ގާސިމް ވިދާޅުވީ، މުވައްޒަފުންނާ އެކު އެއްބަސްވުމެއް ހަދާފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށް.
ގާސިމް އިބްރާހީމް އޭނާގެ ރިސޯޓް ސަން އައިލެންޑުގައި އޭޕްރީލް 2017 ގައި "މިހާރު" ގެ ނޫސްވެރިންނާ އެކު: ބައެއް ރިސޯޓުތަކުން މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާ އިން ދޭން ނިންމުމުން އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ. --ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
18 ޖޫން 2025 - 22:19
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާ އިން ދޭން ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކުން ނިންމުމަކީ ހައްގު ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެ ނިންމުމާ ގުޅިގެން ދަތިވާ ކަމަށް ބުނެ، އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާ އިން ދޭން ނިންމިކަން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސް އިން ވަނީ އިއުލާންކޮށްފަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާ އިން ދޭން އެ ކުންފުނިން ވެސް ވަނީ ނިންމައިފަ އެވެ.
އެކަމަކު، ޓޫރިޒަމް ދާއިރާގައި އެންމެ ނަގާ ކިޔާ އެއް ކުންފުނި ވިލާގެ ޗެއާމަން ގާސިމް އެ ވިސްނުންތަކާ ވަރަށް ބޮޑަށް ދެކޮޅެވެ. އެހެންވެ، "އެކްސް" ގައި މިރޭ ކުރެއްވި ދިގު ޕޯސްޓެއްގައި ގާސިމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވީ ޓޫރިސްޓުންގެ އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމަށާއި އެހެން ކަމުގައިވާ ނަމަ އެ ހައްގު މުވައްޒަފު މީހާ އަށް ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
"ޑޮލަރުން ނޫން ގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބިގަތުމަށް އިންކާރު ކުރާ ނަމަ އެއީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާ އަށް ރައްދު ކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ވެސް މެ އެވެ،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާނޫނީ މައްސަލަ އެހެން އޮތުމުން، ޑޮލަރުން ލިބޭ ސާވިސް ޗާޖު މުވައްޒަފެއްގެ ނުރުހުމުގައި ރުފިޔާއިން ލިބިގަތުމަށް ދެކޮޅު ހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތަށް ހުށަހެޅުމުން ނަތީޖާ ސާފުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ ވެސް އެތައް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުގައި ވެފައި، ގާނޫނުން ވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާ ކަމަށް ބުނެ ސާވިސްޗާޖު ދިވެހި ރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެ ދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ އެވެ،" ގާސިމްގެ ޕޯސްޓުގައި ވެ އެވެ.
މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެ މީހާ އަށް ރައްދު ކުރުމަކީ އެ އަމާނާތާ ހަވާލުވި މީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ގާނޫނީ ވާޖިބެއް ވެސް މެ އެވެ،"--- ގާސިމް
ގާސިމް ވިދާޅުވިގޮތުގައި، މާލީ ދަތިތަކާ ގުޅިގެން ބައެއް ކުންފުނިތަކުން މުސާރަ ވެސް ރުފިޔާ އިން ދޭން ނިންމަން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންނާ އެކު އެއްބަސްވުމެއް ހަދާފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.
"ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއުތިރާޒެއް ނެތް ކަމުގައިވާ ނަމަ އެވެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރި
20 June 2025
ސަރވިސް ޗާރޖް ނެގުން ރަނގަޅުތަ؟ ހަމަ ގައިމުވެސް މާލޭގެ ރެސްޓޯރަންޓް ތަކުން ސަރވިސް ޗާރޖް ނަގަނީ ހައްގު ގޮތަކަށް ކަން ގަބޫލެއް ނުކުރަން. ރިސޯޓުތަކުގައިވެސް އޮތީ އެއަށްވުރެވެސް ސަކަރާތްކޮށް. ނުހައްގުން ނަގާ އެއްޗެއް ދެން ބަހާގޮތާ މެދު ތި ވާހަކަ ދައްކަނީ.
