މަގުތައް ތަރައްގީ ކުރަން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
07 އޯގަސްޓް 2025 - 20:49
ޒަމާނީ ފެންވަރަށް 11 ރަށެއްގެ މަގުތައް ހެދުމުގެ މަޝްރޫއު ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި، 11 ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް މިދިޔަ ހަފުތާގައި އައްޔަން ކުރެއްވި އިބްރާހީމް ނަޒީމެވެ.
މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރަށް ހަމަޖެހިފައިވާ ރަށްތައް:
- ތ. ގުރައިދޫގެ މައި މަގުތައް (74 މިލިއަން ރުފިޔާ)
- ތ. ކިނބިދޫގެ މައި މަގުތައް (79 މިލިއަން ރުފިޔާ)
- މ. މުލީގެ މައި މަގުތައް (85 މިލިއަން ރުފިޔާ)
- ހއ. ތުރާކުނުގެ މައި މަގުތައް (65 މިލިއަން ރުފިޔާ)
- ހދ. ނޮޅިވަރަންފަރުގެ މައި މަގުތައް (101 މިލިއަން ރުފިޔާ)
- ތ. ހިރިލަންދޫގެ މައި މަގުތައް (70 މިލިއަން ރުފިޔާ)
- ބ. ތުޅާދޫގެ މައި މަގުތައް (70 މިލިއަން ރުފިުާ)
- ށ. މަރޮށި މައި މަގުތައް (60 މިލިއަން ރުފިޔާ)
- ހދ. ފިނޭގެ މައި މަގުތައް (65 މިލިއަން ރުފިޔާ)
- ނ. މާފަރުގެ މައި މަގުތައް (116 މިލިއަން ރުފިޔާ)
- ބ. ކުޑަރިކިލުގެ މައި މަގުތައް (53 މިލިއަން ރުފިޔާ)
އާރްޑީސީއާ މި ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމާފައި ވަނީ އެ ރަށަކުން އެދިފައިވާ ގޮތަށް ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގުތައް ހަދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަބުޅި
09 August 2025
ގަދަ އިނގޭ. ދެން އަހަރަކު އެއްފަހަރު ތި މަގުތައްވެސް މަރާމާތު ކުރުން ދޯ އޮންނާނީ. މިއުޅެނީ މާލޭގެ މަގުތަށް ރަގަޅު ނުކުރެވިގެން. ފޮނި ކަނޑާތި.
ކުރުސީނު
09 August 2025
ތި ކުންފުންޏާ، މިސަރުކާރު އައިފަހުން ހަވާލުކުރެވުނީ ކިތައް ޕްރޮޖެކްޓް؟ މަސައްކަތް ހިނގަނީ ކިތައް ޕްރޮޖެކްޓްގެ؟ ޕްރޮގްރެސް ކިހާވަރެއް؟
މުއްސަލާ
09 August 2025
މިއީ ނިއުސް ހެޑްލައިން ހަދަން ހަވާލުކުރާ ޕްރޮޖެކްޓް، ކޮންމެހެން މަސައްކަތެއް ފަށާކަށް އަދި ނިންމާކަށްވެސް ނުޖެހޭނެ، މިހާރުގެ އެމްޑީ އައްޔަންކޮށް އޭނަގެ ޚަބަރެއް ނޫހުގައި ނުޖެހި އޮތީމަ ކޮންމެވެސް ޚަބަރެއް ޖަހާލަން ވެގެން ކުރި ކަމަކާ ވައްތަރީ، ދައުރު ނިމޭއިރުވެސް ހިއެއްނުވޭ މަސައްކަތް ފެއްޓޭވަރު ވާނެހެން،
މީމާ
09 August 2025
ސުވާލަކީ އެއްފަސް ކުރުންތޯ ރަނގަޅީ ސިޓީތައް ތަރައްގީ ކުރުންތޯ
ސޮބީހާ
08 August 2025
ކުދިއާބާދީ ތަކުގަ މީހުން އުޅެންޏާ ޖެހޭނީ އަސާސީ ޚިދުމަތްތަށް ދޭން އެއީވެސް ދިވެހި ރައްޔިތުން، ކުދި އާބާދީ ތަކުގައި މީހުން ނޫޅެވާންއޮތްގޮތް ހަދައިދުނުމަކީ ސިޔާސަތު ކަނޑައަޅަންތިބޭ މީހުންގެ ޒިއްމާއެއް، އެކަން އެމަގުން ނުކޮށް 100 އޭ 200 އޭ ކިޔާނެކަމެއް ނެތް،
ބިޔޯ
08 August 2025
ހެޔޮނުވާނެ ތިވަރަށް ރައްޔަތުންނަށް އޮޅުވާނުލާ. ތިމަސައްކަތް ކުރުމުގެ ކެޕަސިޓީއެއް އާރުޑީސީގައި ނުހުންނާނެ. ތީ އަނެއްކާ ލޯކަލް އިންތިޚާބާ ދިމާކޮށް އެޅުވި އަނދުނެއް.
