ކޯސްޓްގާޑްގެ އުޅަނދެއް --
26 އޯގަސްޓް 2025 - 22:56
ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލު، ފިނިވާގެ، އަހްމަދު ޝިހާމެވެ.
"ލިއޯ" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލިިއިރު ހަ މީހަކު ކަނޑުވި އެވެ. އޭގެ ތެރެއިން ޝިހާމް ގެއްލިގެން އެމްއެންޑީއެފުން އައީ ހޯދަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފެނުނީ، ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް މީހުންނަށެވެ. އޭރު އޮތީ މަރުވެފަ އެވެ.
ބަންޑުން ޖަހާލައި ކަނޑުވި އެހެން މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ. ދޯނި ބަންޑުން ޖަހާލީ ފަރަކަށް އަރައިގެން ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
27 August 2025
އާއިލާ އައް ކެތްތެރިކަން ދެވާށެވެ، ޝަހީދު ވާން އިރާދަކުރެވީތި އެހެންވީ، ޖަނަތު ގެ އެންމެ މަތީ ދަރަޖަ އިންޝާالله.