އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް
02 އޯގަސްޓް 2025 - 06:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވްއާ ދެމެދު އޮންލައިންކޮށް ބަދަލުކުރަމުންދާ ބަހުގެ ހަމަލާތައް ހޫނުވަމުން ގޮސް، ދެ ނިއުކްލިއާ ސަބްމެރިން "އެކަށީގެންވާ ސަރަހައްދުތަކުގައި ބާއްވަން" ޓްރަމްޕު އަންގަވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ މި ފިޔަވަޅު އެޅުއްވީ މެޑްވެޑޭވްގެ "މޮޔަ އަދި ހަރުކަށި ވާހަކަތަކަކީ ހަމައެކަނި ބަހަކަށް ވުރެ ބޮޑު ވާހަކަތަކެއް" ކަމަށް ވެދާނެ ކަމަށް ބައްލަވާފައި ކަމަށެވެ.
"... ބުނާ ބަހެއްގެ ބަރުދަން ވަރަށް ބޮޑުވާނެ. ގިނަ ފަހަރަށް ނުކުންނާނީ ނޭނގޭ ނަތީޖާތަކެއް. އަޅުގަނޑު އުންމީދުކުރަން، މިއީ އެހެން ނުވާނެ މައްސަލައެއް ކަމަށް،" ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
އެމެރިކާގެ އަސްކަރީ ޕްރޮޓޮކޯލްގައި އޮންނަ ގޮތުން، ނިއުކްލިއާ ސަބްމެރިންގެ ހަރަކާތްތައް ހާމައެއް ނުކުރާނެ އެވެ. އެހެންވެ ޓްރަމްޕް ވެސް އެ ދެ ސަބްމެރިން ބާއްވާނެ ތަނެއް ހާމައެއް ނުކުރައްވަ އެވެ.
މެޑްވެޑޭވް އިންޒާރު ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުކްރެއިން ހަނގުރާމަ ނުހުއްޓައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން "މުހުލަތު ދީ، ކުރާ ކޮންމެ އިންޒާރަކީ ހަނގުރާމައާ ކައިރިއަށް އެޅޭ ފިޔަވަޅެއް" ކަމަށް ވިދާޅުވުމުންނެވެ.
ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އެއްބަސް ނުވެއްޖެ ނަމަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ޓްރަމްޕް ދެއްވުމުން މެޑްވެޑޭވް ވަނީ ދާދި ފަހުން އެމެރިކާއަށް އިންޒާރު ދެއްވައިފަ އެވެ.
ނިއުކްލިއާ ހަތިޔާރު އެންމެ ގިނަ ދެ ގައުމަކީ ރަޝިއާ އާއި އެމެރިކާ ކަމަށްވާއިރު، ދެ ގައުމުން ވެސް ނިއުކްލިއާ ސަބްމެރިން ގެންގުޅެ އެވެ.
"މިހާރު ރަޝިއާ ފެޑެރޭޝަންގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުގައި ހުންނެވި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް، ނިއުކްލިއާ ދެ ސަބްމެރިން އެކަށީގެންވާ ސަރަހައްދުތަކުގައި ބޭއްވުމަށް އަންގައިފިން،" ޓްރޫތު ސޯޝަލްގައި ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އެވެ.
މިއީ ނިއުކްލިއާ ހަކަތަ ބޭނުންކުރާ ސަބްމެރިން ކަމެއް ނުވަތަ ނިއުކްލިއާ ހަތިޔާރު ހުރި ސަބްމެރިންތަކުގެ ވާހަކަ ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.
