20 އޯގަސްޓް 2025 - 15:05
ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް ތިން އަހަރު ތެރޭގައި 727 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވަފައިވަ އެކަމާ ގުޅޭ ޑޮކިއުމެންޓެއްގައިވާ ގޮތުން ބޮޑު ބައެއް ހޭދަކުރަނީ ސިފައިންނާ ފުލުހުންގެ ބޭސްފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން ނަމަ ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާ އާއި ފުލުހުންގެ ބޭސްފަރުވާގެ ނިޒާމު ނޫސަންދައަށް އަދި ސިފައިންނާއި ފުލުހުން ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމުގެ ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
މިދިޔަ ތިން އަހަރު ސިފައިންގެ ބޭސްފަރުވާ އަށް 324 މިލިއަން ރުފިޔާ ހޭދަކުރި އިރު، އޭގެ ތެރެއިން 80 ޕަސެންޓު ހޭދަކޮށްފައިވަނީ ސިފައިންގެ އާއިލާތަކުގެ ބޭސްފަރުވާއަށެވެ. އެއީ 260 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ސިފައިންގެ އާއިލާތަކަށް ކުރި ބޭސްފަރުވާގެ ހަރަދު 253 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ބާކީ ހަތް މިލިއަން ރުފިޔާ ހޭދަކުރީ ރާއްޖެ އިން ބޭރުގެ ބޭސްފަރުވާ އަށެވެ.
ސިފައިންގެ ބޭސްފަރުވާގެ ތަފްސީލު
ސިފައިންގެ ބޭސްފަރުވާގެ ހަރަދު 2021 ވަނަ އަހަރު ހުރީ 77 މިލިއަން ރުފިޔާގަ އެވެ. އެކަމަކު 2023 ވަނަ އަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް 80 ޕަސެންޓު އިތުރުވެފަ އެވެ. އެ އަހަރު ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ސިއްހީ ފަރުވާ އަށް ކުރި ހޭދަ ވަނީ 142 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ވެސް ފާހަގަކޮށްފައިވާ ގޮތުން 2023 ވަނަ އަހަރު ސިފައިންގެ ބޭސްފަރުވާ އަށް ކުރި ހޭދަވަނީ ބަޖެޓު ކުރި އަދަދަށް ވުރެ 35 ޕަސެންޓު އިތުރުވެފަ އެވެ.
ފުލުހުންގެ ބޭސްފަރުވާ އަށް 465 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ކުރި ބޭސްފަރުވާގެ ހަރަދު 341 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ރާއްޖެއިން ބޭރުގެ ބޭސްފަރުވާގެ ހަރަދު 62 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ ބޭސްފަރުވާގެ ތަފްސީލް
ފުލުހުންގެ ބޭސްފަރުވާ އަށް 2021 ވަނަ އަހަރު ހޭދަކުރީ 106 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަދަދު 2023 ވަނަ އަހަރު ހުރީ 167 މިލިއަން ރުފިޔާގަ އެވެ. އެހެންވެ އެއީ 57 ޕަސެންޓުގެ އިތުރުވުމެކެވެ.
ސިފައިންނާއި ފުލުހުން ވަކިކޮށް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށިތާ ކުރީކޮޅު އެ ތަނުގައި ދިނީ އެލައިޑް އިންޝުއަރެންސްގެ ހިދުމަތް އެކަންޏެވެ. ނަމަވެސް 2011 ހިސާބުގައި އެލައިޑް އިންޝުއަރެންސް ސްކީމުގެ ހުއްޓާލައި އެމްއެންޑީއެފުން ދޭ ކަހަލަ ގޮތަކަށް ފުލުހުންގެ ސިއްހީ ފަރުވާގެ ކަންކަން ބަދަލުކުރި އެވެ.