ޢަލީ ބަލީ
08 August 2025
ފިނޭ، ކުޑަރިކިލު، މަރޮށި މަގުތައް ހެދުމުގެ ކުރިން މާލެ އަތޮޅު އަތޮޅު ވެރިކަން ކުރާ ރަށް ތުލުސްދޫގެ މަގުތައް ހަދައިދީބަލަ މިހާރުވެސް މަގު މައްޗަށް ނިކުތީމަ އެރެން ޖެހެނީ ޗަކަގަޑަށް
މާލެ އަތޮޅޭނުކިޔާ
08 August 2025
މާލެ އަތޮޅު ކިޔުމަކީ ކުށް ގޮތެކޯ. ކާފު އަތޮޅުކިޔާ އޭރުން މަގު ހެދިދާނެ. އެކަމަކު ކާފު އަތޮޅުގެ ރަށްތަކަކީ އެއްވެސް ސަރުކާރުކަށް ނުފެންނަ އަތޮޅެއް . ހއ ހސާބު މީހުން ހީކުރަަނީ ކ އަތޮޅު ވަރަށް ތަރައްގީއޭ މާލެ ކައިރިވީމަ. ކަންކަން ހުރިގޮތް ކިޔާލީމާ އެމީހުންތިބެނީ ހައިރާންވެ ބަސްހުއްޓިފަ.
އާދަމްމް
08 August 2025
ށ. މަރޮށި މި ލިސްޓަށް ލައިފައި މިއޮތީ ކީއްވެބާ؟ މިހާރު ރަށުގައި ދިރިއުޅޭ މީހުން މަދުކަމުން މީހުން ބަދަލު ކުރިޔަސް ސަރުކާރަށް އަދި އެރަށުގައި ދިރިއުޅޭ މީހުންނަށް މާ ރަނގަޅު މުސްތަޤުބަލެއް ލިބޭނެ… 60 މިލިއަށް ޚަރަދުކޮށްގެން ފަޅުވާން ކައިރިވެފައިވާ ރަށަކަށް އެހާ ބޮޑު ޚަރަދެއްކޮށް ފައިދަށަށް ދުއްވާލުމުގެ ބަދަލުގައި އެއީ މީހުން ބަދަލަކުރަންވެސް ބޭނުން ކުރެވިދާނެހާ ފައިސާ…
ޢެޑްމުންޑޯ
08 August 2025
ރޭގަނޑު ނިދަން އޮންނަ އިރުވެސް ބައެއްފަހަރު ހިނިއާދޭ މިހިރަ މިހިރަ ކަންތައްތައް ހިތައް އެރީމާ ، މިރާއޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ނަރުދަމާއި ފެނާއި ކަރަންޓާއި ކައުންސިލް އިމާރާތްތަކާއި، ޕޮލިސް އިމާރާރާތްތަކާއި ހޮސްޕިޓަލްތަކާއި ކުޅިވަރު ދަނޑުތަކާއި ސްޓޭޑިޔަމްތައް ހަދަން ރޯޑްކޯރޕަރޭޝަނާއި ހަވާލުކުރާ މީހުންގެ .. ގޮތެއްފޮތެއްނެތްކަން އިހުސާސްވާތީ ، ރޯޑްކޯރޕަރޭޝަން އަކީ ކިހާވަރެއްގެ ގާބިލްކަން ހުރި ތަނެއްކަން އަހަރަމެންނަކަށް ނޯޅޭ ،
ވަސީމް ގާދިރު
08 August 2025
މިކަން ކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުނަށް ނޭނގޭ މި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކަމެއް
ދޮން ހަސަނު
08 August 2025
730 ދުވަހަކީ ދެ އަހަރާއި ބައި. ވެރިކަމަށްވެސް ދެން އަނެއްހެން ބާކީއޮތީ އިހާކަންހާވަރު. ލޮސް އުދޯޔަށްލައިގެން ރައްޔިތުން އަބަދު ނުގެންގުޅެވޭނެ.