރު އޮޅުނަސް ތީ ބޮޑުވަރު. ލަކުޑި ކީހަން ކީސް ހިފައިގެން އުޅުނު ހަނދާނެއްވެސް މިހާރަކު ނުހުންނާނެ. ތަޢުލީމީގޮތުން ތިމާމީހާ ހުރި ހިސާބަކާމެދު ވިސްނާނުލެވޭނެ ފައިސާ މަތީ އުދުހެން ފުރުޞަތު ލިބުމުން. އެމް.ޑީ.ޕީގެ ގޮތުގައި އެމް.ޑީ.ޕީ ފެނިދާނެތީ މޭ ކެރިއަސް ތީ ބޮޑުވަރު