ކައްދޫ އެއާޕޯޓު ކައިރިން މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެހީތެރިވަނީ.
15 އޯގަސްޓް 2025 - 22:56
ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.
މިރޭ 7:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ޒިބްރް ކްރޮސް އިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
އެ ހާދިސާގައި ފަރުދާދެމުން އައީ ގަވާއިދުން މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ އަށެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށް މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި ބާކީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
17 August 2025
ސައިކަކުން ޖެއްސި މީހާ އަކަށް އެއްވެސް ކަމެއް ނުވާނެ. ހުންނާނެ ދޫކޮށްކާފަ. ވަރަށް ކަޑަ ސަރުކާރުތަށް ރާއްޖޭގައި އުފެދޭތަން ފެންނަނީ....................
ސޮބީހާ
16 August 2025
ގާނޫނާ ގަވައިދުތައް ހަދަންޖެހޭނީ ދިވެހިންނަކީ ކޮންބައެއްކަން އެނގިތިބެ، ސްކޮޓްލޭންޑްގަ އޮންނަ ގާނޫނު ތަރުޖަމާކޮށްލާފަ ފާސްކުރާތީ ވާގޮތްތި ފެންނަނީ، ކޮންމެ ކަފިހުރަސް އެއް ދެފަރާތުން 01 ފޫޓު އުސް ސްޕީޑްބްރޭކަރ އެއް ބަހައްޓަބަލަ، ގަވައިދާ ހިލާފްވާ މީހުން ޖޫރިމަނާ ނުދައްކަންޏާ އާސަންދަ ކަނޑާލާ، ކައުންސިލް އިދާރާތަކުންވެސް ފިޔަވަޅު އަޅާބަލަ،
މާހިރު
16 August 2025
އިންނާލިﷲ ވައިންނާއިލައިހި ރާޖިޢޫން. ކޮންޓްރޯލް ނުކުރެވޭވަރަށް ބާރަށް ސައިކަލް ދުއްވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. ކައްދޫ ޓާމިނަލުން ނުކުމެގެން ބަނދަރަށް ދާމީހުން ޓާމިނަލަށް ދާން ހުރަސްކުރަންޖެހެނީ ބާރުބާރަށް ދެކޮޅަށް ވެހިކަލްތައް ދުއްވާ ހައްދުންމަތީ ލިންކް ރޯޑް ހުރަސްކޮށްފައެވެ. އެހެންކަމުން މިފަދަ މަގެއްގައި ހުންނަ ކަފިހި ހުރަހަކުން މީހުން ހުރަސްކުރަންވާނީ ވަރަށްބޮޑަށް ދުއްވާއެއްޗިއްސަށް ބަލާފައެވެ.
ކަފި ހުރަސް
16 August 2025
ޒިބްރާމަތިން ހުރަސްކުރިއަސް މި ޖެހެނީ ދެކޮޅު ބަލާ އެއްޗެއް އާދޭތޯ ބަލާ މަ އެބަ ހުރަސްކުރަމޭ ކިޔާ ބެލްވެސް އަޅަމުން ދާން. އެކަމު ދުއްވާ މީހުންގެ ނޯވޭ ޒިއްމާއެއް. މަގަށް އެރުނީމާ ހޭކެނޑިގެން ދުވައްވަނީ. ތި ސައިކަލު ދުއްވި މީހާއަށް އެންމެ ވަރުގަދަ އަދަބެއް ދޭން ޖެހޭނެ. މީހެއްގެ ފުރާނަ ދުއްވާލިކަމަށް.
އަސްލުގ
16 August 2025
އެތާހުރި ލައިޓްވެސް ނުދިއްލާދޯ.. 60 ސްޕީޑް ލިމިޓްޖަހާފަ...
ޟިރާއްޖު
16 August 2025
ނިޔާވި ފަރާތަށް ހެޔޮ ރަޙުމަތްލައްވާ، އަނިޔާވި މީހުންނަށް އަވަސް ޝިފާ ދެއްވާށި! ސައިކަލް ދުއްވިމީހާ އަތުން މިވީ ކިތައް އެކްސިޑެންޓްކަމެއްނޭގެ. މީގެ ކުރިންވެސް 2 އެކްސިޑެންޓްވެފައިވަނީ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވޭ މިވީ 3ވަނަ ފަހަރު ދެންވެސް ފިޔަވަޅެއް ނޭޅޭނެ. ފޮނަދޫގައި ވަރަށް އާންމުކަމެއް 18 އަހަރު ނުފުރޭ ކުދިން ސައިކަލް ތަކުގައި ބާރު ސްޕީޑްގައި ދުއްވުމަކީ.
މހއމ
16 August 2025
ނޮޓް އޮންލީ އިން ފޮނަދޫ ސޭޑްލީ.
