ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރުގައި ހަރަކާތްތެރިވާ ދިވެހި ސިފައިންނަށް އެ ގައުމުގައި ތަމްރީނު ދެނީ
12 އެޕްރީލް 2025 - 22:38
ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ތުރުކީން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، އެ އުޅަނދު ރާއްޖެ އަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ވަނީ ގަނެފަ އެވެ.
ތުރުކީވިލާތުގެ ދިފާއީ މިނިސްޓްރީގެ އޮފިޝަލުން އަނަދޯލު އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމުގެ މަގުސަދަކީ ވަސީލަތްތަކާއި ތަމްރީނުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރު ކުރުމެވެ.
ރާއްޖެއަށް އެ މަނަވަރު ހަދިޔާކުރުމުގެ ކުރިން އިސްތަންބޫލް ނޭވަލް ޝިޕްޔާޑެއްގައި އެ މަނަވަރުގެ މަރާމާތުތައް ކުރާނެ ކަމަށް އޮފިޝަލުން ބުނެފައި ވެ އެވެ. އެ އުޅަނދު ތުރުކީން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ބުންޏެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މަނަވަރު ތުރުކީން ރާއްޖެއަށް ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ. އަދި އެ މަނަވަރު އޮޕަރޭޓްކުރާނެ ދިވެހި ސިފައިންނަށް ވެސް ތަމްރީން ދޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރުގައި ހަރަކާތްތެރިވާ ދިވެހި ސިފައިންނަށް އެ ގައުމުގައި ތަމްރީނު ދެނީ
އެ އުޅަނދުގައި ހަރަކާތްތެރިވާނެ ދިވެހި ސިފައިންނަށް ދޭ ތަމްރީނު މި މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ ކަމަށާއި އެ ތަމްރީނުތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެ އުޅަނދު ރާއްޖެ އަށް ގެނައުމަށް ފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ވެސް ތުރުކީގެ ދިފާއީ އޮފިޝަލުން ބުންޏެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މިރޭ ބުނީ، ތުރުކީ އިން ހަދިޔާކުރާ އަސްކަރީ މަނަވަރު ގެނައުމަކީ ރާއްޖޭގެ ކަނޑުގެ ސަލާމަަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ގައިގައި ހަރުލެއްވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި އަށް ވާސިލް ވުމުގެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީގެ ކަނޑުގެ ސިފައިން ހިދުމަތަށް ނެރުނީ 1981 ވަނަ އަހަރު އެވެ. އަދި 2024 ގައި މި އުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފަ އެވެ.
ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
14 April 2025
އުމުރުން 40 އަހަރުވެފައިވާ ބާ އޮޑިއެއް! ބާދަގަނޑަށް އެހެލަންވެސް ވަރަށްބޮޑު ޚަރަދެއް ދާނެ!
ކޮރަލް
13 April 2025
ސިފައިންގެ ތާރީހް ގަވެސް މިފަދަ ވަރުގަދަ ބޮޑު މަނަވަރެއް ބަޔަކު އަދި ހަދިޔާ ނުކުރެ އެވެ. މިއީ ތާރީހީ ކަމެކެވެ. ތުރުކީ އަކީ ހަތިޔާރުގެ ގޮތުން ކުރި އަރާފަ ވާ ގައުމެކެވެ. ރާއްޖެ އަކީ 1 ޕަސެންޓް ބިން އަދި 99 ޕަސެންޓް ކަނޑު އޮތް ގައުމެކެވެ. ރަޢްޖެ އަށް ޑްރޯން އާ މަނަވަރު ވ މުހިއްމު ވާނެ އެވެ. މީސްމީޑިޔާ ގަ ދައްކާ ވާހަކަ އަޑު އަހާފަ ފާޑު ނުކިޔާ މަނަވަރު އަންނަށް ދެން އިންތިޒާރު ކޮށްލަ ބަލާށެވެ.
