"ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފުރަތަމަ ބައިވެރިއެއްގެ ގޮތުގައި "ޓޫ އޮފް އަސް" ހަމަޖެއްސުމަށް ބޭއްވި ހަފުލާގައި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ އާއި އެ ބޭންޑުގެ މެމްބަރު އަހްމަދު އަދުހަމް.-- ފޮޓޯ: އެމްއެމްޕީއާރުސީ
07 ޖުލައި 2025 - 12:50
ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސެޑަރަކަށް މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" މިއަދު ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން އިއްޔެ ފުރުސަތު ހުޅުވާލި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ފެށުމުގެ ގޮތުން އެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިޔަކަށް "ޓޫ އޮފް އަސް" ހަމަޖައްސާފައިވާ ކަމަށެވެ.
We're excited to introduce the Visit Maldives Local Ambassadorship Program, a unique initiative to engage and empower Maldivian artists and creatives. We're proud to welcome '2ofUs' as our inaugural ambassadors! pic.twitter.com/USp7OXNSOS
— Maldives Marketing & Public Relations Corporation (@mmprc_corporate) July 7, 2025
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، "ޓޫ އޮފް އަސް"އަށް ވަނީ އެ މުބާރާތުން ތިންވަނަ ލިބިފަ އެވެ. އެ ބޭންޑަށް ގިނަ ބައެއްގެ ލޯބި ލިބި، މަޝްހޫރުވީ ވެސް އެ މުބާރާތުންނެވެ.
އެ މުބާރާތުން ލިބުނު މަޝްހޫރުކަމުގެ އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފަ އެވެ. އޭގެ ފަހުން މާލެ އާއި ރަށްރަށުގައި ވެސް އެ ބޭންޑުން ޝޯތައް ދީފައިވެ އެވެ. އަދި މިފަހަރު ބޮޑު އީދުގައި ރަށްރަށުގައި ޝޯ ދިނުމަށް އެންމެ ޑިމާންޑު ބޮޑުވީ ވެސް އެ ބޭންޑަށެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ބޭންޑަށް މިހާރު ވަނީ ލިބިފަ އެވެ.
އެމްއެމްޕީއާރުސީން "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އޭގެ މަގުސަދަކީ އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުގުވެރިވާ މީހުންނާއެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯހިމު
08 July 2025
ރާއްޖެ ޕުރޮމޯޓުކުރަން ، އެތައް މިލިއަނެއް ކެޓްރީނާ އަށް ދީފި، ޓޫރީސްޓުން އިތުރެއް ވަކިނުވި. އެތަށް މިލިއަނެއް ލިވާޕޫލް އަށް ދީފި. ހަމަ އެކަނި އަޔީ ލިވާޕޫލްގެ ޑޯކްޓަރެއް. މިހާރު މި ދިނީ ހިންދީ ލަވަކިޔާ ދިވެހި ގުރޫޕަކަށް. ރައްޔިތުން ގެ ލާރި އިސްރާފު ކުރުމުގެ މެކުހަށް ޖަހާފަ އޮތް ސަރުކާރެއް.
ކޮސް
07 July 2025
ދަރާފައޮތް ކުންފުންޏަކާ އެގުރިމަންޓެއް ނުހަދާނެ ބޯހަމަޖެހޭ ބައެއް.
މނޓ
07 July 2025
ޒައިނާ މަޤާމު ހޯދިގޮތައް ދޯ ބޭންޑައްވެސް އެމްބެސެޑާރކަން ދީފަ.. މޭޒުދަށުން
ޢަލް
07 July 2025
ޒައިނާ އެމްއައިޓީޑީސީން ވައްކަންކޮށްގެންގޮސް މިހާރު އެމްއެމްޕީއާރްސީ ކޮރަޕްޝަންގައި؟
ޞިލްމް
07 July 2025
ޓޫ އޮފް އަސް ދެން މިހާރު މާބޮޑުގުޅަވެގެން އުޅޭ ބައެއް
ސަކްމާން
08 July 2025
ޖެލަަސްސް
އެސް އޯ އެފް - ޓޫ އޮފް އަސް
07 July 2025
އަނެއްކާ އަނެއް ބޭންޑުދޯ. މިފަހަރު އެމްއެމްޕީއާރުސީޔާ ސީދާ ހަމަ މި ގުޅުނީ... ތާރީހު އިޔާދަކުރަނީބާ އަނެއްކާ...
ދޮހޮއްތުބެ
07 July 2025
ބޭންޑުތަ ނޫނީ ލަވަކިޔުން ތެރިޔާތޭ....
މޭޒު
07 July 2025
ތި މުޅިން ގޯސް..ސަގާފަތް ބޭންޑް އަކުން ކިހިނެއް ޕުރޮމޯޓް ކުރަނީ
ތޫފޮއަސް
07 July 2025
އިއްޔެ ހުޅުވާލީ، މިއަދު އެވޯޑުކުރީ. ކުޗް ތޯ ގަޑްބަޑް ހޭ
ފޯޅަވަހި ރައީސް
07 July 2025
އެހެންވެ މިކިޔަނީ ވައްކަން ކުރަނީއޭ
ޢެޓިކަސް
07 July 2025
ވަރަށް ކްރިންޖް ބައެއްމީ. ލަދުން ބޯހަލާކު.