ބަބްސް
16 August 2025
ކޮންމެ މަގުހުރަހަކަށް މަގުހުރަސް ލައިޓެއް ޖަހަން މުހިންމު. ކިތަންމެ ތޮއްޖެހުނަސް މަޖީދީމަގުގައިވެސް މަގުހުރަސް ލައިޓު މުހިންމު. ހުޅުމާލޭގައި މަދުތަނެއްގައި މިލައިޓް އެބަހުރި.
raajje
16 August 2025
ބަބްސް: ލައިޓުހުއްޓަސް ގިނަދިވެހިން ހުރަސްކުރުމުގާ ތަނެއްދޮރެއްނުބަލާނެ، އަދި ދުއްވާއެއްޗެހިވެސް އެޔަށްމަޑެއްނުކުރާނެ، އެތަނުގައި ޓުރެފިކުޕޮލިހެއްވެސް ހުރެގެންވާނީ
އަހުމިއްޓެ
16 August 2025
ހުޅުމާލޭގަހުރި ލައިޓް ޖަހާފަހުރީ އަމާބުނީތީ ފަރަށްދާ އުސޫލުން. ލައިޓްކައިރީ އިންނައިރު ބޮކި ނުފެނޭ. ހޮޅިދަނޑި ޖަހާފަހުރީ ރަނގަޅު ތަނެއްގައެއް ނޫން.
ސްޕީޑޭ
16 August 2025
ސްޕީޑްލޮކް ކުރާސޭ. މިކަންތަހަލުވާނީ މިނިސްތަރެގެ އާެިލާމީހަކު ބުރައިގެންދިއައިމާ
ދުވާ ދައްތަ
16 August 2025
ދައްތަ މާބާރަށް ދުވެފަ ހުރަސްކުރީ؟ ދައްތަ ކުއްވެރިވާނީ...
ކޮތަރު
16 August 2025
ނިޔާވި ފަރާތަށް ހެޔޮ ރަޙުމަތްލައްވާ، އަނިޔާވި މީހުންނަށް އަވަސް ޝިފާ ދެއްވާށި! ދެތިން ހަތަރުދުވަސް ކުރިން ހުޅުމާލޭގައި ސައިކަލުގައި ދިޔަ ދެމަފިރިޔަކު ގައިގާ ބުރާންތިވެގެން އައި ކާރެއް ޖެއްސި ޖެއްސީނުން ދެމަފިރިން ވެސް އެތިބީ ބޮޑެތި އަނިޔާތަކަށް ފަރުވާކުރަން ޓްރީޓޮޕްގައި އެޑްމިޓްކޮށްފަައި! އެކަކުގެ އަތުގެ ދެތަނުން އެއޮތީ ބޮޑެތި އޮޕަރޭޝަން ކޮށްފައި! ކާރުދުއްވި ކަލޭގެެ ބުނިކަމަށްވަނީ ހާދަ ދެރައޭ! ޕޮލިހުން ބުނިކަމަށް ވަނީ ޤާނޫނެއް ނެތުމުން ފިޔަވަޅެއް ނޭޅޭނޭ!
raajje
16 August 2025
ކޮތަރު: ކޮންމެކަމަކަށް ގަނޫނެއްއޮންނާކަށްނުވެސްޖެހޭ ނަމަވެސް މިރާއްޖޭގެފުލުހުން ޒިންމާއަދާނުކޮށް ކަމުންރެކިގަތުމަށް އެންމެއާންމުކޮށް ބުނެއުއެނީ ގާނޫނެއްނެތީމާ މައްސަލަނުބެލެނޭ ފިޔަވަޅެއްނޭޅޭނޭ، ގާނޫނުއަސާސީއަށް ފުލުހުންއަހުލުވެރިނޫނީ، ފޮތުގައިއޮންނަ ދެލިގަނޑުއެނގުނަސް އެޕުލައިކުރަންނޭންގޭ، ފުލުހުންގެތެރޭގައި މައްސަލަތައް ތަހުގީގުކުރަންތިބޭ އައިއޯއިންނޭ މިކިޔާމީހުނަށް ގާނޫނީދާއިރާއިން ކިޔަވައިގެންތިބޭމީހުންލާނަމަ މިހާރަށްވުރެން ރަނގަޅުވީސް
މާކަނާ
16 August 2025
އިހަށްރޭ ވެސް އަންހެނަކާ ކުޑަ ދެކުއްޖަކު ވާރެއާ ގަދަވައިގައި ފަރުވާތެރިކާއެކު ކަފިހި ހުރަސް މަތިން ހުރަސްކުރަނިކޮށް ޓެކްސީއެއް މަޑު ސްޕީޓްގައި، މަގު ހުރަސްކުރި މީހުންނަށް ތަންނުދައްކާ ކަފިހުރަސް މަތިން ދިޔަ! މަގޭހިތަށް އެރި އެ ޓެކްސީދުއްވަން އިން މީހާގެ އޮތީ ހިތެއްބާއޭ! މީ ހުޅުމާލޭގައި ހިނގިކަމެއް! މީގެ އިތުރުން މިހާރު ޕިއްޒާބަހަން ސައިކުގައި އުޅޭ ބޭރުމީހުން ވެސް، މިއުޅޭ ޕާޓޭންނަށް ވުރެ އެއްދަރަޖަ ކުރީގައި އުޅޭހެން ހީވަނީ! އެހާ ނުރައްކާކޮށް، މަގުހުރަސްކުރާ މީހަކަށް ވެސް ބަލާނުލާދުއްވާނީ!