ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ގައުމީ ސަލާމަށް ސަމާލުވެގެން.---ފޮޓޯ: ރައީސް އޮފީސް
16 އޯގަސްޓް 2025 - 01:14
ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި އަސްކަރީ މަނަވަރު "ދަރުމަވަންތަ" ބޭނުންކުރަން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ދުވަހު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލުގެ ހިމާޔަތުގައި ދަންމަވައިލެއްވި ފަލަ، ރަތް ރޮނގު ސީދާ އެ މަނިކުފާނު ވަރަށް ބާރަށް ފަވާލަ ދެއްވުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 17، 2023 ގައި ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އަވަށްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށް ވެސް އިހުތިރާމް ކުރައްވާނެ ކަމަށާއި އެކަމަކު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދައްމަވާނެ ކަަމަށެވެ.
"އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަން ވާނެ ވެސް ރޮނގެއް. އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމު ކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ވެގެނެއް ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
"އެ އިހުތިރާމު ލިބެން ޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން."
ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރު ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީ ސަރުކާރުން ރަސްމީކޮށް ރާއްޖެއާ ހަވާލު ކުރުމަށް ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޣައްސާންގެ ވާހަކަ ގެންދެވީ ރައީސް މުއިއްޒު މީގެ ދޮޅު އަހަރު ކުރިން ވިދާޅުވި އެ ފަލަ، ރަތް ރޮނގާ ހިސާބަށެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވިގޮތުގައި، ރެއަކީ ހުރިހާ ގައުމުތަކާ ގުޅުން ބާއްވަމުން އެކަމަކު ދިވެހި ގައުމުގެ އެންމެ އިސް މަސްލަހަތު ކުރިއަށް ނެރުއްވައި، ރާއްޖެ އަށް ފައިދާވާނެ ގޮތަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި، ބަސްފުޅުގެ މާނަ ދޭހަވި ރޭ ކަމަށެވެ.
"17 ނޮވެމްބަރު 2023 ވަނަ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދަންމަވައިލެއްވި ފަލަ، ރަތް ރޮނގު އެ މަނިކުފާނު ވަރަށް ބާރަށް އިތުރަށް ފަވާލަ ދެއްވާ ރޭ،" ރާއްޖޭގެ ފުރަތަމަ އަސްކަރީ މަނަވަރު އިފުތިތާހުކުރި ރޭގެ ހާއްސަކަން ފާހަގަކުރައްވަމުން ޣައްސާން ވިދާޅުވި އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު -- ފޮޓޯ: ނިޝާން އަލީ| މިހާރު
މިނިސްޓަރު ވިދާޅުވިގޮތުގައި، ތުރުކީ އިން ހަދިޔާކުރީ ދިވެހި ތާރީހުގައި ވެސް ދިވެހި އަސްކައްރިޔާ އަށް ލިބުނު އެންމެ ބޮޑު އުޅަނދެވެ. އެ މަނަވަރު ދުރު ހިސާބުތަކަށް އަވަހަށް ދަތުރު ކުރެވޭއިރު އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އެހެނިހެން ވަސީލަތްތަކާ އެކު، ބަރު ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަން ދިފާއު ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް ހަސަން ޝިނާންއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު ރޭ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި މަސައްކަތް ފެށުނު ހިސާބުން މިރެއާ ހަމައަށް ވަރަށް ގާތުން ދުށުމުގެ ނަސީބު ލިބިފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަން އޮތީ މިރޭ ހަގީގަތަކަށް ވެގެން މިދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންނޭ،" ޣައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޒަމާނުއްސުރެ ދިވެހި ސިފައިންނަކީ ވަސީލަތްތައް ކިތަންމެ މަދު ނަމަވެސް ކެރިގެން ރާއްޖެ ދިފާއުކޮށް، ހިތްވަރާ އެކު މައިދާނަށް ނުކުމެ އުޅުނު ބައެއް ކަމަށެވެ. ޖެނުއަރީ 1، 1980 ގައި ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރު އުފެއްދި ދުވަހު ވެސް ފެނުނީ އެފަދަ މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެންއެސްއެސް 2، ޕޮލިސް 1، ޕޮލިސް 5، އެންއެސްއެސް 7 ގެ ޒަމާން އެ ބޭފުޅުންގެ ހަނދުމަފުޅުގައި ހުރި ބޭފުޅުން މި ޖަލްސާގައި ވެސް އެބަތިއްބެވި. ﷲ ގެ ރަހުމަތްފުޅުން މިއަދުގެ މަންޒަރު ވަރަށް ތަފާތު،" ޣައްސާން ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އަސްކަރީ އިތުރު ކަނޑުގެ އުޅަނދުތައް ރައީސް މުއިއްޒު ހޯއްދަވައި ދެއްވާ ތަން ދާދި އަވަހަށް ފެންނަން ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ތުރުކީގެ މަނަވަރާ އެކު، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު އެތައް ގުނައަކަށް އިތުރު ވާނެ ކަމަށެވެ.
ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރި މަނަވަރާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ހިލްމީ ހަވާލުވެވަޑައިގަންނަވާއިރު ރައީސް މުއިއްޒު އަތްޖައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މި މަނަވަރުގެ ހަތިޔާރަށާއި ފަޔާ ޕަވާ އަށް ބެލި ކަމުގައި ވިޔަސް މިއީ މިހާރު ކޯސްޓް ގާޑުގައި ބޭނުންކުރާ އުޅަނދުތަކާ އަޅާ ބަލާއިރު މުޅިން އެހެން ދަރަޖައެއްގެ ނޭވީ މަނަވަރެއް،" ހިލްމީ ވިދާޅުވި އެވެ.
ތުރުކީ ސަރުކާރުން ހަދިޔާކުރި މަނަވަރަށް 45 އަހަރު ވެފައިވީ ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތި ކޮށްފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.
ރާއްޖެއާ މަނަވަރު މި ހަވާލުކުރީ އެ އުޅަނދަށް ބޭނުންވާ ދިވެހި ސިފައިން ވެސް އެ ގައުމުގައި ތަމްރީނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
16 August 2025
ކުރީގައި ނުދަމައިދޯ ރަތްރޮނގުގެ ވާހަކަ ދެއްކީ. އެފަހަރު އިންޑިޔާއާ ރާއްޖެއާ ދެމެދު ދެމިރޮނގު އޮތީ ކަނޑުގައި އަޅައިލި ރޮނގަކަށްވެފައިދޯ؟ މިފަރުވެސް ފަލަކޮށް ތުރުކީއާދެމެދު.
ހުސައިން ޒަމީލް
16 August 2025
އަމިއްލަ އަށް އަމިއްލަ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް. މިއީ ގައުމަށް އައި އުފާވެރި ދުވަހެއް
ހަމްދާ
16 August 2025
ސަލާމަތީ ހަމަވާނީ ވާވަރު
ޔާސީން ހުސައިން
16 August 2025
އެމްޑީޕީއަށް ހަޖަމް ނުވާނެ
އަދުހަމް އަލީ
16 August 2025
ދަރުމަވަންތަ އަކީ ދިވެހި ތާރީހުގައި ވެސް ދިވެހި އަސްކައްރިޔާ އަށް ލިބުނު އެންމެ ބޮޑު އުޅަނދު. ދިފާއީ ބާރު ވަރުގަދަ ވާތީ އުފާ ކުރަން
ފާއިޒު.
