ޓެމޫ.
30 ޖޫން 2025 - 09:44
ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެ އެވެ.
މި ސައިޓުތަކުން ވިޔަފާރި ކުރާއިރު މިހާތަނަށް ބީއެމްއެލް އަށް ފީއެއް ނުނަގަ އެވެ.
އެކަމަކު، އެ ބޭންކުން ބުނީ، ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވެސް ފީ ނެގުން ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ.
އެކަމަކު ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.
ބޭންކުން ބުނީ، އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށެވެ. ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި އިރު ކޮވިޑަށް ފަހު ޑެބިޓް ކާޑުތަކުގެ ލިމިޓަކަށް ކަނޑައަޅާފައި އޮތީ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓަކީ 750 ޑޮލަރެވެ. ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެކިފުތާ
01 July 2025
ޜާއްޖޭގައި މަސައްކަތްކުރާ ބަންގާޅުން ކުރާކަންތައްތަކުގެ ގެއްލުން މިލިބޭނީ ރައްޔިނަށް. ޢެމީހުންނަށްވެސް ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ބޭންކުތަކުން ހަދައިދެނީ ދެން އެމީހުން މިހާރު މަޖީދީމަގުގެ ފިހާރަތަށް ހިފައިގެން އަންނައުނު ރަށުން އެކްސްޕޯޜޓްކުރަނީ ވިޔަފާރިކުރަން ކާޑުވެސް ރަށަށްފޮނުވަނީ
ސައިދު
01 July 2025
ބަލަގަ ބީއެމް އެލް, ކުދި ވިޔަފާރި ހަލާކުވާތީ, އެމީހުން ރުއްސަން މިކަން ކުރާއިރު, މިކޮޅުން ބޭނުންވާ ތަކެތި ލިބެން ހުރޭތޯ ފުރަތަމަ. ކަލޭމެން ނަށް ހީވަނީ އެމްމެން ގަންނަނީ ހުސް އެކަނި ޖަނގިޔާ ކަމަށް.
ޝުކުރިއްޔާ
30 June 2025
ނުސީދާ އިއުލާން ،،، މާދަމާއިންފެށިގެން ޑޮލަރުގެ އަގަކީ 20 ރުފިޔާކަމުގަ ކަނޑައަޅައިފީމެވެ،
ޢަލީ ހަސަނު
30 June 2025
މިކަން ކުރުން ލަސްވެއްޖެ. ޓެކްސް އާއި އެހެނިހެން ފީ ތައް ދައްކަމުން ހިންގާ ކުދި ވިޔަފާރިތަކަށް ޓެމޫގެ ސަބަބުން އެތައް ގެއްލުމެއް. ޢެހެންވީމާ މި ބަދަލަށް ހަމަ ސާބަސް
ދޫލަ
02 July 2025
ދިވެހިރައްޔިތުންނަށް އެމީހުން ބޭނުން ކުދި ވިޔަފާރި ކުރުމުގެ ހައްގު ނެތީބާ؟ ފިހާރައެއް ނެތް މީހަކަށް ލިބުމުގެ ހައްގު ނެތީބާ؟ އެފައިދާ ލިބެން ނުޖެހެނީބާ؟
ޙަސަން.އެމްޑީޕީ
30 June 2025
މީ ވަރަށް މުހިއްމު ފިޔަވަޅެއް.ގައުމުގެ އިގްތިސާދަށް ކޮންމެހެން ބޭނުން ބަދަލެއް.
ނިކަމެތި ދިވެހިން
30 June 2025
ދިވެހިންނަކީ ހުރިހާ ކަމަކުން ހައްދުންނައްޓާ ބައެއް. ޓެމޫއިން ފްރީ ޝިޕިންވީމަ އެކަމަށް ހުސްވީ. އިއްޔެވެސް އެކެއްގެ ޕެކޭޖް ނެގުނީ 4 މީހުނަށް. ބޮޑެތި ގޯނި ގެނެސްގެން ނުއަގުގަ ވިއްކަނީ. އާންމުން ގަންނަ ކުޑަ އެތިކޮޅުން ނުނަގާ މިގޮތަށްް ވިޔަފާރި ކުރާ މީހުން އަތުން ނަގާބަލަ. އާންމު ރައްޔިތެއްގެ މުސާރައަކީ 8000 ރުފިޔާ ފިހާރަތަކުން އަންނައުނު ގަޑެއް ގަނެފަ ނުކައި ތިބެއްޖެނީ
ޔހޗވ
30 June 2025
0 ތެދު
ހޖޖބ
30 June 2025
100% ތެދު
ސޮބީހާ
30 June 2025
މި ދިވެހި ރާއްޖޭގަ ރައީސް މީހާއަށްވެސް އަތްނުލެވޭނެ ދެ ކަމެއް އޮންނާނަ، އެއީ، 1 ވިޔަފާރިވެރިން ބޭނުންވާގޮތްނޫންގޮތަކަށް ކަންކަންކުރުން. 2 މާލެ މީހުން ބޭނުންނުވާގޮތަށް ލާ މަރުކަޒީކޮށް ސިޔާސަތު ކަނޑައެޅުން.
ޒުހުދާން
30 June 2025
އަޅުގަނޑު އުންމީދުކުރަނީ ރައީސްގެ ހެޔޮފުޅުކަމުން ޓޭމޫއިން ގަންނައެއްޗިހިން އިތުރު ޗާޖެއްނެގުން ހުއްޓުވާނެހެން.