17 ޖުލައި 2025 - 22:47
މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތައް ވި ފިރިހެން މީހާ މިއަދު ވެންޓިލޭޓަރުން ނަގައިފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތައް ވި މީހާ ވެންޓިލޭޓަރުން ނެގިއަސް އަދި ވެސް ފަރުވާ ދެމުން އަންނަނީ އައީސީޔޫގައި ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އެއީ 40 އަހަރުގެ ފިރިހެން މީހާގެ އިތުރުން އެ ހާދިސާގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އެވެ.
ފިރިހެން މީހާއަށް އަނިޔާވީ މަގު ހުރަސްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. އޭނާ ގައިގައި ސައިކަލުން ޖެހުނީ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ކަފިހި ހުރަހުން މަގުގެ އަނެއް ފަރާތަށް ދިއުމަށް ދުއްވައިގަތް ގަޑީގައި ސައިކަލުން ޖެހިގެންނެވެ.
އެ ވަގުތު ސައިކަލު ގޮސް ވެއްޓުނީ ހުޅަނގަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރިމައްޗަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 16 އަހަރުގެ ކުއްޖާ އަށް އަދި ވެސް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
18 July 2025
ތިކަން ހައްލުނުވާނެ އިހުމާލުވާ ފަރާތްތަކައް ފިއަވަޅު ނޭހާހިދަކު! ތިއީ ސީދާ ސައިކަލު ދުއްވިމީހާ ގަވައިދާ ހިލާފަ އަދި އަމުދުން ލައިސަންވެސްނެތި ސައިކަލު ދުއްވައިގެން ދިމާވި ހާދިސާއެއް! ގެއްލުވި މީހައައް އިމާލުވާ ފަރާތްތަުން ބޮޑު ބަދަލެއް ދޭންޖެހޭނެ ކަމުގަ ދެކެން
މައެއް
18 July 2025
ހެޔޮބަހެއް ނުބުނެވޭނަމަ ހަނު ހުރުން ބުއްދިވެރި..ކަށްވަޅުގަ ވެސް އޮތަ ނުދޭތި
ފތނނ
18 July 2025
އަދި ވެސް ބިންމަތީގައި ލޭ އޮހޮރުނު ތަންތަނުގެ ތަތްގަނޑު ފެންނަން އެބަހުރި. އެކްސިޑެންޓް ވެފަ އޮތް މަންޒަރު ސީދާ ލޮލަށް ނުފެނުނަސް، ވަރަށް ދެރަވޭ ހިތަށް ސިފަ ކުރެވުނީމަ. ހާއްސަކޮށް ބިންމަތި ފެނުނީމަ ބަލަން ހުރެވުނު ހަމަ.
މުނަމު
18 July 2025
ކީކޭތަ. ތިޔަކިޔަނީ ހަމަހޭގަތޯ ތިޔަ ހުންނެވީ...