ޖަސްޓިސް ބިލްޑިން އެނެކްސްގެ ދިދަ ނަގަނީ: ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މާބަނޑުމީހާގެ ބަންދު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައި.-- ފޮޓޯ: ރައީސް އޮފީސް
24 އޯގަސްޓް 2025 - 21:00
ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ނެދަލެންޑްސްގެ މާބަނޑުމީހާގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
އުމުރުން 21 އަހަރުގެ ބްރިޓެނީ އަޑޯފޯ ބޮއާފޯގެ މި މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވުމުން މިހާރު ވަނީ އޭނާ އިތުރު 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުވާ އެ އަންހެން މީހާގެ ލަގެޖުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައިވާ ގޮތުގައި، ކޮންޓްރޯލް ޑެލިވަރީއަށް އޭރު އެއްބާރުލުން ނުދެވުނީ އެއީ ކޮން ކޮންކަމެއްކަން އޭނާއަށް ނޭނގޭތީ ކަމަށާއި އޭނާގެ ލަގެޖު ފޮށި ބަދަލުކޮށްފައިވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ.
އޭނާއަކީ މާބަނޑު މީހަކަށް ވާތީ އޭނާގެ ބަލި ހާލަތަށް ބަލައި، ތަހުގީގު އަވަސްކޮށްދިނުމަށް ވަކީލުން އެދުނު ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މާބަނޑު މީހަކަށް ވާތީ އޭނާގެ ކަންކަން ގާތުން ބެލުމަށް ފުލުހުންނަށް ކޯޓުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފސދފސދފ
25 August 2025
މާބަނޑު މީހަކަށްވާތީ އޭނާ އަމިއްލަ ނަފްސަށް ބަލާކަށް ނުޖެހޭބާ؟
ވާންޗޯ
25 August 2025
ޖަލު އައް ލާ 25 އަހަރަށް، ތިގޮތައް ފިލްމް ކިޔާދޭނެ އެންމެންވެސް
ރަދީފް ފޭންސް.
25 August 2025
މާބަނޑު މީހުންނަށް އިހްސާންތެރިވާށެވެ.އިންޓަނޭޝަލް ކްރިމިނަލް ކޯޓު ހުންނަނީ ނެދަލެންޑްސްގަ.
ވަހުދަތު
25 August 2025
ކޮބާ ފޮޓޯ، ފުރިހަމަ ނަމާ ދާއިމީ އެޑްރެސް. ދޮން މީހެއް ވީމާ އޭނަގެ އިއްޒަތް ހިމާތަތް ކޮށްފަ ދެރަ ކަޅު ނިކަމެއްޗަކަށް ވީއްޔާ އޭނާ ގެ ހުރިހާ އަބުރެއް ކަތިލެވޭގޮތަށް ހުރިހާ ތަނެއްގަ ފޮޓޯ ޖަހާ. މީތޯ އިންސާފަކީ.
ފަތިސް
25 August 2025
ވަރަށް ސަޅި ވަކީލެއް ތިޔައީ. އެވާނީ މާބނޑު މީހާގެ އަމާ ހަމަ ގަސްތުގައި އެފޮށި އޮޅުވާލީކަމަށް
ކަރުދާސްތު
24 August 2025
އޭނާގެ ލަގެޖު ފޮށި ބަދަލުކޮށްފައިވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ. ލަގެޖް ފޮށި ބަދަލުކޮށްފައިވާނަމަ އެއަރޕޯޓް މުވައްޒަފުންނަށް ނޭންގީ ކީއްވެބާ ފޮށި ނެތްވާހަކަ، ނުވަތަ އެއަރލައިން މުވައްޒަފުންނަށް އަންގަންޖެހޭނެ ނޫންތޯ ފޮށި ނުލިބެންޏާ، އަނެއްކާ ހުވާނުކުރާ ފުލުސްމީހާގެ ވަކީލު ފެންވަރުގެ ވަކީލެއްތޯ،