އެމްޑީޕީން 2022 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގެ ބައްދަލުވުމެއްގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 ޖޫން 2025 - 11:46
ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓިން ވަކިވެ، އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީ"އަށް މިދިޔަ އަހަރުގެ ޖޫން މަހު ދެއްވި އިންޓަވިއުގެ ތަންކޮޅަކާ އެކު، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި އާއްމުންގެ މަސްލަހަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީ އިން މިދިޔަ ހޯމަ ދުވަހު ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށް ބުނެ ގަރާރެއް ފާސްކޮށްފަ އެވެ.
އެހެންވެ، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް ނަޝީދާ އެކު، އެ ޕާޓީގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމައިފަ އެވެ.
ނަމަވެސް، އިބޫގެ ޕޯސްޓުގައި ނަޝީދުގެ ނަމެއް ވިދާޅުވެއް ނުވެ އެވެ. އެއާއެކު، ދެން އޮތީ ދިމާވާ ހުރަސްތަކުން ފަހަތަށް ނުޖެހުމާ ގުޅޭ ޅެން ބައިތެކެވެ.
ދަ ޑިމޮކްރެޓްސްގެ މެމްބަރުން @MDPSecretariat އާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވަން. އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ.… pic.twitter.com/KWPeFBiyza
— Ibrahim Mohamed Solih (@ibusolih) June 19, 2025
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،" ޕޯސްޓުގައިވެ އެވެ.
ރާއްޖެ ޓީވީ އަށް ކުރިން ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ އެމްޑީޕީއަކީ އެންމެން އެކުވެގެން އުފައްދާފައިވާ އެންމެންގެ ޕާޓީއަކަށް ވާތީ އެކުގައި ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"..އޭރު ހުރި މައްސަލަތައް، އެ ކަންތައް ކުރެވޭނެ އަދި އަޅުގަނޑާ ދޭތެރޭ މައްސަލައަކަށް ވިއަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން މި ކުރި މަސައްކަތް ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ކުރި މަސައްކަތް، އެމްޑީޕީގެ މަސައްކަތް،" އިބޫ ވިދާޅުވި އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް ވަނީ މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ނަޝީދު ނިންމެވިއިރު ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވި އެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކުބޭ
21 June 2025
މައި ސަރުކާރުގެ އެދުމުގެ މަތިން ކަލޭމެން އެއްބައި ވީ ދޯ؟ މައިސަރުކާރަކީ އެމެރިކާ، އަދި މިސަރަހައްދުގެ އެމީހުންގެ އޭޖެންޓް އިންޑިއާ، މީހުން ބުނާ ފޭކް ޑިމޮކެރޭޒީގެ ތެރެއިން އެމީހުންގެ ނެރެޓިވް ގަ ޖެހި އެމީހުން ޤައުމުތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޓޫލްގަ ޖެހި، ތީތި މިހާރު މީހުން ޤަބޫލެއް ނުކުރޭ. ދުނިޔޭގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ތި ޑިމޮކްރޭޒީ ސިސްޓަމް ބޭނުންކޮށްގެން ، ގައިޒް އިޓްސް އެން އިލިއުޝަން.
ގިނި
21 June 2025
މިއީ ދިވެހިރާއްޖޭގެ ދީނާ ، އެއްބައިވަންތަކަން ފަސާދަ ކުރާ ލެފްޓް ވިންގް ޕާޓީ ހުރި ހަލާކެއް. މި ބައިމީހުންނާ ދުރުވޭ
ޙުޅަގު
19 June 2025
ޒައޯ ހުޅަގުން ރާއްޖެއަށް ފޮނުވި އެޖެންޓު ގުޅުނީދޯ. ދެން ހަމަޖެހިލައިގެން ނޫޅެވޭނެ
އެކަން މިދަނީ ފެންނަމުން
19 June 2025
ރައީސް އިބޫއަކީ އޭރުވެސް މިހާރުވެސް ތަފާތު ބޭފުޅެއް.
ސަމުގާ
19 June 2025
ފޮޓޯއިން ފެންނަގޮތުން ފައްޔާޒު ހުރީ ބޮޑުވިސްނުމެއްގައި. ވެރިކަމަށް އަންނަން ލިބުނު ބޮޑު ޗާންސްގެއްލުނީމަ.
