މިނިވަން ދުވަހަށް ހެދި ގިޑިގެ ވެއްޓިފައި.--
29 ޖުލައި 2025 - 20:56
މިއަދު މެންދުރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ އެއާޕޯޓަށް ވަންނަ މަގުގައި، ޖުލައި 26 އަށް ހަދާފައި ހުރި ގިޑިގެއެއް ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 1:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މީހަކަށް ވެސް އަދި އެ މަގުން ދަތުރުކުރި އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ނުލިބުނަސް، އެ ވަގުތު މަގު ބަންދުވެ، ދަތުރުފަތުރަށް ކޮންމެވެސް ވަރަކަށް ބުރޫ އެރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނާއި އެމްއޭސީއެލް މުވައްޒަފުން ގުޅިގެން ވެއްޓުނު ގިޑިގެ ނަގައި، މަގު ހުޅުވާލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ. މެޓުން ލަފާ ކޮށްފައި ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޭޕް ސަރުކާރު
30 July 2025
މޯދީ އަންނާތީ އިސްލާމީ މަރުކަޒު ސަރަހައްދު ބަންދު ކުރަން ދެމި ޓޭޕް އަދިވެސް އެހުރީ ނައްޓާނުލާ. ނަމާދަށްދާ މީހުން ސައިކަލު ބަހައްޓާނެ ތަނެއް ނެތިގެން މީހުން އުޅޭ ހާލު ފުލުސް އޮފީހަށް އެނގޭބާ؟
އަދޫނޭ
30 July 2025
ގިޑިގެއަކީ ވަޔާ ވެއްޓެންޖެހޭތަންތަން. ނވެއްޓޭގޮތަށް ފަރުމާކޯށްފައިހޫރިތަނކަށް "ގިޑިގެ"އެކޭ ނުކިޔޭނެ.؟!!
ސަބާސް
30 July 2025
އަނެއްކާ އަނެއް ރެކޯޑް ތޯއްޗެ
އަބްޑޫލް +
30 July 2025
ކަލޭމެންގެ ތެރޭ ތިބި، ގިޑިގެ އެޅުމުގެ މާހިރުން، ކިބަޅިކޮށް ހަދާފަ ހުރީމަ ވެއްޓުނީ.
އަވަސް ކަނި
29 July 2025
ޖުލައި 26 ކޮބާތަ މިހާރު؟ ތިޔަ ނަގާކަށް ނުވޭތަ އަދިވެސް؟
ދސަފދ
29 July 2025
ހަރުކުރި މީހުން ހަނދާނެއް ނެތް ނަގާކަށް. ސޮރީ
ފެކްޓްް
29 July 2025
ތިވެސް ކުރީސަރުކާރާހެދި ވެއްޓުނީއޭ ނުބުނޭތަ މީހަކު
ކާމިނީ 1
29 July 2025
އައު ޓާމިނަލް ތެރެއަށް ވާރޭ ލީކް ނުވަންޔާ އެއީ ކުރިއެރުމެއް.