އައިޖީއެމްއެޗުގެ އައިނު ފިހާރައިން ބަޔަކަށް ހިދުމަތް ދެނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
05 އޯގަސްޓް 2025 - 12:07
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އަލަށް ހުޅުވި އައިނު ފިހާރައަށް ޑިމާންޑް ބޮޑުވެ، ކިޔޫގައި 1267 މީހުން ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 26 ގައި ހުޅުވި އައިނު ފިހާރައިން، އަމިއްލަ އަށް އެއްވެސް ހަރަދެއް ނުކޮށް ހިލޭ އައިނު ހެއްދޭނެ އެވެ. ހުޅުވިތާ ހަފުތާއެއްހާ ދުވަސްވީ އެތަނުން ހިދުމަތް ހޯދަން މިހާތަނަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ތަނުން ދުވާލަކު 40 އެއްހާ މީހުން ޗެކަޕް ހަދާ ކަމަށެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް ލޮލުގެ ނަމްބަރު ނެގުމަށް 1267 މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އައިނު ފިހާރައިގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮންމެ ދުވަހަކު 20-30އާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާއިރު މިހާތަނަށް ދޫކޮށްފައި ވަނީ 131 އައިނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ކުރިން ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން، އާސަންދަ އިން އައިނު ހައްދަން ދޭ ފައިސާއެކު ވެސް އަމިއްލަ ޖީބުން ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހުޅުވަން ސަރުކާރުން ނިންމީ، އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ. އެތަނުން ހިދުމަތް ހޯދަން، އައިނު ފިހާރައިގެ ނަމްބަރު 3335150 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދުބޭބެ
06 August 2025
60 ދުވަސް ފަހުން އައިނު ލިބެނީ. އެހާ ދުވަސް ވާއިރު ލޮލަށް ގެއްލުންވާނެ، ނަންބަރުވެސް ބަދަލުވާނެ. ކަންދައްކަން ކުރާ ކަންތައްތައް މީ.
58968
06 August 2025
ޑިމާންޑު އޮތެއްކަމަކު ކުރެވޭނެ ކަމެއް ނޯންނާނެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށް ނުދެވެންޏާ. ބޭކާރު ކަމެއް ޑިމާންޑް އިސްތިހާރު ކުރުމަކީ. ތި ފިހާރައިގަ ކެޕޭސިޓީ އެބަހުރިތަ މިހާރު އެދިފަ ހުރިފަރާތްތަކަށް ކައިރި މުސްތަގުބަލެއްގަ އައިނު ހަދައިދެވޭވަރުގެ؟ ނޫނީ ސްޕެޝަލިސްޓް ޑރ ކިއު ގަ ޖެހިގެން 1 އަހަރު ތިބެންޖެހޭގޮތަށް އަނދިރީގަވެސް 1 އަހަރު އުޅެންތަ ޖެހޭނީ؟
2025
06 August 2025
ތިނަންބަރު ފޯނުވެސް ނުނަގާ.... ބޮއިހަލަކި
މޫސާ އިބުރާހީމް
05 August 2025
އެއުޅެނީ އާސަންދައިން ފައިސާތަކެއް ފެލާލަންވެގެން. އެތަނުން ހަދާއައިނުގެ އަގެއް ނުބުނެދޭނެ، އެއްވެސް އެއްޗެއްގައި އަގެއް ނުޖަހާނެ، އެހިއަސް ބުނާނީ ހިލޭ އައިނު ހަދައިދޭނަމޭ.
ޖަބާލް
05 August 2025
ނަމްބަރ ނަގާފަ އައިނު ލިބޭއިރު ނަމްބަރ ދިމާނުވާނެ..ތަރްހީބު ބޮޑުވީއެއްނޫން ރައްޔިތުންތިބި ހާލު ފެނިގެން އެދަނީ.ބޮޑުއަގުދީފަ ޕްރައިވެޓް ތަންތަނުން ހެދޭނެ ފައިސާ ނެތީމަ ވާގޮތް..ބާޒާރަށްވުރެ އެސްޓީއޯއިން ފިޔާ 2ރފިޔާ އަގުހެޔޮވީމަ ކިޔޫ ހަދަނީވެސް ކަމެއްވެގެންނު..
