31 ޖުލައި 2025 - 22:05
ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން އޮންލައިން މީޑިއާއެއްގައި ލިޔުނު ހަބަރެއް ޝެއާކުރުމަށްފަހު، މަސީހު މޫސާ ނަމަކަށް ކިޔާ މީހަކު ކުރި ފޭސްބުކްގައި މިއަދު ކުރި ޕޯސްޓުގައި ބުނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް ކަމަށެވެ.
އޭނާގެ އެ ޕޯސްޓާއެކު ގިނަ ބަޔަކު ވަނީ އެ މައްސަލަ ބެލުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
02 August 2025
އެއެއްވެސް އިންސާނަކަށް މަރުގެ އިންޒާރު ދެވިގެން ނުވާނެ، އަދި ޚާއްޞަކޮށް ގައުމެއްގެ ރައީސަށް. ވެރިކަން ކުރުމުގައި ގޯސް ހެދުމަކީ އަދި މުޅިން އެހެންކަމެއް. ހަމަހޭގަ ތިބެވޭތޯ ބަލާތި ކުދިންނޭ
ނިއުމަތްް
01 August 2025
އެމްޑީޕީއިން މިފަދަ މީހުން ހިމާޔަތްކުރާނެ. އެމީހުންނަށް މިފަދަ ކަންކަން އެއީ ނޯމަލް ކަމެއް. އެހެންވެތާ ނަޝީދަށް އެވަރަށް އިންޒާރު އައިއިރުވެސް އަޅާނުލާ ތިބީ.
މޮޔަ ފުލުސް
01 August 2025
ކޮބާ އޭގަ މަރުގެ އިންޒާރެއް؟ ދިވެހި ބަހުގަ ވަރަށް މާނަ ނެގެން ހުރޭ. އެކަމަކު ތީގަ ނެތް އިންޒާރެއް. ތީ ހިތްހަމަ ނުޖެހުމުން ބުނި އެއްޗަކާ ތިބަސްތައް ގުޅެނީ. ފަހަރުގަ ގޭންގުތަކާ ގުޅިފަ އޮތްވަރު ދިރާސާ ކުރަމާ! މިސަރުކާރުގަ ސްޓޭޓު މިނިސްޓަރުން އެބަތިބި ބޮޑެތި ގޭންގުތަކުން.
ސުލެއިލްް
01 August 2025
ކޮންމެ ގޮތެއްވިޔަސް އަދި އަމުދުން ސޯޝަލް މީޑިއާގައި މިފަދައިން ގައުމުގެ ވެރިޔާ ކީތްކުރަން އެއްވެސް މީހަކު ދުއްވާލަން ފިލުވާލަން މަރަން ގޮވުމަކީ ބަލަިގަނެވޭނެ ކަމެއްނޫން. އެމީހަކަށް ފިޔަވަޅުއަޅާ ހަރުކަށި އަދަބުދޭންވީ. ދެން ހިންހަމަނުޖެހޭ ކޮންމެފަހަރަކު މީހުން މަރަން ގޮވަން ދޫކޮށްލަންވީތަ؟
ރަދީފްއޮފިޝަލް /
31 July 2025
މި ޒާތުގެ ކަންކަން މަޖަލަށް ވެސް ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން.މާ މޮޅުވާން އެފްބީ ކަހަލަ ޕްލެޓްފޯމެއް ލިބުނީމަ ބައެއް މީހުންނަށް ހީވަނީ ތިމަންނާ ބޭނުން އެއްޗެއް ލިޔަންވީއޭ.ބައެއް މީހުން އެމީހުންގެ ދަރީންގެ ފޮޓޯ ޕްރޮފައިލަށް ލައިގެން ތިބެ ވަރަށް ހުތުރު ބަހުން ވެސް ކޮމެންޓްސް ލިޔޭ.މިފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ. މިމައްސަލަ ރަނގަޅަށް ތަހުގީގްކޮށް މި މީހާ ކޯޓްރޫމަށް ގެންދަން ޖެހޭ.ވ.ވެދުން
ދސފސދފ
31 July 2025
މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އަޅަންޖެހޭ.