ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގައި އޮންނަ ސަމިޓަށް މިހާރު ކުރައްވާ ދަތުރުފުޅުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންރެ މޯދީއާ ބައްދަލުވެ ސަލާމް ކުރައްވަނީ
31 އޯގަސްޓް 2025 - 17:44
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.
މޯދީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްސީއޯ ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
Interacted with President Muizzu of Maldives on the sidelines of the SCO Summit in Tianjin. India’s developmental cooperation with Maldives is greatly beneficial for our people.@MMuizzu pic.twitter.com/DyQJH77Snc
— Narendra Modi (@narendramodi) August 31, 2025
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 25 ވަނަ ދުވަހު މޯދީ ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅާއެކު ދެ ގައުމުގެ ޒަމާންވީ ގުޅުން ވަނީ އިތުރަށް ބަދަހިވެފަ އެވެ.
ރާއްޖެ ވަޑައިގެން މޯދީ ވަނީ މުހިއްމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށިކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.
ރާއްޖެއާ އެކު ސޮއިކުރި އެ އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ވެސް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އިން ހަދާފައިވާ އެލްއޯސީ އެއްބަސްވުމުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
02 September 2025
ތިކަމުގަ މުއިއްޒުއަށް 100 ދޭނަން އެއީ ބަޔަކު ގޯސްކޮށްފަ އޮތް ގުޅުމެއް ރަނގަޅުކޮށްދިނީތީ.... ބޮއިހަލަކި
އިސްލާހު
02 September 2025
"ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ." ޢެރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ފައިދާވާނެކަމަށް
ރިމާހް
01 September 2025
ބަޔަކަށް ހަޖަމްވިޔަސް ނުވިޔަސް މީ އުފާވެރި މަންޒަރެއް
އަބްޑޫޅް +
01 September 2025
އަހުރެންނަކަށް ހަޖަމެއް ނުކުރެވޭ. ޖެހެނީ ޖަމަލު ފޮޑި.
ސުފްޔާން
01 September 2025
ބަޔަކު ގުޅުން ގޯސްކޮށްފަ އޮތް އިންޑިއާ މިހާއު މިފެނިގެންދަނީ ރަނގަޅު ގުޅުންއޮތްތަން. ހަމަ ހަގީގަތުގަވެސް މުއިއްޒު މޮޅީ
ނުއުމާން
01 September 2025
އިންޑިއާ އާ ޗައިނާ ދެގައުމާ މެދު ގާތް ގުޅުން އޮތްކަން މި ސާބިތުކޮށްދިނީ.. ބަޔަކަށް މިކަން ހަޖަމް ނުވިޔަސް ގައުމުތަކުން އަހަރުމެންގެ ގައުމު ބަލާއިގެންފި
ފާރިޝްް
01 September 2025
އިންޑިއާ އާ ރާއްޖޭގެ ގުޅުން ވަރަށް ވަރުގަދަ ދޯ. އެހެން ނޫން ނަމަ މުއިއްޒު ކައިރިއަށް މޯދީ ނާންނާނެ. ތަފާތު އެބަ ދައްކާ ޑރ.މުއިއްޒު
އަލީ ރިޒާާ
01 September 2025
ހަމަ އެކަނި ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން އެކަންޏެއް ނޫން ރައްޔިތުންނަށް ފައިދާ ވާނީ. ޗައިނާ އާ ވެސް ހަމަ އެހާ ގުޅުން ވަރުގަދަކޮށް އޮތީ
ބިލީ
01 September 2025
ޔާމީން ހުރި އިރު ޔާމީން ކައިރިކޮށްގެން އުޅުނީ ޗައިނާ. ސޯލިހު ކައިރިކޮށްގެން އުޅުނީ އިންޑިއާ. ރައީސް މުއިއްޒު ވަކި ގައުމެއް ކައިރިނުކޮށް ދެގައުމާވެސް އެހާ ގުޅުން ބަދަހި. މީ މިބުނާ ވެރިކަން ކުރަން ޖެހޭ ގޮތަކީ
ހައްސާންް
01 September 2025
ރައީސް މުއިއްޒު މި އޮޑި ކައްޕިތާން ކުރަން ހުރިހުރިހާދުވަހެއްގަ މި ގައުމުގެ ކުރިމަގު އެހާމެ އުޖާލާވާނެ.
ޔައްސާރްް
01 September 2025
ޔާމީން ދެން ހުއްޓާލާކަށް ނުވޭތަ. އިންޑިޔާގެ ގުޅުން ހީނަރުވެގެން ދިޔައީ ޔާމިންގެ ތުހުމަތުތަކުން. އަދިުވެސް ހަމަ އުޅެއުޅެ އެކަން ދޫކުރާކަށް ނުވޭތަ.