ރިސޯޓެއްގައި ލަންކާ މީހަކު މަރާލި މައްސަލާގައި ދައުވާލިބުނު ލަންކާ މީހާ: އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައި
30 ޖުލައި 2025 - 15:39
ރާއްޖޭގެ ރިސޯޓެއްގައި ސްރީ ލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާ ލިބުނު އެ ގައުމުގެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ޖަޔަލަތު ފަހުން ކުށަށް އިންކާރު ކޮށްފައިވާއިރު، އޭނާ ކުރިން ބަންދު މުއްދަތު މަޖިލީހުގައި، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ބަންދު މުއްދަތު މަޖިލީހުގައި ވާހަކަ ދައްކާފައިވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބި އަދި އޭނާގެ އިއުތިރާފްގެ ނަތީޖާ އޭނާއަށް ބުނެދީފައި ނުވަނީސް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ހާދިސާ ލޮލަށް ފެނުނު މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އެ އިން އެއްވެސް މީހެއް ހެކިބަހެއް ލިބިފައި ނުވާ ކަމަށާއި އިއުތިރާފް ބަޔާން ނަގާފައި އޮތްގޮތުން އެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ބަންދު މުއްދަތު މަޖިލީހުގައި ވެފައި އޮތް އިއުތިރާފަށް އެކަނި ބަލައިގެން އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި މަންޒަރު ފެނުނު ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދައި، އެ މީހުންގެ ހެކިބަސް ނެގުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ރާއްޖެއިން އެދުނެވެ. ނަމަވެސް އެ މީހުންގެ ހެކިބަހެއް މައްސަލަ ނިމުމާ ހަމައަށް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާމްދި ކާނޫ
31 July 2025
އޭރުވެސް އިންގޭ ނިމޭއިރު ވާނީ މިހެންކަން! މިކަހަލަ މާހައުލެއް އޮތުމުން ކުށްތަކަށް އަރާގަތުމަށް މަގުފަހިވޭ. މިތޮަށް ރާއްޖޭގައި މާރާލެވިފައިވާ ކިތަށް މީހުންނަށްތޯ އިންސާފު ނުލިބި ކަށްވަޅުގައި އެތިބީ! ޔަގީނުންސް އެމީސްމީހުން ދުނިޔޭގައި ނެތްްކަމަކު އެމީސްމީހުން އެދޭނެ އެމީހެއްގެ ގާތިލުންނަށް ހައްގު އަދަބުލިބެން!
ހޮޓްކިންގ
31 July 2025
މަންޒަރު ލޮލަށް ފެނުނު މީހުން ފުރައިގެން ދިޔައިރުވެސް އެމީހުންގެ ބަޔާނެއް، ހެކިބަހެއް ނުނަގާ ތިބެފައި، ފުރައިންގެން އެމީހުންގެ ގައުމަށް ދިޔަތާ އެތައް އަހަރެއްފަހުން އިންޓަޕޯލްގެ އެހީހޯދައިގެންވެސް އަރަކު ނުޖެހުނޯ. ކީއްކުރަން ދެން އެމީހުން ފަހަތުން ދުވަނÌ؟ ފުލުހުންގެ ވަށާޖެހޭ ތަހުގީގަށް ވަރަށް ސަލާމް.
ބެއްަޔާގެ ދަރި
31 July 2025
ކޮންމެ މަރުހަލާއެއްގައި ނަމަވެސް ކުށަށް މީހަކު އިއުތިރާފު ވެއްޖެ ނަމަ އެ އިއުތިރާފަކީ އިއުތިރާފެއް ކަމަށް ބަލާނެ ހަމައެއް އެބަ އޮންނަންޖެހޭ. އެހެން ނޫނީ ކޮބާ އިއުތިރާފުގެ ބޭނުމެއް.
ވޯލް
31 July 2025
އިންޓަޕޯލްއިން މިކަހަލަ އެއްވެސް މައްސަލައެއްގައި އެހީއެއް މިއަދާ ހަމައަށް ނުލިބޭ. އިންޓަޕޯލަށް މިތަނަށް އަންނަ ސިޔާސީ މީހުން އެނގޭ. އަދި ރާއްޖޭން ބޭރުގައި އުޅޭ ސިޔާސީ މިޙޫން ހޯދޭ. މިއޮތީވާ ޤައުމެއް. ފުލުހުންގެ ކޮރަޕްޝަން ބޮޑު ކަމާ ފަރުވާ ކުޑަކަމުން އެތަނެއް ބަޔަކަށް އިންސާފު ނުލިބި ދަނީ. ފުލުހުންނަށް ޤާނޫނު ތަކުން ބާރުތަކެއް ދީފައި އޮންނަނީ ރައްޔިތުންގެ ހައްޤުތަށް ކަށަވަރުކޮށްދޭން. އެކަމަކު ކުރެވޭ ކަމެއް ހަރާން.
އަބްޑޫލް +
31 July 2025
"ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ"؟ ކީއްވެގެން އޭނަގެ ނަމުން ބައެއް އުނި ކުރީ؟ ފުރިހަމަ ސިންގަޅަ ނަމެއް ނަމަ އެ ނަން ލިޔެވިފަ އޮންނާނީ، "ޖަޔަލަތު ކޮޑިއާޗި މުޑިޔަންސެލާގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ"، މިހެން. ކޮންމެޔަކަސް، އެހެން މީހުނަށް އިހުތިރާމު ކުރަން އެބަޖެހެޔާ، މިހާރުން މިހާރަށް.
އެންމެން ހެޕީ
30 July 2025
ނުވާނެ! ދުވަހަކުވެސް ނުވާނެ
ވާންޗޯ
30 July 2025
އާ ހެޕީ
ޒަރީރ
30 July 2025
އަދި ތަންކޮޅެއް އަވަހީ ޝަރީޢަތް ހިންގިލެއް. އެހެންވީމަ ތި ޝަރީއަތް ނިމެންދެން އެމީހުން މަޑުނުކޮށް ފުރައިގެން އެ ދިޔައީ
މޮޑަން
30 July 2025
ތިމީހާއަށް ލަންކާއަށް އެތެރެވާން ކެރިއްޖެއްޔާ ރަނގަޅު. ބަދަލުހިފުން އޮންނާނެ ވަރަށް ބޮޑަށް. މިތަނުން ސަލާމަތްވިޔަސް ލަންކާގަ އޭނަ އުޅުނަކަނުދޭނެ.
ޞަލަން
31 July 2025
ބަލަ އެވަރުގެ މީހުން ނޭ ސަލާމަތްވަނީ މިހެން ކުށް ސާބިތުނުވެ
ކޮރަލް
30 July 2025
އުމުރުން 6 އަހަރު ގެއްލުނީ އެވެ. ކުއް ސާބިތެއް ނުވި އެވެ. ދެން ބަދަލު ހޯދަން މަސައްކަތް ކުރަން ވީ އެވެ.
ވާންޗޯ
30 July 2025
އަސްލު ގާޒީން ވެސް އިގޭނެ ކަންވީ ގޮތް، އެކަމަކުވެސް ސާބިތު ނުވި،މީ ހަމަ ސަދޫމް
އ
30 July 2025
ދެން ވަރައް ހެއްވާ.... އަދި އެހާމެ ފައްކާ...