އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ-2) އަށް ބައްދަލުވުމެއްގައި. -- ފޮޓޯ: އޭއެފްޕީ
05 އޯގަސްޓް 2025 - 06:25
ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ރަޝިޔާގައި އުފައްދާ ތެޔޮ އިންޑިއާއަށް ގަންނަމުންދާ ނަމަ އިންޑިއާގެ މުދަލުން ނަގާ ޓެރިފް އަދިވެސް ވަރަށް ބޮޑުކުރަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ރަޝިއާ-ޔުކްރެއިން ހަނގުރާމައަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުކުރު ދުވަހުގެ ކުރިން ޔުކްރެއިނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމުގައި ކުރިއެރުން ނުލިބޭ ނަމަ ރަޝިޔާއާއާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެ ޕްރެޝަރު ވެސް ވަނީ ބޮޑުކޮށްފަ އެވެ.
ރަޝިޔާގެ ތެޔޮ ގަތުމަކީ އެ ގައުމުގެ ހަނގުރާމައަށް ހޭދަކުރުމަށް ވެވޭ ބޮޑު އެހީއެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.
އިއްޔެ ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާއަކަށް ވިއްކަމުންދާ ކަމަށެވެ.
ޓްރަމްޕް ވަނީ ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވަމުން ދިޔަ ނަމަވެސް އިންޑިއާއަށް އެއީ މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި ސަބަބުތައް ހުރީމާ މި ޓެރިފް އަދިވެސް ބޮޑުކުރާނަން."
މިދިޔަ ހަފްތާގައި ޓްރަމްޕު ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމައިފަ އެވެ.
ނަމަވެސް ޓެރިފްގެ ރޭޓާއި އެ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކު ކަމެއް ޓްރަމްޕު ވިދާޅެއް ނުވެ އެވެ. އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އެމެރިކާއިން ވަނީ އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ.
ރަޝިއާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަމާޒުވާ ފާޑުކިޔުންތައް އިންޑިއާއިން އިއްޔެ ރައްދު ދީ ބުނެފައިވަނީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ރަޝިއާގެ މުދަލާއި ހަކަތައިގެ ސާމާނު އެތެރެކުރާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އެ ގައުމުން ހަކަތައިގެ ބާވަތްތައް އެތެރެކުރަނީ އިންޑިއާގެ ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް އަދި ހެޔޮ އަގުގައި ހަކަތައިގެ އަގުތައް ބެހެއްޓޭނެ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
06 August 2025
ކުރިޔަށް އެމެރިކާ! ސާބަހޭ!
އަބްޑޫޅް +
06 August 2025
ޙޫމް. ޓެރިފު ބޮޑުކޮށް އިންޑިޔާ މީހުން ހޭއަރުވާލާށޭ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު ޛޮނާލިދު ޠުރަންބު އަށް އައްސަރިބަހާއި ސާބަސްފުޅު.
ބުހާރީ
05 August 2025
މިބީތާ ފަލަސްތީނުގެ ރައްޔަތުން ސަހީދުކުރުމަށް ހޭދަކުރާ ފައިސާ އާއި ހަތިޔާރުގެ އަދަދާއިމެދު އެއްވެސް ވަރަކަށް ވިސްނާނުލަނީ ކީއްވެގެން.
