އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުނީގެ ތެރޭ ހިމެނޭ ބީއެމްއެލްއަށް އެވޯޑް ހަވާލުކުރަނީ: ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް ވަނީ އެވޯޑް ދީފައި --- ފޮޓޯ/މީރާ
10 އޯގަސްޓް 2025 - 16:00
މިދިޔަ 15 އަހަރުގެ ތެރޭގައި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް މީރާއިން ހާއްސަ އެވޯޑެއް ދީފި އެވެ.
"ރަން ފަނަރަ"ގެ ނަމުގައި އެ އެވޯޑް ހަވާލު ކޮށްދެއްވީ މީރާގެ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުނި
- ބޭންކް އޮފް މޯލްޑިވްސް
- ދިރާގު
- އައި އެންޑް ޓީ މެނޭޖްމަންޓް
- އިތާފުށި އިންވެސްޓްމެންޓް
- ކާސާ ހޯލްޑިންގްސް
- ކުރެއްދޫ ހޯލްޑިންގްސް
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
- އުރީދޫ މޯލްޑިވްސް
- ގަތަރު އެއާވޭސް
- ރީތި ރަށް ރިސޯޓް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ
- އެސްޓީއޯ
- ޓީއެމްއޭ
- ޔުނިވާސަލް އެންޓަޕްރައިސަސް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން
އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުނީގެ ތެރޭ ހިމެނޭ ވިލާއަށް ހާއްސަ އެވޯޑް ދެނީ
މީރާއިން ބުނި ގޮތުގައި އެ 15 ކުންފުންޏަކީ 2011 ވަނަ އަހަރުން ފެށިގެން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތައް ކަމަށެވެ. ނަމަވެސް، އެ ކުންފުނިތަކުން ޓެކްސްގެ ގޮތުގައި ދެއްކި ފައިސާގެ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުސަން
15 August 2025
ލިސްޓް ތަރުތީބުކޮށްފައިވަނީ އަލްފަބެޓިކް އޯޑަރއިން.
މަރުހަބާ
11 August 2025
މީރާގެ އަހަރީ ދުވަހަކީ ކޮންދުވަހެއްބާ؟ ލިޔެކިޔުމުން ފެންނަންއޮތް ގޮތުގައި މީރާ އުފެދުނީ ރައީސުލްޖުމްހޫރިއްޔާ މީރާގެ އިދާރީ ގާނޫނު ތަސްދީޤު ކުރައްވައި ގެޒެޓުކުރެއްވި ދުވަސް. އެދުވަހަކީ 18 މާރިޗު 2010. ގާނޫނުން މިހާސަރީހަކޮށް ކަނޑައަޅާފައި އޮތްދުވަހެއް ބަދަލުކުރި ބަޔަކާއި އެސަބަބު ލިޔެކިޔުމުން ފެންނަންޖެހޭ. މިއީ ފަހުގެ ޖީލުތަކައް، ތާރީޚަށްޓަކައިވެސް އެނގެންޖެހޭ މައުލޫމާތު. ކަމާއިބެހޭ އިދާރާތަކުން މިކަން ސާފުކޮށްދިނުމަށް ގޮވާލަން.
އޮނަރަބްލް އަފީފު ދީދީ
11 August 2025
އެވޯޑް ދިނުމުގައި ގެންގުޅުއްވާ "އެންމެ ގިނަ" ކަޑައަޅަނީ ކިހިނެއް؟ އެންމެގިނައިން ޓެކްސް ދެއްކިކަމަށް ލިސްޓްކުރެވިފައިވާ 15 ކުންފުންޏަށް ބަލާއިރު ރާއްޖޭގައި އެންމެމަތީ ފެންވަރުގެ ލަޤްާރީ އެތައްރިސޯޓް ހިންގާ ތިމާމެން މިތިބީ ބޭރުން އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން އިންވެސްޓް ކޮށްގެންކަމަށް ބުނާ މަލްޓި ބިލިޔަން ޑޮލަރުގެ ކުންފުނިތަކަށް ވުރެން ބޮޑު އަދަދެއް އެސްޓީއޯ ފަދަ އަސާސީމުދާ ވިއްކާ ކުންފުންޏަކުން ދެއްކުމަކީ ޙައިރާންވާން ޖެހޭ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
11 August 2025
ލިސްޓްގެ ގަދަ 15 އަށް ބަލާއިރު ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިތައް ނަގާލާފައި ބާކީހުރި ކުންފުނިތައް ތަރުތީބު ކޮށްފައިވަނީ ފައިސާދެއްކި ގިނަމިނަށް ބަލައިގެން ނަމަ ކާސާ ހޯލްޑިންގްސް، ކުރެއްދޫ ހޯލްޑިންގްސް، ރީތި ރަށް ރިސޯޓް، ޓީއެމްއޭ، ޔުނިވާސަލް އެންޓަޕްރައިސަސް، ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ގެ މައްޗަށް ގިނައިން ޓެކްސް ދައްކައިގެން އައި އެންޑް ޓީ މެނޭޖްމަންޓް އާއި އިތާފުށި އިންވެސްޓްމެންޓް ކުރިހޯދި ގޮތެއްވެސް ދެނެގަތުމަކީ މުހިންމު ކަމެއް.
