މުހައްމަދު ނަވީން.
23 އޯގަސްޓް 2025 - 19:28
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ހުއްޓާ ތިން ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގ. ބެރުގެ، މުހައްމަދު ނަވީން ހައްޔަރުކުރީ އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ހެދިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް އިތުރު ބަޔަކާއެކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގެ ތުހުމަތުގަ އެވެ.
އެކަމަކު އޭނާ ދޫކޮށްލާފައި ހުއްޓާ ފިހާރައަކުން ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ޗޮކްލެޓް ހިފައިގެން އޭނާ ދިޔައީ ފައިސާ ނުދައްކަން ނޫން ކަމަށާއި ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު ގިނަ މީހެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެ މައްސަލާގައި އޭނާ ބުނެފައިވަނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
25 August 2025
އަވަހަށް ދޫކޮށްލާ! ފުލުހުންގެ އަހަރީ ކޭ.ޕީ.އައި އިތުރުކުރަންވެސް މިފަދަމީހުން މުޖުތަމައުތެރޭ ދޫކޮށްލާފަ އެބަތިބެންޖެހޭ.
ދޫކޮށްލާފަ ބެރުޖަހަމާ
25 August 2025
އޮފިސަރުން ހައްޔަރު ކުރީމަ ދެން ކިހިނެއް ޤާނޫނާ ޤަވައިދު ތަންފީޒު ކުރާނީ. ބެރުގޭ އޮފިސަރ ދޫކޮށްލާ.
އަންދަލޫސިޔާ
25 August 2025
އަނެއްކާ ވެސް ދޫކޮށްލާ! ވިހި ތިރީސް ކުށުގެ ރެކޯޑް އޮންނަ މީހާ މަގުމަތީ އުޅެންޖެހޭ ގޮތެއް ސާފުކޮށްދީބަލަ!
raajje
24 August 2025
އެއްފަހަރުން އަނެއްފަހަރަށް ރެކޯޑުތައް ގިނަވަމުންދޭތޯ؟ ކުރިއެރުންލިބެމުންދޭތޯ؟، ތިޔަރޮނގުން ޕީއެޗްޑީ ހާސިލުކުރެވެންދެން ވާނެދޫކޮށްލާފަ ބަހައްޓަން، ކޮންމެފަހަރަކު ބަންދުކޮށްފަ ރެކޯޑުތައް ކިޔާދޭންވާނެ، ދެން ވައްކަންކުރަން ފޭރެން ނުވަތަ ޑުރަގުބޯން ގަވައިދާ ގާނޫނު މުގުރަންއުޅޭ 65 އަހަރުވީމާވާނެ -/5000ރ ގެ އިނާޔަތެއްވެސްދޭން!
އެޑްމުންޑޯ
24 August 2025
ދޫކޮއްލާ ، ދެންވެސް ކޮންމެވެސް ޖަރީމާ އެއްހިންގާގެން ހައްޔަރުކުރަން ދެން ދޫކޮއްފަ ބަހައްޓާ
ގޮހޮޑާ
24 August 2025
ހިތްވަރު ދިނުމުގެ އ ނާމު ހައްޤުވާ ސޮރެއް
ފުރޭތަ1
24 August 2025
މިފަދަ މީހުންގެ މައްޗަށް ކުށެއް ސާބިތުވެ ޖަލަށް ލެވެނީ މަދު ފަހަރަކު. އެންމެ ފަހުގެ ރިޔާސީ އިންތިހާބަށްވެސް ވޯޓު ހޯދަން އެތައް ސަތޭކަ ބަޔަކު ދޫކޮށްލީ. ފުލުހުންނާި ކޯޓު ތަކުން އެތައް ފައިސާއަކާއި ވެގުތެއް ހޭދަކޮށްގެން އުމުރަށް ޖަލަށްލާ މީހާ ކުޑަދުވަސްކޮޅެއް ނުވަނީސް ދޫކުރެވިގެން ނުވާނެ
ފަހުދު.
24 August 2025
ލޯޔަރެއް އެބަހުރި. އިއްޔެ ނޫހުން ވެސް ދުށިން
މޯދީބެ
24 August 2025
ސްޕާ މޮލީވްޑް
ހޭރޭ
24 August 2025
ގޯހެއްނެތް. ފިލައިގެނެއްނޫން. ދޫކޮށްލައިގެންހުރީ. ފުލުހުންވެސް ވައްކަންކުރަނީ. ޑޮލަރެއް ރުފިޔާއެއްނުބަލާ އަތުޖެހުނުގޮތަކަށް ހޯދައިގެންކަނީ. ވުޒާރާއެއް މުއައްސަސާއެއްނެތް. "ދިވެހިރާއްޖެ" ނަން "ވަގުންގެރާއްޖެ" ކިޔާވަރުވެއްޖެ. ގެއްލޭފައިސާ ހޯދޭގޮތެއް ޒިންމާވާނެފަރާތެއްވެސް ހުންނަނީކީނޫން. ޝަރީއަތަކަށް ކަމެއްސާބިތުވަނީކީނޫން. މިލިއަނުން ބިލިއަނުންކޭމީހުންވެސް ތިބީ މުއްސަނދިކަމުގަ ހެވިފަގޭގަ.. "ބުރިންހަންނަގަނީ" ކާށިމެޓައެއްނާގާމީހުންގެ. މިއޮތީތަނެއް.
އަޅެފަހެ
23 August 2025
އަނެއްކާ ދޫކޮއްލާ. މީ ވާވަރު ލޮބުވެތި ދިވެހި ރާއްޖެއަށް.