16 August 2025
ގައުމު ބޭނުންވަނީ މިފަދަ ވެރިއެއް. ވަތަނީ ލީޑަރެއްް
އައްލާ ބެއްޔާ
16 August 2025
ތީ ބަޔަކު ބޭވެ މަރާމާތު ހަރަދު ބޮޑުވެގެން އެއްލާލި އުޅަދެއް. ޢިތުރު ފައިސާ އިސްރާފު ވުން ނޫންްކަމެއް ތިއަކުން ނުވާނެ. މިގައުމު ހިފަން ބަޔަކު އަންނަ ނަމަ ފޮނުވާނާ އެންމެ މިސައިލަކުން ތި މަނަވަރު އޮންނާނީ ކަނޑު އަޑީގައި. ދެވަނަ މިސައިލުން މާލެ އޮންނާނީ އެއްކޮށް ބިމާހަމަވެފަ. ގަދަބަސް ނުބުނެ ތިމާމެންގެ ސައިޒާއި ފެންވަރު ދަނެގެން ހަރަދު ކުރަން ވީ.
ކޮސް
16 August 2025
ރަތްރޮނގޭ ކިޔައިގެން ދެއްކުނު ވާހަކަ ދެއްކި ފަރާތަށްވެސް ރަނގަޅަށް ހިޔެއްނުވޭ ފަހުމުވާހެނެއް... ދެން "ގަޓު" ހުރެގެން ދެއްކި ވާހަކައަށް އިނާމު ދީފާނެ .އެކަމަކު " އަވަށްޓެރި ޤައުމުން " ވިސްނާނީ ވަރަށް ތާކުންތާކު ނުޖެހޭ , ފޮރިން ޑިޕޮލޮމަސީ ނުދަންނަ ބަޔަކުކަން އިސްސަފުގަ މުޅިންވެސް ތިބީ...އަދިވެސް ތިބީ އެއްކަލަ " އައުޓު" ގެ ވިސްނުމުގަކަން..
ޕްރައިވެޓު ހުއްޓޭ
16 August 2025
ފަލަ، ރަތް ރޮނގު ހުރަސް ކުރާ އިރު ވަޔަށް ފަޒާ އަށް ބަޑި ޖެހޭނެއުތަ؟
ޛޯޖު
16 August 2025
މަޖާ ތަންކޮޅަކީި މިމަނަވަރުން މެސައިލް ލޯންޗް ކުރެވެޔާ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އެހެނިހެން ވަސީލަތްތަކާ އެކު، ބަރު ހަތިޔާރު ބޭނުންކުރެވެޔޯ އެކަމަކު މީގެ މަޖާތަންކޮޅަކީ މިއައްބޭނުކުރާ މެސައިލްއެއް ނެތޭ ލިބިފަ ފިޔަ ކޮށާފައޮތް ބާޒަކާ މިޔާ އޮތީ ކޮންތަފާތެއް
ސަލީމު އިދުރީސް
16 August 2025
ދޮޅަކައް ސިފައިން ތިބިތާކު ބަރުހަތިއާރުގެ ބޭނުންކޮއްގެން މިވަނިވަންކަން ދިފާއު ކުރެވޭނެ ކަމައް ގަބޫލު ކުރުމަކީ ވަރައް ބޮޑު ކުއްހީއެއް! ކަނޑުގެ ސަރަހައްދައްވަންނަ ކުދި ބޯޑުޓުފަހާލަން ބޮޑެތި މަނަވަރުތައް ބޭނުން ކުރުމަކީ އިސްރާފެއް! ވައްކަން ކުރަނީވެސް ބޭރަކުން ނޫން ފުލުސް އޮފީހުގެ ތިޖޫރިންވެސް ފައިސާ ގެއްލެނީ ވީރު ސިފައިން ފޯރިމަރަންޥީ އެތަންތާ
އަފްރާސިޔާބު
16 August 2025
ރާއްޖޭގެ މިނިވަންކަން އޮތީ ބަރު ހަތިޔާރު ފަޅުތެރޭގައި އެޅިވަރަކަށް. އޭގެ މުގާބިލުގައި ތިމާއަށް ލިބޭބައިވަރުތަކެއް އޮތުމަކީ އެންމެ ގާތްކުރާ ކަންތައް.