އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ބޮޑީބޭގަށް ލައިގެން އަބްދުއްރަހުމާންގެ ހަށިގަނޑު ފުލުހުން ސިއްހީމަރުކަޒުން ނެރެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ޖުލައި 2025 - 10:35
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދީ، މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށް އަންނަ ހަފުތާގައި އިންޑިއާ އަށް ފޮނުވައިލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ނިދާފައި އޮއްވައި އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ ގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އެވެ.
ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް އެ ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑުގެ ތަހުލީލުތައް ހަދަން މާލެ ގެންދަން ފުލުހުންގެ ލޯންޗަށް އަރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފުލުހުން މިއަދު ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން، އަންނަ ހޯމަ ދުވަހު އިންޑިއާގެ ޓްރެވިންޑްރަމަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ އިތުރު ތަހުލީލު ކުރުމަށާއި ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވައިލުމަށްޓަކައި މާލެ ގެނައީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން ރަށުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އައި ނަމަވެސް އޭނާގެ މަރާ ގުޅޭ އެއްވެސް ހެއްކެއް ފެނުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނުތާ 2-3 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް ވަނީ އޭނާ ދިރިއުޅުނު މާހިޔަގެ ހުންނަ ސަރަހައްދު ބަންދުކޮށްފަ އެވެ. އެ މަރަށް ހަފުތާއެއް ވާން އުޅޭއިރު އަދިވެސް އެ ގެ އާއި ގެ ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން ވަނީ އަބްދުއްރަހުމާނަށް ހަމަލަދީފައި ވަނިކޮށް އެ ގެ އަށް ވަން އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައިފަ އެވެ. އަދި އެކި މީސްމީހުންނާ ސުވާލު ކުރުން މިހާރު ވެސް އެ ރަށުގައި ކުރިއަށް އެބަގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެންގަބޯ
17 July 2025
ޕޯސްޓްމޯޓަމް ހެދުމަކީ މައްޔިތާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ އަހަރެން ދެކޭގޮތުގައި ޕޯސްޓްމޯޓަމް ހެދުމުން އެމީހަކު އިނގޭނަމަ ރަނގަޅު ހަދަން. ދެން މަރާލަން ހަމަލާ އަމާޒު ވީތަން އެހިރީ ފެންނާން ލޯމައްޗަށް ދެންހިނގާ ބަލަމާ ޕޯސްޓްމޯޓަމް ހަދާގެން އެތަނުގައި ޖެހި އެއްޗެއް އިގޭތޯ ބަލަމާ ނޭނގޭ އިނގޭނީ އެތަނުގައި ޖެހުމުގެ ސަބަބުންް ލިބުނު އަނިޔާގައި މަރުވިކަން ދެންމިހެދުމުގެ ބޭނުމެއް ބުނެދީބާ ؟ ޕޯސްޓްމޯޓަމް ހެދިޔަސް ގާތިލްއަދި ހަތިޔާރެއް ނޭނގޭނެއެވެ
އެޗް އެމް
17 July 2025
ބޭކާރު ހަރަދެއް. ކަމެއް ކުރާކަން ދައްކަން ކުރާ ކަމެއް. މާޒީ އަށް ބަލައިލާ އިރު އެދެވޭ ނަތީޖާއެއް ނެރެވިފަ ނެތް.
އެކޮއި
17 July 2025
ކާފަރުން ކަމެއްކުރާއިރަށް އެކަމެއް އަހަރެމެން ކުރަންޖެހޭ. ނުހޯދިގެން މިއުޅެނީ އެ ނުބައި ނުލަފާ ޢަމަލެއް ހިންގިމީހާ ނުވަތަ ބަޔަކު. ޕޯސްޓްމޯޓަމް ހަދައިގެން އެކަމެއް ކުރިމީހެއް ނުފެންނާނެކަން ޔަޤީންވާއިރު އެއްތަނުން އަނެއްތަނަށް، އެއްޤައުމުން އަނެއްޤައުމަށް މައްޔިތާ ތަޅުވާ ކޮށާކުދިކުދި ކުރުމުގެ ބޭނުމަކީ ކޮބާ؟ މިދުނިޔޭގައި އެއްވެސް މީހަކަށް އިންސާފެއްނުލިބުނަސް އިންސާފު ލިބޭނޭދުވަހެއް އެބައޮތް. މަރަށް މަރުހިފާކަށް މިޤައުމުގައި ޔަޤީނުންވެސް ނުކެރޭނެ