ރައީސް މުއިއްޒާއި އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ އިއްޔެ ސަލާން ކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
17 ޖުލައި 2025 - 09:25
އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ބާއްވާ މަތީފެންވަރުގެ ބައްދަލުވުންތަކަކަށް ރައީސް މުއިއްޒު މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާއިރު، ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގަ އާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގަ އާއި ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރއްވި އެވެ.
"މި ނޫން ވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުން ބޭއްވީ ލިންޑްޒޭ ހޮޔިލްގެ ރަސްމީ ގެކޮޅުގަ އެވެ.
ރައީސް މުއިއްޒު، ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ހާއްސަކޮށް ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މަސްވެރިކަމާއި ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، މިއަދުގެ މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އިނގިރޭސި ވިލާތާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުވުމެއްގައި ވެސް ރައީސް މުއިއްޒު އިއްޔެ ބައިވެރިވެވަޑައިގަތެވެ.
އެ ގުރޫޕުގެ ކޯޗެއާ، ޔާސްމީން ގުރެއިޝީގެ ވާހަކައިގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ޒިންމާގެ މައްޗަށާއި އެފަދަ ގައުމުތަކަށް ފޯރުކޮށްދޭން ޖެހޭ މާލީ އަދި ފަންނީ އެހީތެރިކަމާއި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިހުތިރާމާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި އެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެ އިން އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނާ އެކު ރައީސް މުއިއްޒާއި ދިވެހި ވަފުދުގެ ބޭފުޅުން އިއްޔެ ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަދި، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި ދިފާއީ ދާއިރާ ހަރުދަނާ ކުރުމާއި މި ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސި ވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލް އުސްތާޒު
17 July 2025
ފޯޅަވަހީގެ މައްސަލައަށް އަލި އަޅުވާލާނެކަމަށް އުއްމީފުކުރަން
އައިފާން
17 July 2025
މި ގައުމުގެ ހުރިހާ މައްސަލަޔާކާއި ދަރަންޏެއް މި ހައްލު ވީ. ޝުކުރިއްޔާ ގަޓު ރައީސް
ކޮވެލި
17 July 2025
ބްރޯ. އިނގިރޭސިން މިގައުމަކަށް ކަމެއް ނުކޮށްދޭނެ. ސަލާން ކޮށް ތިހަދަނީ މުސްލިމް ފަލަސްތީނުގެ މީހުން މަރާ ހުސްކުރަން ހަތިޔާރާ އެއްބާރުލުން ދޭ ގައުމުގެ އެންމެ އިސް އެކަކަާ. ދެދުވަހުން އެއް ދުވަހު ޔޫކޭ އަށް ދިޔައަސް މިގައުމުގެ ޓެކްސް ޕޭޔަރސް އަށް ވާކަމެއް ނެތް.
ހަސަނަނާ
17 July 2025
ކޮންމެ 3 މަހަކުން ރައީސް ޔޫކޭއަށް ކުރާ ރަސްމީ ދަތުރުގެ ބޭނުމަކީ ކޮބާ؟ އަދި މިޤައުމަށް ލިބޭއެއްޗަކީ ކޮބާ؟
ޢިސްލާމްދީންހިމާޔަތް
17 July 2025
ޢިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލަން އިނގިރޭސި ފޮރިން މިނިސްޓަރު ކައިރީ ރައީސް ވިދާލުވިތޯ؟
މުހައްމަދު ސަނީހް
17 July 2025
އެމްޑީޕީ ކުދިންނަށް ވަރަށް ބޮޑަށް ހަޖަމް ކުރަން ދަތިވާނެ މީގެ ސަބަބުން. ހެހެ
އާދަމް އާޒިމް
17 July 2025
އެތައް ބަޔަކު އާދޭ ޔޫކޭ ފޮރިން މިނިސްޓަރ ބައްދަލް ނުވެ. މީގެ ސަބަބުން މި އެރީ މިގައުމުގެ އަގު
ކުޑަކަކޫ
17 July 2025
ޗޯގޯސް މައްސަލައިގައި ހާޒިރު ކުރީދޯ އަސްލު މުއިއްޒު ލޮލް
ބުރަތޭރީ
17 July 2025
ފަލަސްތީނުގެ ޅަދަރިންނާ މައިން އެއްވެސް ރަހުމެއްނެތި މެރުމަށް، ޔަހޫދީންގެ ހުރިހާ ޖައްބާރު އަނިޔާވެރިކަމަށް ފައިސާއާއި އެހެނިހެން ގޮތްގޮތުން އެހީވާ އިގިރޭސިވިލާތަށް ގުޅުން ބަދަހިކުރުން ބަލައެއްނުގަނެވޭ. އެއީ ގާޒާ ޖެނޮސައިޑްގެބައިވެރިއެއް.
ފުހި
17 July 2025
މުއިޒު މިއުޅެނީ މުޅިންވެސް ބޭރުގައުމުތަކުގާ އެކަމުވެސް އޭގެން ގައުމައް އެއްވެސް މަންފާނެއްނުކުރޭ އަދި ފަންޑެއްވެސް ނުލިބޭ . ބަޖެޓުން ދަނީ ހުސް ހަރަދު ބަޖެޓުވަނީ ދަރަނި.