މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި މިއަދު ނަށަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
26 ޖުލައި 2025 - 17:59
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ކުޅިވަރުތައް މިއަދު ބާއްވައިފި އެވެ.
ދިވެހި ސަގާފަތާ ގުޅޭ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ކުޅިވަރުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތަކާއި ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލު ކުދިން ޖަމިއްޔާއެއްގެ ނެށުންތަކާއި ރާއްޖޭގެ ސަފާގަތް ދައްކާލި އެވެ.
މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ތައްޔާރުކޮށްފައިވާ ސަރަހައްދަށް ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެތައް ސަތޭކަ ބަޔަކު ބައިވެރިވި ކުޅިވަރުތަކުގައި ވަނީ ރާއްޖެއަށް މިނިވަންކަން ހޯދަން ކުރި ދަތުރާއި އުމްރާނީ ތަރައްގީ ގެނައުމަށް ކުރި މަސައްކަތްތައް ދައްކުވައިދީފަ އެވެ.
މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި މިއަދު ނަށަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިނިވަން 60 ފާހަގަކުރަން ބޭއްވި ހެވިކަމުގެ ކުޅިވަރުތައް ބެއްލެވުމަށް، ރަސްމީ ދަތުރުފުޅުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި އެވެ.
މިނިވަން ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި ބޭންޑަކުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކުޅިވަރުތައް ބެއްލެވުމަށްފަހު މޯދީ ވަނީ ރާއްޖެއިން ފުރާވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ މާދަމާ ހެނދުނު 8:30 ގަ އެވެ. އޭގެ އިތުރުން، މާދަމާ ހަވީރު މާލޭގައި ޕެރޭޑު އަދި މާދަމާ ރޭ ފުޅަނދުބުރު ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަފްލާ
26 July 2025
ހެެވިކަމުުގެ ކުޅިވަރެއް ނެތީމަ ވަރަށް ދެރަ.. މޮޅު ކަމެއް ނެތް... ސުކޫލްތައް އަދިވެސް 1990 ގެ އަހަރު ތަކުގައި
ރާއްޖެތެރެ 2.0
26 July 2025
މިނިވަންކަން ލިބުނީ މާލެއަށް؟ މާލޭގެ މިނިވަންދުވަސް.
ދަރޯގާ
26 July 2025
ތިގޯސްވިއްޔޭ. ރަސްމީ އީދު ކުޅިވަރުތަށް އޮތީ މާލޭން ބޭރުގަޔޭ.