ޝިއާއުގެ މަރުގެ ދައުވާލިބޭ ސާހިލް: އޭނާ ކޯޓުގައި ވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށް ކޯޓުން ބުނޭ --- ފޮޓޯ/ސޯޝަލް މީޑިއާ
14 ޑިސެމްބަރ 2023 - 16:03
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ޝަރީއަތުގައި ވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރާއިރު، އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުންޏެވެ.
ކޯޓުން ބުނިގޮތުގައި ސާހިލް އަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައި ދިނުމުން ވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން އޭނާ އަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރުމަށް ފަހު، މައްސަލައިގެ ލިޔުންތައް ކޯޓުގައި ހުރެގެން ބެލޭނެ އިންތިޒާމު ސާހިލް އަށް އޮންނާނެ ކަން އޭނާ އަށް އަންގާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ދެން އޮންނަ އަޑުއެހުމެއްގައި ސާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
17 December 2023
މި ސޮރު މި އުޅޭ ގޮތުން މީ މަރުގެ ހުކުމް ތަންފީޒު ކުރުން ފަށައިގަންނަން ލިބޭ ރަނުގެ ފުރުސަތެއް. މީނާގެ މައްޗަށް މަރަން ހުކުމް ކޮށް އަވަހަށް ހުކުމް ތަންފީޒު ކޮށް ނިންމާލަމާ ބަހީ. މިކަން މި ވެރިކަމުގާ ފަށައިގަނެވިދާނެ ކަމަށް ބެލެވެނީ.
އަންދަލޫސިޔާ
16 December 2023
އެސޮރު ހަނު ބައިންދާ. ދޫކުރާނެކަމެއްނެތް. ދެން ވަޑާން ގެއަކަށް އެސޮރު ހަނުލައި ތޫނުކުރަން ގެންދޭ. ކަންފަތާ، ދުލާ ތޫނުކޮށްފަ ފޮނުވާލާ!
ޤާތލު
15 December 2023
ޝަރިއަށް ކުރާނެ ކަމެއްނެއް ބަހައްޓާ ހުރަގޭގަ މިސޮރުވާހަކަދައްކާނެ ކޮންމެވެސް ދުވަހަކުން ދުނިޔޭގަ ހުރިއްޔާ އެދުވަކުން ޝަރިއްއަށް ކުރޭ އަދި މިހިނގާމުއްދަތު ކެޱިގެންނުވާނެ އެއީ މީނަގެ އެއްބާރުލުން ނުލިބޭތީ އަދިހަމަ ބެލެހެއްޓުމަށް ހިނގާ ޙަރަދު މީނައތުން ސަރުކާރައްނަގަންވާނެ.
ބޮޑުދިދަ
15 December 2023
ގަޓު މީހުންގެ ސައިޒު އަދި މިފެންނަނީ ?? އެ ސޮރު ހަނުގަ ބައިންދާ …
އަސްލުވާހަކަ
15 December 2023
ތިސޮރަށް މަރުގެ ހުކުމެއް އައުމަކީ ނާދިރު ކަމެއް.. ކޮއްކޯފުޅު އެއޮތީ އެ ދާއިރާއަށް ކުރިމަތިލާފައި ، މީ ނިލަންދޫ މީހުންނަށް ވަރަށް ހެޔޮ ވެރިކަމެއް..
އައްޔަ
15 December 2023
ބުރޯ ތީ ފ.ނިލަންދޫ އެއްވެސް މީހަކު ދަންނަ ކުއްޖެއް ނޫން. އުފަންވީ އެހެން ރަށެއްގަ ދިރިއުޅުނީ އެހެން ރަށެއްގަ. ހަމަ އެކަނި ރަޖިސްޓްރީ ނިލަންދޫ ކަން. އަހަރެން ނިލަންދޫ މީހަކަށްވެހުރެ މިބުނަނީ ނިލަންދޫ ފަސްގަނޑުގަ ތަރުބިްޔަތުވި ކުއްޖަކު މީނާ ކުރިވަރުގެ ނުބައިކަމެއް ނުކުރާނެ.
ދަންނަ
14 December 2023
ފ.ނިލަންދޫ މީހުން ހަމަ ތަފާތީ އޭ ދޯ
ނޯ ސަލާމަތް
14 December 2023
މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ހުރެއްޖެ ނަމަ ހަނުހުރުމަކީ ވެސް އޭނާ އާއި ދެކޮޅަށް ލިބޭ އިތުރު ހެެއްކެކެވެ. މިއީ ޤާނޫނު ބުނާ ގޮތަކީ
އިބްރާ11111111111111111111111
14 December 2023
ކަމަކާ ޖެހުނީމަ މިސޮރުވެސް މިވީ ބޮޑު ފިނޑިއަކަށްދޯ! ހެކި ހުރިއްޔާ ހަނު ބަހައްޓާފަ މަރުޙަލާތައް ފުރިހަމަ ކުރަމުން ގޮސް ވީހާވެސް އަވަހަކަށް މީނާ މަރަން ހުކުމް ކުރަންވީ!
ޑިމޮކްރޭ
14 December 2023
ޑިމޮކްރަސީ އައިސް ހައްގުތަށް ބޮޑުކަމުން އިންސާނަކު ރޮލާ ކައިފަވެސް ހަނު ހުންނަންވީ. ރައީސް މައުމޫނު ޒަމާނުގަ ކޮށްލާ ގޮތަށް ތިޔަކަަލަ މީހުންގެ ތަހުގީގު ކޮށްލީމަ ހަނަކު ނުހުރެވޭން. ޖެހޭނީ ހުރިހާ ވާހަކައެއް ކިޔައިދޭން.
ޖައިސާމް
14 December 2023
އޭރުން ކިޔާދޭނީ "ތަހުގީގު" ކޮށްލާ މީހާ ބޭނުންވާ އެއްޗެއް.