ފިޔާޒު: އޭނާ އަށް ދައުވާކުރަނީ ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ --ފޮޓޯ/ފޭސްބުކް
14 ޖޫން 2016 - 19:18
ފުލުހެއްގެ ގައިގައި އަތް ލި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކޮށް، ދިފާއުގައި ހަތް ނޫސްވެރިއަކު ހެކިންގެ ގޮތުގައި މިއަދު ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މުލިއާގެ ކައިރިން ފެނުނު ގޮވާ އެތި، ނުގޮވާ ގޮތް ހެދުމަށް ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ފިޔާޒަށް ދައުވާކުރަނީ ގައިގައި އަތް ލުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފިޔާޒް ވަނީ އެ ދައުވާ އަށް އިންކާރުކޮށް، އެފަދަ ކަމެއް ނުކުރާ ކަން ސާބިތުކުރުމަށް ހަތް ނޫސްވެރިއަކާއި އެ ދުވަހު ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖް ހުށަހަޅައިފަ އެވެ. ނޫސްވެރިންގެ ތެރޭގައި ހިމެނެނީ އެވަގުތު ފިޔާޒާ އެކު އެތަނުގައި ހަރަކާތްތެރިވި އެކި މީޑިއާތަކުގެ ނޫސްވެރިންނެވެ.
ފިޔާޒާ ދެކޮޅަށް ވެސް ދައުލަތުން މިއަދު ވަނީ ތިން ފުލުހެއްގެ ނަން ހުށަހަޅައިފަ އެވެ. އެއީ ފިޔާޒު ޖެހި ކަމަށް ބުނާ ފުލުސް މީހާ އާއި ޖެހި މަންޒަރު ފެނުނު ކަމަށް ބުނާ ދެ ފުލުހެކެވެ.
ފިޔާޒްގެ އިތުރުން ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިއަކަށް ވެސް އެރޭގެ ހާދިސާއާ ގުޅިގެން ދައުވާ ކުރެ އެވެ. އެކަމަކު އެ ދެ މީހުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޭޚު
24 August 2016
މުސްލިމުން އަތްލުން "މަނާ" ތަކެތީގެތެރޭ ފުލުހުން ހިމެނުނު ކަން އަދި މިއެނގުނީ އަލަށް. ކިހިނެތްބާ އެވީ؟
ޒަބީބު
15 June 2016
ދައުލަތުގެ ޕީޖީ ގައި ވަކީލުން ތިބޭފަދައިން ހެކިންވެސް ތިބެއެވެ. ވަކީލުންގެ ކަމަކީ ދައުވާކުރުމެވެ. ހެކިންގެ ކަމަކީ ދައުލަތުން ހުށަހެޅިގޮތަށް ހެކިބަސްދިނުމެވެ. މިއީ ހަރުދަނާ ނިޒާމެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން މިގައުމުގެ ރިސޯޓުތައް ކޮޕީކުރާހެން މިކަންވެސް ކޮޕީ ކުރާނެއެވެ.
ޕިޔާޒް
15 June 2016
ކިހާވަރަކުން ދާނެބާ...
ތަކުރު
14 June 2016
މަގައިގަ ފުލުހަކު އަތްލި. މަބުނިން މަ މިދަނީި ގެއަށޭ. މުޒާހަރާ ކުރާކަށް ނޫނޭ އަައީ. އަތްނުލާށޭ. މަ ބޭނުން ދައުވާކުރަން.
ވަފާތެރި ހެކިވެރިޔާ
14 June 2016
ހާދަހީވެއޭ ސަރުކާރުން ބޭނުންވާގޮތްތައް ހެކިދޭން ބަޔަކު ޓްރެއިންކޮށްފަތިބޭހެން...! އަދި ހެކިދޭ މީހުންނަށް ދީފައި އެހުންނަ ބޮޑެތިބޮޑެތި ދީލަތިއެހީތަކުން ހަމައަޖައިބު އަންތަރީސްވާވަރުވާ..! މިއޮތީވާގައުމެއްް!