raajje
05 August 2025
އިންޑިޔާއިން އެމެރިކާގެބިރުދެއްކުމާ ބުލީކުރުމަށްދުލެއްނުދޭނެ މިހާރުއަދިއަމުދުން ދޫނުދޭނެ، ދޫނުދޭނެ އެއްސަބަބަކީ އިންޑިޔާއިން އެމެރިކާގެބިރުދެއްކުމަށް ދޫދީފިނަމަ އެއީ އިންޑިޔާއަށްބޮޑުލަދެއް، ސަބަބަކީ ތިޔަހެން ޗައިނާއާދިމާކޮށްލީމާ ޗައިނާއިން އެމެރިކާ ފައްސާލާ ބިރުގަންނަވާލިތަން ދުނިޔެދެކެފި، އިންޑިޔާއިންވެސް ހަދާނީ ޗައިނާއިންހެދިހެން، ޓުރަންޕަށް މިވަރުވެސްނޭންގުނުތާ! އެމެރިކާއަކަށް ޗައިނާ ރަޝިޔާ އިންޑިޔާ އިރާނު ޕާކިސްތާނު ފަދަގައުމުތަކަކާނުކުޅެވޭނެ
ޔަހްޔާ
05 August 2025
" ޓްރަމްޕް ވަނީ ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވަމުން ދިޔަ ނަމަވެސް އިންޑިއާއަށް އެއީ މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ." އެހެންތަ! މިހިރަ ދެލޯބާޑި ކަލެއަށް ފަލަސްޠީން ގެ ޣައްޒާ ފެނޭތަ؟ ލަދުކޮބާ؟ .
ދަ އެނަލިސްޓް
05 August 2025
ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގައުމުތައް އިނދަޖައްސާލުމަކީ އެމެރިކާގެ ސްޓްރެޖީ ކަމުގައިވާނަމަ އެއީ އަދުގެ ދުނިޔޭގަ އެމެރިކާ ހަދާނެ އެންމެބޮޑު ގޯސް. އެކަމުގެ ނުބައި ނަތީޖާއާ ކުރިމަތިލުމުގެ ގާބިލްކަން އެމެރިކާގަ ނެތް. އެމެރިކާ ފިޔަވައި ދުނިޔޭގެ ބޮޑެތި ގައުމުތައް އެއްބައިވެ ވިޔަފާރިއާއި ޓެކްނޮލޮޖީއާއި އަސްކަރީ ދާއިރާއިން ކުރިއަރަމުންދާ ކަމީ މިކަމުގެ ހެކި. އެމެރިކާ ޑޮމިނޭޓް ކުރަމުންދާ ޑޮލަރުގެ އަގު ވެއްޓޭ ހިސާބުން އެމެރިކާ އިނދަޖެހޭނެ..
މެސީ1
05 August 2025
މި ސޮރައް އޯކޭދޯ ފަލަސްތީނުން ކިތަންމެ ވަރަކަށް މީހުން ޝަހީދު ކުރިޔަސް ބަނދައް ޖެސްސިޔަސް، މިމީހުނައް މިމީހުން ފެނިގެން ތެޅޭވައްތަރެއް ދޯ
މަރުކަޒީ
05 August 2025
މަ ހިޔެއް ނުކުރަން ދުވަހަކުވެސް މިހެން ބުނަން ޖެހޭނެކަމެއް. ނަމަވެސް ބުނެލާނަނަން . "އިނޑިޔާ ކަލޭ ގަދަ" ދޫނުކުރާތި.
ދަ އެނަލިސްޓް
05 August 2025
އެމެރިކާއިން ކުރަމުންދާ ވިޔަފާރީގެ ހަނގުރާމައިން އިންޑިއާ ކަހަލަ ދެވަނަ ދުނިޔޭގެ ގައުމުތަކަށް މާބޮޑު އަސަރެއް ކޮށްފާނެ ހެނެއް ހިއެއްނުވޭ. ދެވަނަ ބޮޑުހަނގުރާމަ ނިމި ޔޫރަޕް އިނދަޖެހުމުގެ ފައިދާ އެމެރިކާއިން ނެގިޔަސް މިއަދު ދުނިޔޭގެ ހާލަތު ވަރަށް ތަފާތު. ވިޔަފާރީގެ ހަނގުރާމަކޮށްގެން އެމެރިކާއަށް ދުނިޔެ ޑޮމިނޭޓް ކުރުމަކީ ދުރުކަމެެއް. އެކަމުގެ ސާފު ހެއްކަކީ ރަޝިއާ ޗައިނާ އިންޑިއާ ބްރެޒިލް އީރާން ވެނެޒުއޭލާ ފަދަ ގައުމުތަކާ ދެކޮޅަށް އެޅި ފިޔަވަޅުތައް.