ދިޔަހިިއްކި
19 June 2025
2022 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގެ ބައްދަލުވުމެއްގެ ފޮޓޯއެއް ސަމުގާ
ރުންކުރު
19 June 2025
ކުރިން ވީ ގޮތް ހުރިހާ އެންމެންނަށްވެސް އެނގޭ. ދެން ވާނީ ކިހިނެތްކަން ނޭންގެނީ. ކުރިން ހެދި ގޯސްތައް އަލުން ތަކުރާރު ނުކުރާނެކަމަށް އުއްމީދު ކުރަން. އޭރުން އަނެއްކާވެސް ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލޭނެ. މާޒީ ތަކުރާރު ކުރާނަމަ އަހަރެންގެ ތާއީދު އެމް.ޑީ.ޕީއަކަށް ނޯންނާނެ
ބިގަރަ ހަސަނާ
19 June 2025
ޙުރިޙާ ދެރައެއް ޝާހިދަށް. އެމަނިކުފާނު ހީކުރީ މިވެރިކަން ލިބެނީ ކަމަށް. 1200 ވަރަކަށް ދުވަސް އޮތީ 2028 ގައި ވޯޓްލަން.
އޫބެއާއްކަލޯ
19 June 2025
ރ ނަސީދަކީ ރާއްޖެ ރައްޔިތުންގެ ގައުމަކަށް ހަދައިދިނުމަށް ކުރިމަސައްކަތުގެ ބާނީ. އެކަކު ދެބަސްވެވޭނެ ގޮތެއްނެތް. އެކަމަކު އެމްޑީޕީ މިހާރުވަނީ އެކިދުވަސްވަރު އެކިގޮތްގޮތަށް ކޮރަޕްޓުވެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ނުކުޅެދި ފީވެ އަތަށްއުގުޅި ރައްޔިތުންގެ އިތުބާރު ގެއްލި ވެރިކަން ގެއްލިފަ. ރިކަވަރީއެއްނެތް. ރނަސީދު ހުއްޓަކަސް އެމްޑީޕީއަކަށް ދެނެއް ވާނެ މޮޅެއް ނެތް.
ތިގޭމު
19 June 2025
ބާނީއޭ ކިޔައިގެން ދައްކާ ވާހަކައަކީ އެތައް ބަޔަކުވި ގުރުބާނީ ސައިޑްލައިން ކުރުން. އެކަމުގެ ކްރެޑިޓު ހަމައެކަނި ނަޝީދަށް ދެވޭނެ އެއްގޮތްވެސް ނެތް. ފަހުވަގުތު ކަންދިމާކުރޮގޮތުން ކުރީ ސަފުގަ ލައްވާލައިގެން ލިބުނު މަގުބޫލުކަމެއް އޮތަސް މިހަގީގަތް އަހަރުމެންނަކަށް ނުއޮޅޭ. ޑިމޮކުރަސީއަކީ އަދި މަ ތާއީދުކުރާ ނިޒާމެއްވެސް ނޫން އެކަމަކު އެހެންނޭ ކިޔައިގެން އެމަސައްކަތް ކުރަންވެސް ކިތައް މީހުން އުޅުނީ؟ އެކަމަކު ނަން މިވަނީ މިކަލޭގެ އެކަނި
ދޫލަ
21 June 2025
ދެން ވެރިކަން ކުރި ޔާމީނޯ؟ މިހާރު ވެރިކަން ކުރާ މުއިއްޒުއޯ؟ ޔާމީނުގެ ވެރިކަމުގެ ކްރޮޕްޝަނާއި އަނިޔާ ތާރީޚުގައި ވެސް ފެނިފައެއް ނެތް. މުއިއްޒުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅު ވެސް ދަނީ އެމިސުރާނު އަދި ކޮބާ؟ މިހާތަނަށް ތަރައްގީގެ އެއްވެސް ކަމެއް ނުފެނޭ. ފެންނަނީ ވަޢުދާ ޚިލާފުވާ މަންޒަރު.
ފޮޓޯ
19 June 2025
ފޮޓޯއިން އެކަނިވެސް އެބަ ވަރައްބައިވަރު ވާހަކަ ބުނެދޭ.
ޝޮކްތެރަޕީ
19 June 2025
އެމްޑީޕީ އޮވާލަންވީ ގައުމައްވެސް އެމްމެ ފައިދާބޮޑީ އެގޮތް
ހަޔަތު
21 June 2025
ރައްޔިތު މީހާއަށް މިވީ ވިއްސަކަށް އަހަރު އެއްޗެއް ލިބިފައި އޮތިއްޔާ އޮތީ އެމްޑީޕީގެ ވެރިކަމުގައި. އުވާލަންވީ ތިބާއަށް ރަނގަޅު އެހެން ގޮތެއް އޮތިއްޔާ. ހަމައެކަނި ކުރިން ލިޔުނުހައި ބޭހެއް ހިލޭ ލިބުނީ އެމީހުންގެ މައްސައްކަތުން، މިހަރު އެބޭސްކޮޅުވެސް ނުލިބޭ.