"ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ
ބޭންކް އޮފް މޯލްޑިވްސްގެ ކާޑަކުން ޕީއޯއެސް މެޝިނެއް ބޭނުންކޮށްގެން ފައިސާ ކަނޑަނީ.-- ފޮޓޯ: ބީއެމްއެލް
30 ޖޫން 2025 - 17:40
ގައުމީ ބޭންކް، ބީއެމްއެލުގެ ކާޑުތަކުން ބޭރުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ހަމަޖައްސައިދޭން މިހާރު ޖެހޭ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުންޏެވެ.
އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، އޮންލައިންކޮށް ވިޔަފާރިކުރަން ގާތްގަނޑަކަށް ދުވަލަކަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
އެ 75 ޕަސެންޓުގެ ތިންބައި ކުޅަ އެއްބައި ހޭދަކުރަނީ އެ ބޭންކުން މިއަދު އިއުލާނުކުރި ހަ މާޗެންޓަށް ކަމަށް ބުންޏެވެ. އެއީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ދިވެހިންގެ މެދުގައި މިހާރު މަގުބޫލު ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް "ޓީމޫ" އިން ވިޔަފާރިކުރަން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު މިހާރު ދޫކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމުން ގެންނަ ގިނަ އެއްޗެހި ބޭނުންކުރަނީ ވެސް ވިޔަފާރިގެ ބޭނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.
"މިއަދު މި ބަދަލުތައް ގެނެވުނީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ މަހު ލިމިޓް މާދަމާއިން ފެށިގެން 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.
އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓެލް ބުކިން ހެދުމަށާއި ސަބްސްކްރިޕްޝަން ކަހަލަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.
އެކަމަކު، ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝުކުރު
02 July 2025
الحمد لله على كل حال
1818
01 July 2025
ކަލޮ ދުވާލަކު 3000 ޑޮލަރު ބިދޭސީން އެބަ ބޭރުކުރޭ! 250،000 ބިދޭސީން މި ގައުމުގައި އެބައުޅޭ! ދެން ކިހިނެއް ރިސޯޓް އޯނަރުން ފަހަތުން ދުވެގެން ޑޮަލަރު މައްސަލަ ހައްލުނުކުރެވޭނެ! އެމެރިކާއިން ބިދޭސީން ބޭރުކުރިހެން ކޮށްގެން ނޫނީ މި މައްސަލަ ހައްލެއް ނުކުރެވޭނެ!
ކީސާ
01 July 2025
ޓެމޫ، އަލީ އެކްސްޕްރެސް، އަލީ ބާބާ، ލަޒާޑާ އިން މުދާގެނެސްގެން ޓެކްސް ނުދައްކާ ކުލިދައްކާ ފިހާރައެއް ނުބަހައްޓާ، ގޭގެ ސިޓިންގ ރޫމްގައި ބަހައްޓައިގެން އެވްރެޖް @0 ފައިދާނަގަމުން އައި މީހުން، ބޭންކުން 0 ނެގިޔޭކިޔާފައި ތިޔަވަރަށް ނައްޓަނީ ހާދަ ބޭއިންސާފުންނެވެ! އެއީ، ކުރިން 200ރ އަށް އޯޑަރކުރި އެއްޗެއް 800ރ އަށް ވިއްކަ ވިއްކާ ތިއްބާ 0 ކަނޑާ 70 ފައިދާ ކަމުގައިވާ 560ރ ލިބެއެވެ. ދެން ތިޔަ ނައްޓަނީ، ގޭދޮށު އެންމެންގެ ކާޑުތައް އެއްކޮށް 40ـ50 ކާޑުން ބޭރުގައުމުތަކަށް ގޮސް ޑޮލަރު ހަދައިގެން ބްލެކްގައި ވިއްކާ މީހުންނެވެ! ވީމާ ބޭންކަށް ނުބަވާ ޑޮލަރު އެކައުންޓް ހުޅުވާފައި ތިޔަ ނާޖާއިޒުފައިދާ ނަގަންވީނުން!
500% ޕްރޮފިޓް
01 July 2025
މާލޭގަ ގޮނޑުމުދާ ވިއްކާ 10 ، 15 ވަރަކަށް ފިހާރަ ހިންގާ ގުރޫޕްތަކަށް ކެތްނުވީ.