ކަމްބީ
05 August 2025
ލޮލް!!!! ކަންކަމުގެ މާހިރުން ތިއްބަ ރޯނުއެނދުރުން ތަންތަނަށް ލީމަ ވާނެ ހަތަރެތި ތިޔަވަނީ!
raajje
05 August 2025
ދިވެހިންނަކީ އެމީހުންގެ ގައުމުގައިވަރަށްހާލުގައި އުޅޭބައެއް، ދިވެހިންގެ އަތުގައި ފަހުގެފޯނާ ޑިވައިސްތައްގިނަވެގެން އުޅެނީ ރާއްޖެއަކީ ހުރިހާއެއްޗެއް އިމްޕޯޓުކުރާ ތަނަކަށްވާތީ، ބައްޔެއްވީމާއެހެންގައުމަކަށް، ކިޔަވަންއެހެންގައުމަކަށް، ރާއްޖެއިން އެންމެ އައިނެއްހެދޭ އަގުގައި އިންޑިޔާއިން އެޔަށްވުރެންކޮލިޓީ ހަތަރުފަސްއައިނުހެދޭ، ކާންލިބެނީ ލޯކޮލިޓީފުޑް ނަގާހާޓެކުސްފައިސާތަކަށް ހަދާގޮތެއްނޭންގެ، މިކަންކަން ރަނގަޅުކުރުމަކީ ވެރިންގެޒިންމާއެއްނޫންތަ؟
ރާއްޖެ
06 August 2025
އިންޑިއާގެ ކޮންތާކުން ހަތަރު ފަސް އައިނު ހެއްދެނީ ރާއްޖެއިން 1 އައިނު ހެއްދޭ އަގުގަ؟ ޤައިމު މަވެސް އިންޑިއާގަ މިއުޅެނީ.
raajje
05 August 2025
ޑިމާންޑުބޮޑުވީކީނޫން، އައިނުފިހާރަހުޅުވަންނިންމާ ހުޅުވިިއިރުވެސް ޑިމާންޑުއޮތީބޮޑުކޮށް ބޮޑުކަންވެސް ސާފުކޮށްއެނގޭނެ، ސަބަބުވެސް އަމިއްލައަށް ތަކުރާރުކޮށް ތިޔަކިޔަނީނޫންތޯ އެއީ ރާއްޖޭގައި އައިނުހަދާދޭތަންތަނުންއަގުބޮޑުކަމުން އާސަންދައިންލިބޭ ދެހާހުންއައިނު ނުހެދޭތީ، މިސަބަބުމިހާސާފުކޮށްއޮވެމެ ކީއްވެތޯ ޑިމާންޑާ ކޮންޕީޓުކުރެވޭވަރުގެ ކެޕޭސިޓީއެއްގައި އައިޖީއެމްއެޗްގެ އައިނުފިހާރަ ނުހުޅުވީ؟ ޑިމާންޑުކުރިންވެސްއޮތްބޮޑުވީކީނޫން، ކުރީމޭބުނަންކުރާތީވާގޮތްދޯ
ކުޑާދަނު
05 August 2025
މިހާރު ނަންނޯޓްކުރާކަށް ތިނަމްބަރެއް ކަމަކު ނުދެއެވެ. އަވަހަށް ޕޯޓަލެއް ހަދާށެވެ. ދެފުށް ފެނަނަގޮތަށް ސްޓެޓަސް ބެލޭނެހެން ހަދާށެވެ.
ސަނާކިސްތާން
05 August 2025
އަދި ތިއަށްވުރެ ތަރުހީބު ބޮޑުވާނެ ދުވާލަކު 1 އައިނު ހެއްދޭގޮތް ވާނަމަ.... ކެކެކެ