ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
21 ޖޫން 2025 - 15:50
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިސް ނަގައިގެން މި އަހަރުގެ ޔޯގާ ދުވަސް ރިސޯޓެއްގައި މިއަދު ފާހަގަކޮށްފި އެވެ.
ސަރުކާރުގެ އެހީތެރިކަމާ އެކު، މި ފަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތްތައް އިންޑިއާ ހައި ކޮމިޝަނުން ބޭއްވީ އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
އެ ރިސޯޓުގައި ބޭއްވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.
މި ހަރަކާތުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.
ތާޖު ރިސޯޓުގައި ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި އިންޑިއާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އަދި އެ ހަރަކާތުގެ ޝަރަފުވެރި މެހުމާން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އިންޑިއާއިން ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަހާ ގުޅިގެން ރާއްޖޭގައި ވެސް އެކަން ކޮންމެ އަހަރަކު އިންޑިއާގެ އެމްބަސީން އަންނަނީ ފާހަގަކުރަމުންނެވެ.
ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ނަމަވެސް، 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި، ހަމަނުޖެހުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އެ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް މިދިޔަ ސަރުކާރުގައި ދައުވާ އުފުލިއިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭސް
21 June 2025
ލިޔެފައޮތް އެއްޗެއްކިޔާފަ ކޮމެންޓުކޮށްބަލަ، މާލެ ނޫނީ ދިވެހިން ދިރިއުޅޭރަށަކުނޫނޭ ލިޔެފައެއޮތީ އިންޑިޔާ ބަޔަކު ހިންގާ ރިސޯޓެއްގަ ބޭއްވިވާހަކަ. އިދިކޮޅުވާންވެސް ހޭދެބައިވަނީ!!!!
ޜާހިލު
21 June 2025
ނުވާނެ ތިގޮތަކަށް މިހާރު
އެންމެން ހެޕީ
21 June 2025
ކުރިން ބުނިއެތި ކެންސާ............ލް
ފަގުޑި
21 June 2025
ކޮބައިތަ އެއްކަލަ ފަގުޑި !
ފަހި
21 June 2025
ކޮބާ ކުރީގަ މިކަމާ ދެކޮޅަށް ނުކުތް މީހުން ހަބަރުހުސްވެފަތަ؟ ޚަރާމް ކަމެކޭ ބުނިމީހުން ހަލާލު ކަމަކަށް ބަދަލުވީތަ.
ޓިނު
21 June 2025
ދެންއަތްޖަހަ ބާރައްއަތްޖަހަ.
އިހްސާސް
21 June 2025
ކޮބާ ޝެއިޙް ނިޝާނުމެން ފަޒުލޫނުމެން. ހިންދޫ ދީނުގެ އަޅުކަމެކޭ ބުނީމު ޔޯގާއަކީ. ހިންނަވަރު އިބުރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގަ ހުރިއިރު ގޯސް. އެކަމަކު ޝެއިހެއްގެ މ ޑރ.މުއިއްޒު ވެރިކަމުގައި ހުރީމަ ޔޯގާ އޯކޭވަނީ ކިހިނެކޯ؟
ނިޝާން ދަ މޯލްޑިވިއަން
21 June 2025
އަހަރުމެން ގެނައި ވެރިކަމެއްމީ. އެހެންމީވަ ނެތް މިކަމާ އުޅެވޭކަށް.
ރާވެރިބެ
21 June 2025
ކަސްރަތެއްގެ ގޮތުން މިޒަމާނުގަ މީހުން ހަދާ ޔޯގާ އަކީ އަޅުކަމެއް ކަމަކަށް ނުދެކެން. ޢެހެން މުސްލިމް ގައުމުތަކުގަ ހުއްދަ އިރު މީ ހަރާމް ކަމެއްކަމަށް ގަބޫލުކުރަން ދަތި. ޢަނެއް ކަމަކީ އެކި ވެރިކަމުގަ ޔޯގާ އެބަ ހަލާލުވޭ.
ސަލަފް
21 June 2025
ޢެންމެ ސަލަފް ޕޯސްޓްގަނޑެއްވެސް ނުފެނޭ، ހޫ
އިސްހާގު އޮރައިބީ
21 June 2025
ޔޯގާ އަކީ ހުއްދަ ކަމެއް