ޝަހީދު: އޭނާ ހައި ކޯޓަށް އައްޔަންކުރަން ނިންމި މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފައި.
03 އޯގަސްޓް 2025 - 10:13
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ދާދިފަހަކާ ޖެހެންދެން ހުންނެވި ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.
ޝަހީދު ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަކީލް އަހުމަދު ނައުޝާދެވެ.
އެ މައްސަލަ ކޯޓުން މިއަދު ބަލައިގެންފައިވީ ނަމަވެސް ވަގުތީ އަމުރެއް ނެރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޝަހީދަކީ ކުރިން ޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތް ބޭފުޅެކެވެ.
އެ މައްސަލަ ސިވިލް ކޯޓުން ބަލަައިގަތްއިރު، ހައި ކޯޓަށް އައްޔަންކުރަން ނިންމި އާ ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ޖޭއެސްސީން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޙަމްދު ލިއްލާހި
03 August 2025
އަލްޙަމްދު ލިއްލާހި ﷲ އަކްބަރް
ދުރުމި1
03 August 2025
ހުސްނުސުއޫދު ސްޕްރީމް ކޯޓް ފަނޑިޔާރަކަށް އައްޔަން ކުރެވޭ މޑޕ އެކްޓިސްޓަކަށް ވީމަ އެކަން އޯކޭ ހަމަ
ވވޖބބބ
03 August 2025
ސިވިލް ކޯޓުގެ ތިމައްސަލަ ނިމޭނީ މަގާމަށް ކުރިމަތި ލީއިރު އެއީ ފަސްބައިގަ ސިޔާސީ އެކްޓިވިސްޓް ކުލަނޫނގުޅޭ ސާފު ބޯކިރު ކޮޅަކަށްވެ މަގާމަށް އެފަދަ ދެވަނައެއް ނެތް ގާބިލު މީހަކަށް ވެގެންކަން ޔަގީން
މިޔަރެން
03 August 2025
މިއީ ނިމިދިޔަ ސަރުކާރުތަކުގަ ވީކަމެއް ނޫން.
އިދުރީސް ބިން އަދުރޭ
03 August 2025
އައްބާސް ބުނެގެން ކުރާ ކަމަކާ ވައްތަރީ. އައްބާސް ބޭރު ކުރޭ.