ޔޯހހ
01 July 2025
އޮންލައިން ވިޔަފާރި އާއި އޮންލައިން ކެއިންބުއިމަކީ މ ޒަމާނުގެ 100 ޕަސެންޓް ތަރައްގީ. މި ތަރައްގީ އަށް ލޯ ނުހުޅުވި ކިހިނެތް ދިވެހި ރާއްޖެ އިތުރަށް ކުރިއަރާނީ. އާންމު ރައްޔިތުން ފެލާލައިގެން ތިބޭ ވިޔަފާރިވެރިން މުއްސަނދިކޮށްދޭން ކަނޑައަޅާ ސިޔާސަތުން މި ގައުމު މި އޮންނަނީ ތަރައްގީގެ ދުވެލީގައި އަނދަގޮނޑި ޖަހައި ނިމިފައި.
ބޮލުން
01 July 2025
ކުދި ވިޔަފާރިތަކުން އެލައިޑު ބިލްޑިންގުގެ ތިރީގައި ވަރަށް ފޯރީގައި ކުރިކަމެއް ކާބޯތަކެތި ވިއްކުން، ކުއްލިއަކަށް މުޅިތަން ސުންނާފަތިކޮށް އެތާ ޒާތެއްގެ ބޭންކެއް ހަދަން ވެއްޖެ، އަދި އެތަންތަން އެތާގެ ފުރަތަމަ ބުރިއަށް ބަދަލުކޮށް މުޅި ތަން ޚަރާބު.
ތަނބުރު
01 July 2025
ފީ ނެގީމަ ބޭންކަށް ޑޮލަރު އިތުރުވާނެތަ؟ ޑޮލަރު ތަދުވެގެންނަމަ ބޮޑު ފީއެއް ނަގާފައި ލިމިޓު ބޮޑުކުރީ ކީއްވެ؟ ޙަމައެކަނި ދިވެހިންނަށް ދޫކުރާ ކާޑަށް ޑޮލަރު ބޭނުންކުރެވޭގޮތް ނެހެދެނީ ކީއްވެ؟ ބިދޭސީންނަށް ކާޑުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭގޮތް ނެހެދެނީ ކީއްވެ؟
ލކލކލ
01 July 2025
އޮން ލައިން ވިޔަފާރިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް ނެތް. އޮންލައިން ވިޔަފާރީގައި އިމްޕޯޓް ލައިސަންސްއެއް ބޭނުމެއް ނުވޭ. އެބޯޅޭ މިބޯޅޭއަށް ކަންކަން ގޮސް އޮތީމަ ގައުމާއި ރައްޔިތުންނަށް ގެއްލުންވަމުންދަނީ. ހަދަންވީ ގޮތަކީ، މަހަކު 200 ޑޮލަރަށްވުރެ އިތުރަށް އިމްޕޯޓް ލައިސަންސް ނެތި މުދާ އެތެރެ ނުކުރެވޭގޮތަށް ހެދުން. ރެޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކުން ޖީއެސްޓީއާއި ބީޕީޓީ ދައްކަންޖެހޭ. އޮންލައިން ވިޔަފާރި ހަމަ ފްރީ.
ސާޖި
01 July 2025
މަގުމެދުގައި ސައިކަލް ޕާރކްކުރާބަޔަކަށް ނޭނގޭނެ އޮންލައިން ވިޔާފާރީގެ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް. ދިވެހިންގެ ބޮޑުބަޔަކީ ނާތަހުޒީބީ މީހުން
ަސދސަ
01 July 2025
އިންޕޯޓް ލައިސަންސްއެއްގެ ދަށުން ނޫންގޮތަކަށް ވަކި އަދަދަކަށްވުރެ އިތުރަށް މަހެއްގެ ތެރޭ މުދާ އެތެރެ ނުކުރެވޭ ގޮތަށް ހެދީމަ ތިކަމަށް ހައްލު ލިބިގެންދާނެ.
ޞރސގ
01 July 2025
އެއީ ކަމެއް ހައްލުކުރަން ކުރިކަމެއް ނޫން. އާމްދަނީ އިތުރުކުރަން ކުރި ކަމެއް. އަދި ލިމިޓު ބޮޑުކުރިކަމުގެ ޓެގުއަޅުވަން. ލިމިޓު ބޮޑުކޮށްފައި އެއޮތީ ބޭނުންނުކުރެވޭ ގޮތަށް.
ފިނރުޓޭ
01 July 2025
ކީކޭ ދެން ބުނާނީ ވިއްޔާ؟