އޮނަރަބްލް އަފީފު ދީދީ
11 August 2025
އެހެން ކަމުން "ބަޔަކު ރުއްސުމަށްޓަކާ، ނުވަތަ ދައުލަތަށް ދައްކާންޖެހޭ ޓެކްސް ނުދައްކާ ބަޔަކު މަކަރު ހެދިކަމަށް ވިޔަސް އެކަމުގެ ޙަޤީގަތް ފޮރުވުމަށްޓަކާ" ތިފަދަ އެވޯޑް ތައް ދިނުމުގެ ބަދަލުގައި ދައުލަތުގެ ޓެކްސް އިދާރާ އިން އިސްކަންދޭންވީ ޓެކްސް ޤާނޫނާއި އެއްގޮތަށް ދައްކާން ޖެހޭ ޓެކްސް ދައްކާތޯ ބަލާ ޓެކްހަށް މަކަރު ހަދާ އޮޅުވާލާ ކުންފުނިތައް ދެނެގަނެ ދައުލަތަށް ލިބެންޖެހޭ ޓެކްސް ހޯދުމަށް މަސައްކަތް ކުރާ މީރާގެ މުވައްޒިފުންނަށް އެވޯޑް ދިނުމަށް ނޫންތޯ.
ތެފައާސާ.
11 August 2025
އެންމެ ގިނައިން މުދާ ކްލިއާރ ކުރާތީ ކަސްޓަމްސްއަށް އެވޯޑު ދީފައި، އެންމެ ގިނައިން ކަރަންޓު ދޭތީ ސްޓެލްކޯއަށް އެވޯޑު ދީފައި، އެންމެ ގިނައިން ފޮލިސް ޔުނިފޯމު އަޅާތީ ފުލުހުންނަށް އެވޯޑު ދީފައި، އެންމެ ގިނައިން ފައިސާ ބަލައިގަންނާތީ މީރާއަށް އެވޯޑު ދީފައި، އެންމެ ގިނައިން ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރީތީ މި ސަރުކާރަށްވެސް އެވޯޑު ދޭންވާނެ!!!
ޒަކާތް
11 August 2025
މާރަނގަޅުވީސްކަން ނޭނގެ ޤަވާޢިދުން މުދަލު ޒަކާތްދައްކާ ކުންފުނިތައް ފާހަގަކޮށް އެފަރާތްތަކަށް އެވޯޑް ދިނުނަ.
ސޭކު
10 August 2025
ޗަންޕާ އާއި ޔުނިވާސަލް ހާދަ ތިރީ
ޓެކުސް
10 August 2025
ޗަންޕާ، ގާސިމްގެ ވިލާ، އަދި ޔުނުވާސަލް މިއޮތީ ބޯކޮތް ޓެކުސް ދައްކާފަ.. ކޮބާ ސަން ސިޔަމު؟؟
މީރާ
11 August 2025
އެސޮރު ޓެކްސް ދައްކާ ވަރަކަށް ނުލިބޭ ލާރިއެއް، އެހެންވެ ލިސްޓަށް ނާރަނީ
އެއްކަލަ މީހާ ދޯ
10 August 2025
މިފަދަ ހިސާބެއް ހަދާއިރު ހިސާބު ހަދަންވާނީ ވިޔާފާރީގެ ނިސްބަތުން. އެބައެއްގެ ކެޕިޓަލްއަށް ބެލުމަށްފަހު.