ޓްރަމްޕް ވަނީ ބަހާ މެދު ސަމާލުވުމަށާއި "ތިޔަ ވަދެވެނީ ނުބައި ހިސާބަކަށް" ކަމަށް ވިދާޅުވެ މެޑްވެޑޭވް އަށް އިންޒާރު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
03 August 2025
ހިނގަމުންމިދާކަންކަމުން ހާމަވާއެއްކަމަކީ ނިއުކުލިޔަރހަތިޔާރުހުއްޓަސް އަދި ނެތަސް މާބޮޑުރައްކާތެރިކަމެއް އެއްވެސްގައުމަކަށްނެތްކަން، ރައްކާތެރިކަންއޮތީ ވިސްނުމުގެބޭނުންހިފައިގެން، އެމެރިކާގެ ރައީސަކަށްމިވަގުތުހުރީ ހަމަސީދާމޮޔައެއް މިފަދަ މޮޔައަކު ކިހިނެއްވިސްނުމުގެބޭނުންކުރާނީ، މީނަގެމޮޔަކަން ހާމަވެގެންދިބައެއްކަންކަމަކީ ވިޔަފާރީގައި ޗައިނާއާދިމާކޮށް ގޮތްހުސްވެ ލަދުގައިބެދުން، ދަލުބޭރުންޖެހި އިރާނަށްހަމަލާދީ ގޮތްހުސްވެބިރުން ޕީސްހެދިކަން
raajje
03 August 2025
އެމެރިކާއިން ކޮންސަބުމެރިންއެއްނެރެގެންފޮނިދެއްކޭކަށް ކާކުބިރުގަންނާނެކަމަށް، އެމެރިކާއޮތީބަނގުރޫޓުވުމުގެ މަގުމަތީގަ، ހަނގުރާމައެއް ފަށާކަށްވެސްނުކުރޭނެ، ފެށިޔަސް ހަނގުރާމައެއް މާގިނަދުވަހުކުރުމުގެ ގާބިލުކަމެއްނެތް، ގާބިލުކަމާ ބާރުހުރިމީހުން ޓުރަންޕުތިޔައުޅޭހެން ރުންކުރުވެގެންނޫޅޭނެ، ދާދިމިދާކަށްދުވަހު އިރާނަށް ހަމަލާއެއްދީފަ ބިރުން ޕީސްވީވެސް އެމެރިކާދޯ، ތިޔަބުނާބާރާ ގާބިލުކަމާ ޔަގީންކަންއޮތްނަމަ އިރާނާ ހަނގުރާމަކުރިޔަށްގެންދިޔައީސް މޮޔަޓުރަންޕު
ހުސައިން
03 August 2025
ސަހަލި މީހަށް ނެތް
އަފްރާސިޔާބު
02 August 2025
މެޑްވަޑޭވް ނުންޏަސް އެއީ ރަނގަޅުވާހަކައެއް. ކަންކަން މިވެނިގޮތަކަށް 10 ދުވަސްތެރޭ ކުރާށޭ ކިޔާފައި ބާރު އޮތް ގައުމަކުން އެންގުމަކީ ހަނގުރާމަޔާ ކައިރިއަށް އަޅާފިޔަވަޅެއް. ދެން އެމެރިކާ އިން ތިހެން ނެރޭ ދެ ސަބްމެރީނަކުން މިޒަމާނުގެ ކުދިން ނުހެއްލޭނެ. އެވަރުދަނޭ މެޑްވަޑޭވް ވެސް.
ސަމަދު.
02 August 2025
ތިއައެއްޗެހި މަގުއޮޅިގެން ދޫނިރާއްޖެއަށް ނުވަދެއްޖެއްޔާ ރަނގަޅު. ކައްޕިއަށް ގުޅާފަ ޓުރަމްޕު މިވާހަކަ ބުނެލަދޭތި
ސަންޖޭ
02 August 2025
ރެޝިޔާ އަކީ ގާޒާ އެއްނޫން, ދުނިޔޭގެ އެއްމެ ބާރުގަދަ ނިއުކުލިޔާ ގިނަ ގައުމު,
ސުވިޑަން
02 August 2025
އެމެރިކާ އަކީ ހުރިހާ ކަމެއްގައި ބިރުދައްކައިގެން ބުލީކޮއްގެން ކަންކަން ކުރުމުގެ ބޮޑުސަގާފަތެއް އޮންނަ ބައެއް... މިހާރު ގެ ރައީސް އަކީ މިކަމުގެ އެތައް ދަރަޖަ މަތީ ބޭފުޅެއް.
raajje
03 August 2025
ސުވިޑަން: ޓުރަންޕަކީ މޮޔައެއް، މީއަޅުގަނޑުބުނާއެއްޗެއްނޫން، އެމެރިކާރައްޔިތުންގެ ގިނަބަޔަކުބުނާއެއްޗެއް، ޓިކުޓޮކުބަލާލީމާ އެމެރިގެ ގިނަމީހުން ޓުރަންޕާމެދު ދެކޭގޮތްފެނިގެންދާނެ
މުސްކުޅިބެ
02 August 2025
މިބޭގަނޑުހީކުރާކަހަލަ ތިމަންނާ ފުއްޕާލީމާ ރިޝިޔާ ބިރުގަންނާނެކަމަށް.
ރަތް ހިނި
02 August 2025
ކޮމެންޓްތަކުން ހީވަނީ ދިވެހިންނަކީ ދިނިޔޭގެ ސުޕަރޕަވަރ ހެން.
ޓްރަމްޕެޓް
02 August 2025
ކީއްކުރަން ފޮނުވާ ސަބްމެރީނެއް؟ އިރުމަތީ ޔޫރަޕާ އެލަސްކާއާ ޖަޕާނުގަ ނިއުކްލިއަރ ބެލިސްޓިކް މިސައިލް އަތުރާލަންވީނު؟ ވާއެއްޗެއް ބަލާލަން.
ސަކުރާ
02 August 2025
ކޮންމެއަކަސް އެމެރިކާ މީހުން މިއޮތީ މޮޔައެއްގެ އަތަށް ކަނޑިއެއް ދީފަ.