އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
06 އޯގަސްޓް 2025 - 12:42
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޣަނީ މަގާމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ އިސްކަން ދިން ނަމެއްގެ ގޮތުގައި ރައީސަށް ފޮނުއްވީ ވެސް ޣަނީގެ ނަންފުޅެވެ.
ޣަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާ ރައީސް އޮފީހުގައި މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މަޖިލީހުން އެމަނިކުފާނު އެ މަގާމުން ވަކިކުރެއްވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އެމަނިކުފާނު އައްޔަން ކުރެއްވި އެވެ.
ޣަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީގެ އިތުރުން ދެން ކުރިމަތިލެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ފެމިލީ ކޯޓުގެ މިހާރުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަރީމާޖަރީމާ
06 August 2025
ބުނާނެ ވާހަކައެއްނެތް މިނޫން ދުވަހެއް އޮތްކަން ދެނެގެން ހުކުން ކުރާތީ. ޢެދުވަހުން އެއީ ސިޔާސީގޮތުން ކުރިކަމެކޭ ބުނެގެން ސަލާމަތެއް ނުވާނެ.
އަލީ ހަމީދު
06 August 2025
25 އަހަރުގެ ތަޖުރިބާއާއި އެކު ޖުޑީޝަރީއަށް އެންމެ ބެސްޓް ޗޮއިސް
ޙުޝާންޓެ
06 August 2025
އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރެއްވުމުން މަރުހަބާ. ޑިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ވަރުގަދަ ކުރިއެރުމެއް.
އާދިމް މުހައްމަދު
06 August 2025
ރައީސް މުއިއްޒް ނޫނީ ނެތް ކޯޓްތަކަށް އަތް ނުބާނާ ފަޑިޔާރުގެއަށް އަތް ނުބާނާ ވެރިޔެއް ހަމަ ގައިމިވެސް. މިކަން ބަދަލެއް ނުކުރެވޭނެ އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް
ޒިހުނަތް މުހައްމަދު
06 August 2025
މީ ގަދަ މީހެއް. ކުރިންވެސް ހުކުމެއް ނުވިއްކާ. ދެންވެސް ނުވިއްކާނެ. ޔަގީނުންވެސް އިންސާފަށް ހުރިހާ ހުކުމެއް ހުންނާނީ. މީ ދިވެހިންނަށް ލިބުނު ރަނގަޅު ފަޑިޔާރެއް.
މުހައްމަދު ހަމީދު
06 August 2025
މަރުހަބާ. ގާބިލް ކަމާމެދު އެއްވެސް ޝައްކެއްނެތް. ޔަގީން ނަތީޖާ ނެރޭނެ ކަން.
އަސްރަފް ގަނީ
06 August 2025
މިފަދަ ހެޔޮލަފާ ގާބިލު ބޭފުޅެއް އުއްއަތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަކީ ޝަރުޢީ ނިޒާމް ރަނގަޅު ކުރުމަށް ރަޢިސް ބޭނުންވެ ލައްވާ މިނަވަރު ހާމަވާ ކަމެކެވެ
ދިލްސާދު
06 August 2025
ގާޒީކަމަށް ސަރުތު ހަމަވެ އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ފެނިފައިވާ ނުވާ މިނިވަން ބޭފުޅެއްވީމަ، އެނގެނީ ހުކުމް ކުރައްވާނީ އިންސާފުން ކަން
އަލީ ހުސައިން މުހައްމަދު
06 August 2025
ގާނޫނީ ވަކީލެއްގެ ހައިސިޔަތުން އަދި މިބޭފުޅާއިއެކު މަސައްކަތް ކޮށްފައިވާ މީހެއްގެ ހައިސިޔަތުން ދަންނަވަންޏާ ދެންނެވޭނީ މިވަރުގެ ގާބިލު އިހުލާސްތެރި ބޭފުޅެއް މިވަގުތު ނެތްކަމަށް، މީ ސިޔާސީ ގޮތުން ކުރާ ކޮމެންޓެއްނޫން
ބަހާ
06 August 2025
ދިވެހިން މިހާރު ހެޕީވާނެ 3 ބާރުގެ ވެރިޔާ އަކީ އަދުގެ ރައީސް. ދިވެހިންކާންއުޅުނު ރާކަނިމަސް ކާންދީފަ ނިންމާނީ މިފަހަރު.
ނިހާލް ހަލިމް
06 August 2025
ރައީސް މުއިއްޒް ނޫނީ ނެތް ކޯޓްތަކަށް ނުފޫޒް ނުފޯރުވާ ވެރިޔެއް. ފޯރުވި ނުފޫޒެއް ނުކަން ދައްކަބަލަ.