ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލްގެ ހިދުމަތް ފެށުމަށް އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފާއި އެހެން ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.
11 އޯގަސްޓް 2025 - 19:12
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގެ ހިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބ. އަތޮޅަށް ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން އެ މަނިކުފާނެވެ.
ޒޯން 2 ގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅު އަދި ޅ. އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ. ބ. އަތޮޅުގައި މިއަދު ހިދުމަތް ފެށުމުން ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.
ބ. އަތޮޅުގެ ފެރީގެ ނިޒާމު ޓެސްޓު ކުރުމަށް ފެރީ ދަތުރު ފެށިއިރު ފުރަތަމަ ދަތުރުތައް ކުރަން ފުރުސަތު ދިނީ ހިލެ އެވެ. ނަމަވެސް ދެން ދަތުރުތައް ކުރެވޭނީ ޓިކެޓް ނަގައިގެންނެވެ.
އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގޭނެ އެވެ.
ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުކުން ކުމާރު
12 August 2025
ޝުކުރިއްޔާ ރ.ސޯލިހް
ނޫހް އިބްރާހިމް
12 August 2025
ޝުކުރިއްޔާ ރައީސް. ތިކޮށްދެއްވީ ވަރަށް ބޮޑު ލުޔެއް.
ޟމމމމކ
11 August 2025
ޝުކުރިއްޔާ ކުރީ ސަރުކާރު.