ހަތްސަތޭކަ ހައުސިން ޔުނިޓް ހާއްސަ ކުރަނީ ގޯއްޗެއް އޮވެމެ، އެ ތަނުގައި ގެއެއް ހެދޭނެ ގޮތެއް ނެތިފައިވާ މީހުންނަށް ކަމަށް ރައީސް ވިދާޅުވި.
ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ އެމްޑީ ޒުހައިރާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިރޭ ސޮއިކުރައްވަނީ.
26 އޯގަސްޓް 2025 - 22:11
ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އާ މިރޭ ހަވާލުކޮށްފި އެވެ.
އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެޗްޑީސީއާ ހަވާލުކުރީ ޖުމުލަ 3،400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެއީ ކުރިން ސޮއިކޮށްފައިވާ މަޝްރޫއަކާއި ފަށާފައި އެކަމަކު ވަކި ހިސާބަކުން ހުއްޓިފައިވާ މަޝްރޫއެއްގެ އިތުރުން މުޅިން އަލަށް މަސައްކަތް ފަށާ 2،000 ހައުސިން ޔުނިޓު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ ކަންކަން އަލުން ފަށަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. އެކަމަކު، އެކަންކަމުން އަރައިގަނެ އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
"އެނގިވަޑައިގަންނަވާނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ، ހައުސިން ޑިވެލޮޕްމަންޓަށް ހާއްސަ ކުރެވިފައި އޮތް، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ކުރެވިފައި ސަރުކާރުގައި އޮންނަ އެންމެ މުހިންމު އެންމެ ބޮޑު ކުންފުނި. އެހެންވީމާ އެޗްޑީސީގެ ޒިންމާއަކަށް ވާނީ މި އެގްރީމަންޓުގެ ތެރެއިން މި ދެ މަޝްރޫއު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިއުން" ރައީސް ވިދާޅުވި އެވެ.
މިރޭ ސޮއި ކުރި 2،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައި ވަނީ ގޯތި އޮވެ، އެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަތްސަތޭކަ ޔުނިޓް މި ހާއްސަ ކުރަނީ، އެއީ ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެއް. ހަތްސަތޭކަ ޔުނިޓް މި ހާއްސަ ކުރަނީ ތިބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަލަން ބޭނުންވާ މީހުންނަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
އެގޮތަށް ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުން ފާހަގަކޮށް ނިމުނުހާ އަވަހަކަށް ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި އަޅުގަނޑު އުންމީދު ކުރަން އަމަލީ ގޮތުން ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް. އެ ކަމަށް އެއްވެސް ހުރަހެއް މިހާރު ނެތް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ރައީސް މިރޭ އިއުލާން ކުރެއްވި 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޯލް
27 August 2025
އެމްޑިޕީ ސަރުކާރުގެ ކުރީގެ ފުވައްމުލަކު މެމްބަރު މަޖިލިސް މެމްބަރު ރަޝީދުއަށް ތިޔަ ޕްރޮޖެކެޓް ދިނީ. އޭނަގެ ކުންފުންޏަަށް އޭރު ސަރުކާރުން އެތަކެއް ޕްރޮޖެކެޓްތައްދީ އެޑްވާންސް ފައިސާގެ ގޮތުގައި 700 މިލިއަން ރުދިޔާ ދިން، އެފައިސާ ނަގާގެންގޮސް އޭނަ މިހަރު މާލެ އަތޮޅުގައި ރިސޯޓެއް ހަދަނީ. އަނެއްކާ މިސަރުކާރުންވސް މިފެނަނީ އެ ޕްރިޖެކެޓް ސަރުކާރުގެ އެސްއޯއީ އަކަށް ދޭތަން. ރައްޔިުތުންގެ ގެ ފައިސާ ނަގާގެން ނުހައްޤު މުއްސަންދިކަން ހޯދަނީ.
މިލްކިއްޔާތު
27 August 2025
މިވީހާތަނަށް އެޗްޑީސީން އަމިއްލައަށް އެއްވެސް އިމާރާތެއް ކޮށްފައިވޭތޯ، ހުޅުމާލެ ހުރިހާ ތަނަކީވެސް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތް، މިހާރު އެެޗްޑީސީ މެދުވެރިކޮށް ހައުސިން ޔުނިޓް އަޅަން ފެށުމުން ކޮމްޕެޓެޓިވް ބިޑިންއަށް ނުގޮސް އެޗްޑީސީން ބޭނުން ބަޔަކަށް ދީގެން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެންދަނީ، މިއީ ބަޔަކު މުއްސަދިވުމަށް ދެވޭ ފުރުސަތެއް، ދެވަނަ ފަޒުލް އުފަންނުވެއްޖެއްޔާ ރަގަޅު
މިމްރާހް މުހައްމަދު
27 August 2025
މަރުހަބާ ކުޅުދުއްފުށީ ރައްޔިތުން. މީ ރައީސް މުއިއްޒްގެ ވައުދެއް.
ކަމާލް
27 August 2025
އިގްތިސޯދީ ހާލަތް ބޮޑުތަނުން ރަނގަޅުކޮށް ތަރައްގީގެ މަޝުރޫތައް ހިންގަން މިއޮށް ފެށުނީ،
އަޖޭ
27 August 2025
މިއީ، ބޭކާރު ވައުތައް ވަމުން އަދި، ރައްޔިތުން ގުނބޯ ހެއްދުމަށް ކަންކަންކުރާ ސަރުކާރެއް ކަމަށް ގިނަ ބަޔަކު ބުނަމުންދޭ
އަސް
27 August 2025
ސޮއި ދަރުކާރު ކިޔާވަރު ވެއްޖެ މިހާރު.
ފެހެންދީ
27 August 2025
ޖައްވަށް ދާން 3 ރާމާ މަކުނާ ހަވާލުކޮށްފި. ބިން ކޮންނަށް 6 ހިކަނދި ހޯދަނީ. ވާރޭފެން ނަނަގަން 5 ބާލިދީ ބިޑް ކޮށްފި. މި ސަރުކާރު އަޔިފަހުން ހަބަރު ތަކުގެ ޖަހާ ސުރުހީ ތަކުގެ މިސާލުކޮޅެއް.
ޢަސީބު
27 August 2025
ޢަންނަ އަހަރު އީދު ޕެރޭސުންފެންނާނެ މިތަން.
ޖައިޝަމް މީޑިއާ
27 August 2025
ސާބަހޭ ރައީސް
ރަނގަޅު
27 August 2025
ކުރީ ސަރުކާރުން އަޅަން ފަށާފައި ހުރި ހައުސިންޔުިޓްގެ ދުވެލި އުޅެނީ ފިނިހަކަ ސްޕީޑުގައި، އެކަން ރައީސް ރަނގަޅުކޮށްލައްވާ
ލާރި
26 August 2025
ހައުސިންގ އެންމެނަށް.