ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ސައިކަލުތަކެއްގެ މައްޗަށް ވެއްޓިފައި--- ފޮޓޯ؛ މިހާރު
18 ޖުލައި 2025 - 10:57
ފަތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަތިހުން ފެށިގެން ހެދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.
އެ ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހާދިސާތައް ހިނގައިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
އެގޮތުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ސައިކަލުތަކުގެ މައްޗަށް ވެއްޓިފަ އެވެ. އެ ތަނުގައި ހުރި ހަ ވަރަކަށް ސައިކަލަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަދި އެ މަގުގެ، މޭރީ ބްރައުން ކައިރި ހުރި އިތުރު ގަހެއްގެ ބޮޑު އޮފިގަނޑެއް ވެސް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ.
އޭގެ އިތުރުން އެ ވަގުތު ޖެހުނު ގަދަ ވައިގައި ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާއިރު، އެ ހިސާބުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
އަދި ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
18 July 2025
52 މާލުބާރުމިނަކީ އެހާވައިގަދައެއްނޫން، ތިޔަ ފިތުރޯނުގަސްތަކުގައި ވަރުނެތީމާ ބިންދަބިންދައިގެންގޮސް ވެއްޓޭގޮތްވަނީ!
ކަލްމާ
18 July 2025
ކުރީ ސަރުކާރުގެ ސަބަބުން ވައިގަދަވެ ގެއްލުންވީ! ކުރީ ސަރުކާރު
ނަގާނަގާ
18 July 2025
ތޮ ފިތުރޯނު ގަސްތައް އެހެން ދިމާއަކަށް ބަދަލުކުރަން އެބަ ޖެހޭ މިހާރުން މިހާރަށް.. 25 އަހަރުވެފަ ހުރި ގަސްވެސް އެބަހުރި.. އެއީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރު ގެހިކުރަން ޖެހި އޮފިތައް.. އާބާދުވެފަ ބާ ސަރަހަށްދު ތަކުން ތިޔަ ގަސްތައް ނަގަން އެބަ ޖެހޭ މިހާރުން މިހާރަށް..އާދައިގެ ވަރަކަށް ވައި ގަދަ ވިޔަސް އޮފިތައް ވެރޭވަރުން މަގުމަތީހަ އުޅެން ނުކެރޭ
ޖަސްޓިން ހަބީބާ
18 July 2025
ހުޅުމާލެއަށް ތިވަރަށް ވާޖެހުނުއިރު ޖެހިގެންއޮތް ހިންމަފުއްޓަށް ތިވަރަށް ވާނުޖެހުނުކަމީ ހާދަ ރަނގަޅު ކަމަކޭ. ރާއްޖެއަށް ވާޖެހޭއިރު ހުޅުމާލެއަށާ މައްޗަންގޮޅިއަށާ ގަޅޮލަށް ވަކިވަކިން ކަންނެ ވާވެސް ޖެހެނީ މިހާރު.
ސުހާނާ
18 July 2025
"ވާޖެހުން" އެއް ނޫން ކިޔަނީ. އެއީ ވަލެއް ނޫން. އެއީ "ވައި". "ވައިޖެހުން" ކިޔާނީ. ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ދަސްކުރޭ.
ހަމްދާ
18 July 2025
މިސަރުކާރު އައިފަހުން ވައިވެސް ގަދަކަން ފާހަގަ ކުރެވޭ.
އޮނަރަބްލް އަފީފު ދީދީ
18 July 2025
ވައިގަދަވުމުގެ ސަބަބުން ކ.ހުޅުމާލެއަށް ތިވަރަށް ގެއްލުން ވެގެންދިޔައިރު ޖެހިގެންއޮތް ކ.އަތޮޅު ހުޅުލޭގެ ޙާލަތު އޮތްގޮތްވެސް ގެނެސްދޭންވާނެ. މާލޭސަރުކާރާއި އެރަށު އެއަރޕޯޓް ކުންފުނިން އެ ޚަބަރުތައް ޢާންމު ނުކުރިކަމަށްވިޔަސް ވައިގަދަވާ ކޮންމެދުވަހަކު ވަކިން ޙާއްސަކޮށް ހުޅަޤު މޫސުމުގައި މާލޭ އެއަރޕޯޓަށް ނުޖެއްސިގެން ރާއްޖެއަންނަ އެތައް ފުލައިޓެއް ރާއްޖޭގެ އެހެން އެއަރޕޯޓަކަށް ޖެއްސޭނެ ވަސީލަތް ޤާއިމް ކޮށްފައިނުވާތީ ލަންކާއަށް ޑައިވާޓް ކުރަންޖެހޭ.
ސުހާނާ
18 July 2025
ކަލެއާ ނުބެހޭ އެއްވެސް ކަމެއް ނޯވޭދޯ؟
އޮނަރަބްލް އަފީފު ދީދީ
18 July 2025
މާލޭސަރުކާރުގެ ބޮޑުން ހީކުރީ އެމީހުން އައްޑޫ އެއަރޕޯޓަށް ދިޔައިރު އެތަނުގެ ހިތް ޤައިމުކަން ގެނައުމަށް އިޤިރޭސިން އިންދާފައިވާ ބޮޑެތި ބިޔަ ފިތުރޯނު ގަސް ތަކަކީ ސްލަމް އެއް ފަދަ މީހުން ތޮއްޖެހިފައިވާ ކ.އަތޮޅު ހުޅުލޭގައިވެސް އިންދަން ރަނގަޅު ގަސްތަކެއް ކަމަށް. މިކަމުންވެސް އިގޭ އެއްޗަކީ ހުޅުމާލެ ތަރައްޤީ ކުރުމުގެ ކަންކަން ކޮށްފައިވަނީ މާބޮޑު ދިރާސާ ކުރުމެއް ނެތި ކަމާއި ކޮންމެކަމެއްވެސް އަރާ ހަމަވުމުން އެކަމެއް ކުރާ އުސޫލެއް ގެންގުޅެމުން އަންނަ ކަން.
ސުޖާބެ
18 July 2025
ހުޅުމާލެ މި ބަދަލު ވަނީ ނާމާން ޖަންގައްޔަކަށް މަގުތައް ދެފަރާތުގައިޕާކު ކޮށް ވެހިކަލްތަކުން ދުވާރުމަތިފުރާލާފަ ކޮފީޓޭބަލްތައްވެސް މަގުތަކަށް ނެރެ ވިނަބޯވެ ނުހިނގޭ ވަރަށް ދުވާރުތައް އޮތީ ބޮއްސުން ލާފަ ، މާ މޮޅު އެމްޑީ އަކު ލައިގެން ހިދުމަތްނުލިބެޏާ ކަޑައެއްނު ،
އަކްމެޑް
18 July 2025
ތިއޮތީ ހުރިހާ ގަހެއް ކަނޑާލަން ރަނގަޅު ބަހަނާއެއް ލިބިފަ. މިނަށްވުރެ ބޮޑުކޮށް ހުރި ގަސްތައް ކޮށާ, ރީތިކޮށް ބަލަހައްޓާނަމަ މިހެނެއް ނުވާނެ.
ރާއްޖެ
18 July 2025
ފޭސް 2 މިއީ އާދަޔާ ޚިލާފަށް ވައިޖެހޭ ތަނެއް.