ލުބީލާ
13 April 2025
ތިމަނަވަރު ބަލަހައްޓަން ކިތައް ތުރުކީ ސިފައިން މިގައުމުގަ ތިބެންޖެހޭތޯއެވެ
ޞަލްމް
13 April 2025
އަނެއްކާ އަނެއް ހަރަދު. ކޮންބޭނުމެއް އޮތީ. މިއޮށް ހުރިހާ ދުވަހު ރާއްޖެ ހަނގުރާމައިގަ ނުރައްކަލަށް ނުވެއްޓި އޮތީ ބަރު ހަތިޔާރާ މިފަދަ އުޅަނދުތައް ނެތީމަ. މިސައިލް ފޮނުވާ އަސްކަރީ މަނަވަރެއް ރާއްޖެއަކަށް ބޭނުމެއް ނުވޭ. ކުދި ކުދި މަސްބޯޓަށް މިސައިލް ފޮނުވަން؟
ޕިކްސް
13 April 2025
ބައެއް މީހުންނަށް އެމީހުންނާ ސިޔާސީގޮތުން ދެކޮޅު މީހުންކުރާ ރަނގަޅު އެއކަމެއްވެސް ނެތް. އާ ޑުރޯން ގެނައުންވެސް ގޯސް ، ހިލޭ ބާ މަނަވަރެއް ލިބުންވެސް ގޯސް.
ސަލީމު އިދުރީސް
13 April 2025
މިކަމައް ތާއީދު ކޮއް ކޮމެއްޓު ކުރާމީހުން ހަމަބާ؟ ތިކަމަކީ އެއްވެސް ގޮކުން ހަމަޖޭ ކަމެއްނޫން! ދުއްވާ ކޮންމެ ގަޑިރަކައް ހަދާ ތެކީ ބޮޑު އިސްރާފެއްގެ އިތުރުން ބޮހަރަދު ކޮއްގެން ކޮންބޭނުމަކައްތޯ ބަލަހައްޓަންވީ! ތިކަމުން ތުރުކީއާހަސަދަ ގައުމުތަކާ ޖަމާތްތަކުގެ ރާޑަރަންއަރާ މިގައުމިގެ ގައުމީ ސަލާމަތްއް ނުރައްކާ ވުމަކީ ވަރައް ކައިރި ކަމެއް
ރަސްފަންޖާނީ
13 April 2025
ތިޔަ މަނަވަރުން ކަރަންޓު އުފެއްދޭތަ. މަމެން މި އުޅެނީ ދިރިއުޅޭ ރަށުން ދުވަލަކު 4-3 ފަހަރު ކަރަންޓު ދާވަރުން. ތިޔަ މަނަވަރު މިރަށު ބަނދަރުގަ އަޅާފަ ރަށަށް ކަރަންޓް ފޯރުކޮށްދީބަލަ.
ތެފައާސާ.
13 April 2025
އަހަރެމެންގެ ރަށުގައި މިއުޅޭ ކާޅާއި ވާލަށް މިސައިލް ޖަހަން ތިޔަ މަނަވަރު މިރަށު ބޭރުގައި އެންކަރުކޮށްބަލަ. ހާދަ ބޮޑު އުނދަގުލަކަށް ވެއްޖެކަމެކޭ.
ރައިވަރި
13 April 2025
މިގޮތަށް ދޭ މަނަވަރުތަކަކީ އޭގައި ގައުމުގެ ސަލާމަތީ މައުލޫމާތު ޓްރެކް ނުކުރެވޭނެކަން ކަށަވަރުކުރަންޖެހޭތަކެތި. ޓްރެކް ކުރާ ޑިވައިސް ހަރުކޮށްފަ އޭގެ ނާޖާއިޒު ފައިދާނަގަންވެސް މިކަހަލަ އެއްޗެއް ބަޔަކުދީފާނެ.
ގޮޅި
13 April 2025
މިސައިލް ފޮނުވޭ އަސްކަރީ މަނަވަރެއް ރާއްޖެއަށް ބޭނުންވަނީ ކޮން ސަބަބަކާ ހުރެތޯއެވެ. އަހަރެމެންނަކީ ބަޔަކާ ހަނގުރާމައެކުރަން އުޅޭ ބައެއް ނޫން. ރާއްޖެއަށް ބޭނުންވަނީ ކަނޑަށް ގަދަ ބާރަށް ދުވާ ކޯސްޓްގާރޑު އުޅަނދުތައް. މިތަނަނަށް ވަގަށް ވަންނަ މަސްބޯޓުތަކާއި ޑްރަގު ބޯޓުތައް އަތުލައިގަތުމަށް. މިސައިލް ފޮނުވައިގެން ކުރަންޖެހޭ ކަމެއް ނެތް. ދެން ތީގަ ހަރުކުރަން މިސައިލް ގަންނަން ޖެހޭނީ ތުރުކީން އެއީ އެތައް ލައްކަ ޑޮލަރެއް. ތީތި ބެލެހެއްޓުމުގެ ހަރަދޯ