ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
17 ޖުލައި 2025 - 16:00
އަސްކޮއިގެ ފަރާތުން އުމްރާ އަށް ދިއުމަށް ފައިސާ ދެއްކި ފަހުން ލަނޑު ލިބުނު މީހުން އެ މައްސަލަ ރިޕޯޓްކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ބުނީ، އުމްރާ އަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އުމްރާ އަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި ޓްރެވަލް ސާވިސް އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަސްކޮއިގެ ފަރާތުން ލަނޑު ލިބިފައިވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައިގެން ނުވަތަ ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެގެން މައްސަލަ ރިޕޯޓްކުރަން އެދޭ ކަމަށެވެ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަސްކޮއި ކުންފުނިން އުމްރާ އަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި، ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަސްކޮއި ޓްރެވަލް ސާވިސްއަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުންފުންޏެކެވެ. ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް ކިޔާ ބައެކެވެ.
އަސްކޮއިގެ ސަބަބުން ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އުމްރާއަށް ދިއުމަށް ދުރާލައި ފައިސާ ނަގައި، ފުރަން ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެއީ ށ. ފޯކައިދޫން އުމްރާއަށް ދާ 28 މީހެކެވެ. އުމްރާއަށް ދިއުމަށް އެއިން ކޮންމެ މީހަކު ވަނީ އެ އެޖެންސީއަށް 25،500ރ. މިދިޔަ ފެބްރުއަރީ މަހު ދައްކައިފަ އެވެ.
މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން، މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޖޫރިމަނާ ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެނދިމަރިޔަނބު
18 July 2025
ސަރުކާރު އޮތީ ގޮތްހުސްވެފަ ފަޒީ ހިޖާމާއާ އަސްކޮޔާ ހެދި. ސަރުާކާރެއްތަމީ؟
އޮޕަރޭޝަން ކޮމެންޓް
18 July 2025
އަސްކޮއި އިން އަންނަ އަހަރަށްވެސް އެކަހަލަ ޕެކޭޖުތައް ނެރޭނެ. މޮޅު ތަންކޮޅަކީ އޭގަވެސް ދިވެހީންތަކެއް ޖެހި މުޑިއަރާނެ.
ޑުރެކިއުލާ
18 July 2025
ބޮޑުންގެ ބަޔަކު ވައްކަންކުރަންފެށިފަހުން ތޯއްޗެ، މިހާރަކަށްއައިސް ފައިސާގަނޑު ކާލަނީ ކާކުކަމެއް ހަމަހިލާ ނޭނގޭނެ މިކަހަލަ ހަބަރަކުން، ކޮންމެވެސް ޖަމާއަތެކޭ، ނޫނީ ކޮންމެވެސް ކުންފުންޏެކޭ އޮންނާނީ. އެހެނެއްނޫން ތޮޅިމިރުހެއްގެ މައްސަލައެއްވިއްޔާ އެވެނިރަށެއްގެ އެވެނިމީހެކޭ ކިޔާފަ ފޮޓޯއާއެކީ ނޫހުގަ އޮންނާނީ.
ޖީލާނީމުންސިރު
17 July 2025
އަސްކޮއިކަމެއް އަހަކާއި ގުޅުންހުރި އެހެންބައެއް ކަމެއްނެގޭ ބައެއްގެ ފަރާތުން ޒުވަނަކަށްވެސް ވަރަށްބޮޑު ލަޑެއްލިބި ރޫޅިގެން އެބައުޅޭ. އެވެސް ރިޕޯޓުކުރަންޖެހޭނެބާ
ބޮނބިފާލު ބަލާމީހާ
17 July 2025
ޙައްޖައްދާން ދައްކާލާރި، ޢުމުރާއަށްދާން ދައްކާލާރި، ޞަދަގާތްކުރުމަށް ދައްކާލާރި ކާލައިގެން ފިލުން ޢާއްމުވީމަ މުޖުތަމަޢުގެ ފޭރާމާއި ފަރުދުންގެ ޙާލަތު އެބަސާފުވޭ. ފައިސާފެނުމުން ނިޔަތްގޯސްވަނީ. ޚިޔާލަކީ ހައްޖުއަދި ޢުމުރާވުމަށް ދައްކާލާރި ސަރުކާރުގެ އެކަމަށްހާއްސަ އެކައުންޓެއްހަދައި އަޅުކަމުގެކަންކަންނިމުމުން ޖަމާއަތްތަކަށް ފައިސާދޫކުރާބއުސޫލެއްހެދުން.
އޭ މިހިރަ ކޮރަޕްޓް ރާއްޖެއާ
17 July 2025
ދެން މިއަންނަ އަހަރުވެސް ތި މީހުން ލަނޑު ދޭނެ ބަޔަކަށް. ކޮން މައްސަލަ އެއް ބަލާކަށް. އިންސާފު ލިބޭ ގައުމެއްތަ މީ. ކޮރަޕްޓް ވެ ނިމިފަ.
ފިޔަވަޅު
17 July 2025
ދެން އެވީ ރައްޔިތުން ލާރީގަ މިމީހުން އުމްރާ އަށް ގެންދަން . ނުވާނެ ގެންގޮސްގެނެއް . ފުލެޓްވެސް އެކި ކުންފުނި ތަކުން މަކަރު ހެދީމަ ރައްޔިތުންގެ ފުލެޓްތައް މިދެނީ އަހަރެމެން މިހެން ރޯން ތިއްބާ. ބަލާ ސީލައިފު މީހުންނަށް ވެސް ދިނީ ވިނަރެސް. ލާރި ގިނަވެގެން ފުލެޓް ގަންނަން ލާރި ދެއްކޭ މީހުންނަށް މިދެނީ މިތަންތައް އަގުހެޔޮކޮއްފަ .
ޖހޖނ
17 July 2025
ތިގުރޫޕާ އެކީ އުމްރާއަށް ދާން އުޅޭ މީހުންގެ ކަންތައް ވެސް އަހަރެންނަށް ބޮޑު. އެމީހުންގެ ފޭސްބުކް ގަ ވެސް އިނީ އެންމެ ރިވިއު އެއް. ރަނގަޅު ގުރޫޕު ތަކުގަ ރިވިއު ވެސް ގިނަފަހަރު ހުންނާނެ ގިނައިން. އަނެއްކަ އެމީހުން ލަނޑުދިން ފުރަތަމަ ފަހަރެއް ވެސް ނޫން
ބަލާވެރިކަމަށް
17 July 2025
ގައުމެއްނެތް. ގައުމުގެ ޒުވާނުން މަސްތުވާއެއްޗެއްސަށާއި ޑްރަގަށް ގެއްލިފައި، ބާކީތިބި މީހުން ދެކޮޅުގައި ނުރަޖަހަން ފެށީމައި ފައިސާއަށް އެޑިކްޓްވެފައި...މިހާރު ބަޔަކަށް އުމުރާގެ މަތިވެރި އަޅުކަން އަދާކުރަން ވެސް ދެވޭވަރެއްނުން މިއެއްޗަކާހެދި
ކިހިނެކާ
17 July 2025
މިއީވެސް ކުރީ ސަރުކާރާ ގުޅިފަ އޮތް ބައެއްވީމަތަ އެހާ މަކަރު އެހަދަނީ