ޗިކަންރިންގު
19 June 2025
ސާވިސް ޗާޖު ޑޮލަރުން ނަގާފާ އެ އެއްވެސް ލާރިޔަކުން ނުދޭ ބަޔަކުވެސް އުޅޭބާ؟
ޖައިސާމް
19 June 2025
ގާސިމް ބުންޏަސް ތެދެއް ވާނީ ތެދަކަށް.
ްެއެބަޖެހޭ
19 June 2025
ސަރުކާރުން ޑޮލަރު މާރުކުރާ ތަންތަނަށް ދީފައިވާ ލައިސެންސް ބާތިލް ނުކުރާހާ ހިނދަކު ބްލެކް މާރކެޓް ނުހުއްޓުވޭނެއޭ އަދި ސަރުކާރުގެ ކުންފުނި ތަކަށް ބޭނުންވާ ޑޮލަރު ބްލެކް މާރކެޓުން ގަތުން ހުއްޓާނުލަނީސް މިކަން ނުހުއްޓޭނެއޭ ސަރުކާރުގެ ކުންފުނި ތަކުން ބްލެކް މާރކެޓް އިން ޑޮލަރު ގަތުން ހުއްޓާލުމުން މިކަން ނިމޭނެއޭ މިކަން އަަވަސް ކުރާށޭ ސަރުކާރުން އަވަސް ކުރާށޭ އަވަސް ކުރޭ އަވަސް ކުރޭ ރައީސް މީހާ ގައިގައި އެބަޖެހޭ މިކަމުގައި ކެރުމާއި ހިތްވަރު ހުންނަން
ދައުލަތް
19 June 2025
ދިވެހިރާއްޖޭގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި މުއާމަލާތު ކުރަންވާނީ ރުފިޔާއިން. މުސާރަ، ސަރވިސް ޗާޖް ވިޔަސް، އެއްޗެއްގަތުން ކަމަށް ވިޔަސް.
އައިމިނާ
19 June 2025
ރިޒޯޓް އޯނަރުންނަށް ރައްޔިތުން އެހީވާން ޖަމްޢިއްޔާ ޖަމާޢަތްތަކުން ފަންޑްފޮށި ބަހައްޓަން ހުރިހާ އެއްމެން ގުޅިގެން މަސައްކަތްކުރަމާބަހީ.
ނިކަމެތި
19 June 2025
ކަލޭ ގެ މުވައްޡަފުންނަށް ކޮވިޑް ގަ ކަންތައްކުރި ގޮތް ހަދާން އެބަހުރިތަ. މުސާރަ ނުދޭ. ބައެއް މަގޭ ކޮއްކޮ އަށް 2 މަސް ދުވަހު ދިން 1000ރު. ފަހުން އެވެސް ނުދޭ. މިމީހުންގެ ލަދު ހަޔާތް ކޮބާ.
ޙިނި
19 June 2025
ޑޮލަރުން މުސާރަދޭ ރިސޯޓު ވަޒީފާތަކުގެ ފައިދާވެސް ބޭރުމީހުނަށް މިސަރުކާރުން ފަހިކޮއްދެނީ. ދިވެހިނަށް ހަމަ އޮތީ ނާށިގަންޑު.
ތަމެންދޯ
19 June 2025
މުއިއްޒު ޔަގީނުން ވެސް ބުނި ޗައިނާ ކަަރަންސީ އާއި ދިވެހި ރުފިޔާ ބޭނުންކޮށްގެން މިއަހަރު ޖުލައި މަހުން ފެށިގެން ވިޔާފާރި ކުރެވޭނެ ކަމަަށް އެކަމެއް ނުވޭދޯ އަދި އިންޑިއާ ކަރަންސީ އާއި ދިވެހި ރުފިޔާ ބޭނުންކޮށްގެން ވެސް ވިޔާފާރި ކުރެވޭނެ ގޮތެއް ނުވޭދޯ ފްރީ ޓްރޭޑް އެއްބަސްވުން ޗައިނާ އާއި އެކު ހެދީ އަމާބުނީތީ ފަރަށްދާ އުސޫލުންނޭ އެެހެންވެ މިކަން މިގޮތަށް ވާން ޖެހެނީދޯ...
ތިމާނު
19 June 2025
ގާސިމް ރަގަޅެއް ނޫން ތިވާހަކަ ދައްކަން. އަމިއްލަ މުއަޒަފުން ނައް ދެނީ ރެފިޔާ.