ފުލުހުންނަކީ ދައުލަތުގެ ބަޖެޓުން ސިއްހީ ހިދުމަތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ މުއައްސަސާ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
22 August 2025
އެވެސް ހަމަ ދިވެހި އައިޑީ ކާޑު އޮންނަ ދިވެހިން. އެމީހުންގެ އާއިލާ އަކީ ހަމަ އެހެން މީހުނެކޭ އެއްވަރު ރައްޔިތުން. ތިމާއަށް ނުލިބި އެހެންމީހަކަށް ބައިރުފިޔާއެއްވެސް ނުލިބުމަށް ދިވެހިން އެދެނީ. މީ މިގައުމުގެ ހާލަތު. މީ ވާ ގައުމެއް
ކަޑަބޮއް ސައީދު
22 August 2025
އަލިފާން ރުޅި އައިސްފި މި ހަބަރު ކިޔާފަ. ޢިސަރާފު ކުރުން މިވަނީ މިދެއިދާރާގައި
ދެންލަލަލާ
22 August 2025
ނޫސްވެރީންނަން ސަރުކާރުން 5 ބިލޔަން ސަބުސިޑީ މުސާރަދިނުމަށް، ޢޮފީސް ހިލޭ، މިއީ ސަރުޚާރުން ގަސްތުގައި ފިތުނަފަސާދަ އުފެއްދުމަށް ރަސްމީ ހަޢިސިއްޔަތުން ކުާކަންތައްތައް، އަސި މިމަންޖެ މގޮތައް މަސްހޫރުވާން ބޭނުނއވޭ ، ސަރުކާރުން މަސްވެރީންނަން ނުކުރާހޭދަ ނޫސްވެރީންނަން ކުރޭ
ސިވިލް
22 August 2025
ހާދަ ބަލި ކުދިންނޭ.
ހިމް
22 August 2025
ސަރުކާރު މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި ޖުޑިޝަރީ ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެމްބަރުންނާއި ފުލުސް ސިފައިންގެ ބޭކަލުންނާއި މިފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އާއްމު ދިވެހިންނަށް ވުރެ ތަފާތު ބަލިތަކެއް ވަނީތޯ ނޫނީ ބަލިކަށީތޯ ދިވެހި ސަރުކާރުގެ ސިއްހީ އިންސުއަރެންސް އާސަންދައިން ނުފުދިގެން ޕްރައިވެޓް އިންސުއަރެންސް ދައުލަތުގެ ޚަރަދުގައި ދޭންޖެހެނީ؟
ހަސަންބޭ..
21 August 2025
ފުލުހުންގެ އާއިލާތައް ބޮޑުވަމުން އަންނަ އިރު ބޭސްފަރުވާގެ ހަރަދުތައް ދާނީ މައްޗަށް. އެއީ މައްސަލައެއް ނޫން. ހުރިހާ ފުލުހުންނަށް ގެދޮރުވެރިކަން ހަމަޖެހޭ ދުވަހަކުން ދެން ސަޅިވީ ހުރިހާ ކަމެއް.
ހެލްތްކެއާ ޕުރޮފެޝަނަލްސް
21 August 2025
އަހަރުމެންނަށް ދުއްޕާން ކުރެވޭތޯ ބަލަނީ..ލިބެން ހައްގު އެތިކޮޅުވެސް ނުދީ ވޭތޯ މީގެ ބޭސް ފަރުވާ ދިނިއްޔާ ކީއް..
އަހްމަދުހު
21 August 2025
ބެންކޮކަށް ފަރުވާއަށް ދެވޭގޮތް ވުމުން ދޯ
ގާދިރު
21 August 2025
ސިފައިންނާ ފުލުހުން ލެއްވިއްޔާ ލެއްވި ހުރިހައި ކަމެއްގަ ޓެކުސީ ކުރުމުން ގޮސް ސްޕާ ހިންގުމުގަވެސް އަދި ޤާނޫނާ ގަވައިދުތަމާ ޚިލާފު ހުރިހައި ކަމެއްގަވެސް
ފުލުސިފަ
21 August 2025
ރަނގަޅަށް ދެލޯ ދުނިޔެއަށް ހުޅުވާލާފަ ދެން މިފަދަ ލިޔުންތަށް ކިޔާނީ؟ އެއްވެސް އަސްކަރިއްޔާއެއް އަދި ފުލުހުންގެ ހިދުމަތެއް ނޯންނާނެ މިފަދަ އިނާޏަތްތައް ހަމަ ޖެހިފަ ނޯންނަ؟ މިއީ ކީ އާދައިގެ ވަޒީފާތަކެއްނޫން އެއްވެސް ހާލެއްގަ! ގަބޫލު ކުރަން ޖެހޭނެ ކޮންމެ ތަނެއްގަވެސް މައްސަލަތަކެއް ހުރެދާނެކަން. މިފަދަ އިނާޏަތްތަށް މީ ބަހުސް ކުރަން ހުންނަކަން ކަމެއްނޫން، ހަމަ ޖެހިފަ ހުންނަށް ޖެހޭ ކަންކަން.