ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ

އިސްކަންދަރު ސްކޫލްގައި ވީރާނާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ ދެ ބުރީގެ އިމާރާތް: މިހާރު އެތަން ވަނީ އެއްކޮށް ތަޅާލާފައި.--

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ދެ ބުރީގެ އިމާރާތް ހުރި ތަނުގައި ކްލާސްރޫމުތައް ހިމެނޭ އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރި ހުރި އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު އެންގި އެވެ. ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން، އެ އިމާރާތް ބޭނުން ނުކުރާތާ 8 އަހަރަށް ފަހު މިދިޔަ ޖޫން މަހު ވަނީ ތަޅާލައިފަ އެވެ.

އިސްކަންދަރު ސްކޫލުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ސްކޫލު އޮފީސް ހިންގަމުން އައި އެ ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން އެ ސްކޫލުގެ ބައެއް ބެލެނިވެރިން ބޭނުންވީ އެ ބިމަކީ ކުދިން ކުޅޭނެ "ޕްލޭ ގްރައުންޑް" އެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެންވެ، މިނިސްޓްރީން ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު އެންމެ ރަނގަޅު ގޮތެއް ކަމަށް ނިންމީ މިހާރު ހުސްކޮށް އޮތް އެ ބިމުގައި އާ ކްލާސްރޫމު ބަރިއެއް ހެދުމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި އަޅަން މިހާރު ނިންމާފައި ވަނީ ކްލާސްރޫމުތައް ހިމެނޭ އިމާރާތެއް ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ އެ އިމާރާތް ކުރެހުމުގެ މަސައްކަތްތައް ކަމަށާއި ހަދާނީ ކިތައް ކްލާސްރޫމުކަމާއި އެ އިމާރާތުގައި ހިމެނޭނެ އިތުރު ތަންތަން އެނގޭނީ އޭގެ ފަހުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ އޭ ބްލޮކް އިމާރާތް ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އޭ ބްލޮކް ތަޅާލުމުން މިހާރު ކުދިންނަށް ކިޔަވައި ދެމުން އަންނަނީ ބީ ބްލޮކާއި ސީ ބްލޮކްގަ އެވެ.

އެކަމަކު، ކުދިންނަށް މިހާރު ކިޔަވައިދޭ އިމާރާތުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރިން ކޮށްފައި ވެ އެވެ. މި މައްސަލަތަކާ ހެދި ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ވެސް ބެލެނިވެރިން ކުރިން ކުރި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ އިމާރާތާ އެކު، އެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރިންޓޭ

04 August 2025

With Aminiyaa School recently built and Iskandhar School now under construction on an already busy road, traffic congestion during school hours is worsening. Future planning should address this by widening nearby roads and having schools receive students inside their compounds, even before the bell rings, to prevent parents waiting on motorbikes along the roadside and causing further congestion.

The name is already taken The name is available. Register?

ބަކުރުބެ123

04 August 2025

މަ ބުނަންތަ ވާހަކައެއް. މި ހަބަރުން ވާނުވާއެއް ނޭންގުނު. ކްލާސްރޫމް އެކަނި އެޅީމަ މިހާރުވެސް ލައިބްރަރީއެއްނެތް. ހެލްތު ރޫމަށް ފާހާނަޢެއްނެތް. ހެލްތު ރޫމެއް ނެތް. ލީޑިންގް ޓީޗަރުން ވެސް ތަނަކަށް ކޮށްޕާލާފައި އެބަތިބި. މިނިސްޓަރ ގެ ބެސްޓް ފްރެންޑް ޝުކުރީ ވެސް އެތާ - އެތާ ވެސް ދެ ދޮރު ހުރޭ. ޕްރިންޓް ރޫމް ހުރީ ބޭންޑް ރޫމުގައި. 200 މީހުން ބޭނުންކުރަނީ 3 ފާހާނާ. އޮފީސް ކުދިން ތިބީ ވެސް ގުޅަގަންނަވާލާފައި. ދެން ކީކޭ މިނިސްޓަރ މި ކިޔަނީ . އާދަމް ގެފާނޭ

The name is already taken The name is available. Register?

ތަކުރުބެ1516

05 August 2025

ބަލަ ބަކުރާ. ބޮލަށް ވެއްޓުމުގެ ކުރިން ތަޅާލީމަ ދަތި ހުންނާނެ. އެޅީމަ ތިޔަ ތާ ފާޚާނާ އާ ހެލްތުރޫމާ ލައިބްރަރީ ރޫމުވެސް ލިބޭނެ ވާހަކަ މިނިސްޓަރު ވިދާޅުވަނީ. ތިޔަ ތަން ރޯޔަލްވެގެން ވަކި ފަންތިއެއްގެ މީހަކަށް ނޫނީ ޕްރިންސްޕަލްކަންވެސް ނުކުރެވޭނެ ހީވެގެން އުޅޭކަން ރާއްޖޭގެ އެންމެނަށް އެނގޭ. ޢިލްމީގޮތުންނާ ތަޖުރިބާގެ ގޮތުން ޝުކުރީއާ ވާދަކޮށްގެން ރޯޔަލް ބޭފުޅުންވެސް ހަމަ ޕްރިންސިޕަލްކަން ކުރަންވީ.

The name is already taken The name is available. Register?

ފާނު

04 August 2025

ރާއްޖެތެރޭ ގިނަ ސުކޫލުތަކުގެ ހާލަތު ވަރަށް ދަށް...

The name is already taken The name is available. Register?

ހަދިއްކޮ

04 August 2025

ހެޔޮނުވާނެ، ސަރުކާރާ ބަންޑާރަ ޢިމާރާތްތަކުގެ އަޑީގައި ޕާކް ކުރެވޭ ގޮތް ހަދަން ގާނުނުގަ ނަމަވެސް ލިޔެ އަންގަބަލަ،، ހިޔާ ފްލެޓް ހަދާފަ ހުންނަގޮތަށް ހެދީމަ ކޮންމެވެސް ވަރެއް ވާނެ، ތީ ވެސް އެހާ ބާރުބޮޑު ޕާކްކުރާނެ ތަންކޮޅެއް ނުލިބޭ ސަރަހައްދެއް، މިސްކިތްތައް އަޅާއިރުވެސް މަގާކައިރި ނުކޮށް އެތެރެ އިމުގައި ޖައްސާފަ އަޅަނިކޮށް ހުކުރު ދުވަހަށް ކޮންމެސް ވަރެއް ވާނެތާ

The name is already taken The name is available. Register?

ދަރު

04 August 2025

އިތުރު އިމާރާތެއް އަޅަނީއެއް ނޫން. ހުރި އިމާރާތެއް ބައުވެގެން ތަޅާލާފައި އާ އިމާރާތެއް އަޅަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454