އެމްޕީއެލް އިން ބޯޓުތަކުން ބޭލި ފިޔާ ބަސްތާތައް -- ފޮޓޯ: އެމްޕީއެލް
30 ޖުލައި 2025 - 11:57
ރާއްޖެ އަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހުއްޓިފައިވާ ކާގޯ އޮޕަރޭޝަން އިއްޔެ އާއި ރޭ ފަށައި މިހާތަނަށް 4،720 ބަސްތާ ފިޔާ ބޯޓުތަކުން ބާލާފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ، ބޯޓުތަކުން މުދާ ބޭލުން ލަސްވީ މޫސުން ގޯސްވެ، ގަދަވުމުގެ ސަބަބުން ކަމަށެވެ. އިއްޔެ އާއި ރޭ ކުރި މަސައްކަތުން ތިން ބޯޓަކުން ޕެރިޝަބަލް މުދާ ބޭލި ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ވެސް މޫސުން ތަންދޭ ވަރަކުން ފިޔާ ބާލާނެ ކަމަށާއި މިއަދު ވެސް 3،840 ފިޔާ ބަސްތާ ބޭލޭނެ ކަމަށެވެ.
ފިޔާގެ ތާށިކަމަށް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އިން ވެސް ވަނީ ފިޔާގެ ސްޓޮކެއް ގެނައުމަށް މަސައްކަތް ފަށައިފަ އެވެ.
މާލޭގެ ބާޒާރުން ފިޔާ ބަސްތާއެއް އުޅެނީ 450ރ.- 500ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 20ރ.-30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ރާއްޖެއަށް ފިޔާ ގެންނަނީ އިންޑިއާ އިން ހާއްސަ ރޭޓުތަކެއްގަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު އެ ގައުމުން މިހާރު ވަނީ 56 ޕަސެންޓަށް އިތުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާނިމް މުހައްމަދު
31 July 2025
އާއްމުނެގް ބޭސިކް ނީޑްސް ހަމަޖައްސަން ތިކުރާ މަސައްކަތް ރަނގަޅު. މިގައުމަށް ބޭނުންވަނީ އަބަދުވެސް މިކަހަލަ އަވަސް ހިދުމަތް ގެންނަ މީހުން.
އަފާފް ސައީދު
31 July 2025
ފިޔާތައް ގެނެސް ރައްޔިތުންގެ ދަތިތައް ހައްލު ކުރަން ތިކުރާ މަސައްކަތް ވަރަށް ރަނގަޅު.
ރާނީ ޕިޔާސް ކީ
30 July 2025
އިންޑިޔާ އިން ވ އަގުހެޔޮ ކޮށް ފިޔާ ދެނީ އެކަމަކު ބޮޑު އަގުގަ އެސްޓީ އޯ އިން ވެސް ފިޔާ ވިްކަނީ!
ނަށީދު
30 July 2025
އެސް.ޓީ.އޯ. އުވާލަން ޖެހޭ!
މަޖަން
30 July 2025
އަވަހައްދާންވީ ރެޑުވޭވްއަށް ލާހިކުއަގެއްގައިފިޔާގަންނަންލިބޭނީއެތަނުން ހުރިހާއެއްޗެވެސްހެޔޮއަގުގައިލިބެނީއެތަނުން
އަފްރާސިޔާބު
31 July 2025
އަޅުގަނޑު މީ ރެޑްވޭވްއިން އާންމު ކޮށް ތަކެތިގަންނަ މީހެއް އަގުހެވެއްނުވޭ. އާފަލެއްވެސް ނުލިބޭނެ 10.00ރުފިޔާއަށްވުރެ ދަށުން.
ބަކުރުު
30 July 2025
މިހާރު ބާޒާރުގައި ފިޔާގެ އަގު ހުރީ ކިލޯއެއް 25ރުފިޔާއަށް.
އަފީފް
30 July 2025
އޮޅުވާލުމެއް. މިއަށްވުރެ މޫސުން ގޯސްއިރުގަވެސް މުދާބޭލުވޭ. ފިޔާ ނުލިބުމުން ކޮންމެވެސް ވާހަކައެއް ދައްކާލީކަމަށް ބެލެވޭ.
މިމްހާދް
30 July 2025
އެސްޓީއޯ މީ މިއަދު ނަމޫނާ ކުންފުންޏެއް، އެކަން އެންމެ ބޮޑަށް ފާހަގަވެގެންދަނީ ރޯދަމަހުގަ. މި ސަރުކާރު އައި ފަހުން އަދި އެއްވެސް ރޯދަމަހެއްގަ ބާޒާރުގެ އަގުތައް ބޮޑުވެގެންނެއް ނުދޭ... މީ ވަރަށް ބޮޑަށް ފާހަގަކޮށްލަންޖެހޭ ކަމެއް
މައުސޫމް
30 July 2025
މިސަރުކާރުން ރައްޔިތުން ބަނޑަށް ނުޖައްސާނެ... އެމްޑީޕީ މީހުން ވަރަށް ފޯރިއަރުވާއިގެން އެބައުޅޭ މިކަމުގަ، ކޮންމެ ކަމަކުންވެސް ފިތުނަ އުފެއްދޭތޯ ބަލަނީ،
ޖައުފަރުް
30 July 2025
މިކަހަލަ ކޮންމެ ހާލަތެއްގަ ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން އަވަސް ފިޔަވަޅު އަޅައި ހައްލު ހޯދާދެއްވާ. އެސްޓިއޯ އެމްޑީ ބަރާބަރު
ފިރާގް މުހައްމަދު
30 July 2025
ރައްޔިތުންނަށް ތަކުލީފު ނުޖައްސާ އަވަސް މުސްތަގުބަލުގަ ކަންކަން ހައްލުކުރަން މިސަރުކާރުން މަސައްކަތް ކުރާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