ވިޔަފާރި

އިންޑިއާ މާކެޓް އަލުން ހޯދަން ކުރާ މަސައްކަތުން ކުރިއެރުން

02 ސެޕްޓެމްބަރ 2025 - 09:36

19 comments

އިންޑިއާގެ ޓޫރިސްޓުންގެ މާކެޓު އަނބުރާ ހޯދަން ރާއްޖޭން ކުރާ މަސައްކަތްތަކުން ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ކޮންމެ މަހަކު ނެރޭ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދަށް ވަނީ ރަނގަޅު ކުރިއެރުމެއް ލިބިފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހާ ހަމައަށް އިންޑިއާއިން 71,600 އައިސްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 75,637 އަށް އިތުރުވެފަ އެވެ.

އެއީ އޭގެ ކުރީގެ ހަ މަހާ އަޅާބަލާއިރު، މިދިޔަ ޖުލައި މަހު އައި ކުޑަ ދަށްވުން ވެސް ހިމަނައިގެންނެވެ. ޖުލައި މަހު އިންޑިއާއިން އައި ޖުމްލަ 9,136 އަކީ، މި އަހަރު އެންމެ މަދުން އިންޑިއާ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި މަހެވެ.

މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ސިޔާސީ ގޮތުން އެ ގުޅުން މިހާރު އަލުން އިޔާދަކޮށްފައިވާއިރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިސްވެ އަންނަނީ، އޭރު ހުރި އަދަދުތަކަށް އިންޑިއާ ޓޫރިސްޓު މާކެޓު އަނބުރާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އިންޑިއާ އެކި ސިޓީތަކުގައި ރޯޑް ޝޯތަކާއި، އިންޑިއާގެ މަޝްހޫރު ތަރިން ބައިވެރިކޮށްގެން އެކި ހަރަކާތްތައް ވެސް މި އަހަރު ތެރޭގައި ވަނީ ހިންގައިފަ އެވެ.

މީގެއިތުރުން، ވިޒިޓް މޯލްޑިވްސްގެ ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަނީ މިދިޔަ ޖޫން މަހު ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 130،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، ވިޒިޓް މޯލްޑިވްސްގެ މި އަހަރުގެ އަމާޒަކީ އިންޑިއާއިން ރާއްޖެއަށް 300،000 ޓޫރިސްޓުން ގެނައުމެވެ.

ޓޫރިޒަމްގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖޭން އަންނަނީ ރަނގަޅު ކުރިއެރުމެއް ދަމަހައްޓަމުންނެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް 1،468،740 ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 ޕަސެންޓު އިތުރެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒަކީ، މިދިޔަ އަހަރު ގާއިމުކުރި ދެ މިލިއަން ޓޫރިސްޓުންގެ ރެކޯޑު މުގުރާލައި، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.

19 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

02 September 2025

5000 ޓޫރިސްޓުން އިތުރުވުމަކީ ކުރިއެރުމެއްކަމަށް އަޅުގަނޑެއްނުދެކެން، 15ހާހާ 20ހާހާ ދެމެދުގެ އަދަދެއްއިތުރުކުރެވުނުނަމަ ކުޑަކުރިއެރުމެއް ހޯދުނުކަމަށްބުނެވިދާނެ، ތިކުރިމަސައްކަތާ ކުރިހަރަދަށް ކޮންޕެއަރކުރާއިރު އެންމެ 5ހާސް އިތުރުވުންތީ ފެއިލްވުމެއް، ހަނގުރާމަތަކާ އެމެރިކާގެ ޓެރިފުގޭމާ އަދިވެސް އެހެންބައެއްސަބަބުތަކާހުރެކަމަށްވެދާނެ އެކަށީގެންވާކުރިއެރުމެއްނައިސްގެންތިއުޅެނީ އިޝްތިހާރުކުރުމުގެ އިތުރުން ޓޫރިޒަމްދާއިރާގެކަންކަން ހަރުދަނާކުރުންމުހިންމު

The name is already taken The name is available. Register?

ސޮބީހާ

02 September 2025

އަޅުގަނޑު ނިސްބަތްވަނީ މެދުރާއްޖެތެރެއަށް އޮނަރަބަލް އަފީފު ދީދީގެ ވިސްނުން ހަމަވަރައްބަރާބަރު، ހަނިމާދޫ އަދި އައްޑޫ ގަން އެއާޕޯރޓް އޭގެ އިތުރުން ޓޫރިސްޓުން އެ ދެ ސަރަހައްދަށް އަންނާނެގޮތް ފަހިވިޔަނުދޭން ބަޔަކު މަސައްކަތްކުރާކަން އެއީ ހަގީގަތް، އެކަން ދެނެތިބެ އެކަން ބަދަލުކުރަން ތިބީ ހަމަ އުތުރު އަދި ދެކުނުގެ ރައްޔިތުން،

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

އައްޑޫސިޓީ GAN International Airport އަށް ސްރީލަންކަން އެއަރލައިންސް ނޫން އިތުރު އެއަރލައިންތައް ގެނެވެން އޮތީ އަދި ގެއްލުމުގައި މާލެއިން އިންޑިޔާގެ އެތައް މަންޒިލަކަށާއި، ހަނިމާދޫ އިން އިންޑިޔާގެ 2 މަންޒިލަކަށްވެސް ދަތުރު ކުރަމުންދާ ޤައުމީ އެއަރލައިންގެ ނަމުގައި ހޖންގަމުންދާ Maldivian އަށް ވެސް އައްޑޫ އިން އިންޑިޔާގެ މަންޒިލަކަށް ދަތުރުކުރަން ފެއްޓޭނީވެސް އެއަރޕޯޓް ވައިބަލް ވާވަރަށް އައްޑޫގައި އެނދު އިތުރު ކޮށްގެންކަމަށް މާލޭސަރުކާރުން ބުނޭ.

The name is already taken The name is available. Register?

ޖަދުވަލު

02 September 2025

ސޯސަލް މީޑީޔާ އެކައުންޓެއްގަ އޮތް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް އިންކަމް ވަންނަ އަތޮޅޫތަށް ޝާއިއު ކޮށްފަ، އެ ލިސްޓުގަ ނުވެސް ނެތް އައްޑޫއެއް. ބުނާކަށް ރާއްޖޭގަ ކޮންމެ ދިމައިލެއްގަ ކުށެއް ކުރިޔަސް ދީދީ ތިމައިގެ ކުއްޖެ ނުހިމެނި ނުދޭ. މީގެން ސިފަވަނީ ދީދީ ގެ ތިމައި ކުދިން އިސް ކުރަނީ ޝޯރޓްކަޓް ނަގަން ހެން، ހިތްވަރާ އެކު މަސަކަތް ކުރުމަށް ވުރެއް. އެހެންވެ ތި އިންނަން ޖެހެނީ ތުން ދަމާފަ. އެމެއް ނާރައޭ މަހެއް ނުބޭނޭ ގޮވަ ގޮވަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓް ވެސް ފުލް ފުލޭޖްގައި އޮޕަރޭޝަނަލް ގެނެވެން އަންނަނީ "ޓްއަރިސްޓް އެނދު އިތުރު ކޮށްގެން ކަމަށް" މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި އެރަށު ބިންވެރިން ބުނާއިރު China އާއި އިންޑިޔާގެ މަހުޖަނުންނާއި، އެތްލީޓުން އަދި ފިލްމީ Celebrities ފަދަ މަތީފެންވަރުގެ މީހުން ފިޔަވާ "މެދުފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން" ކޮންކަމެއްތޯ ސަރުކާރުން ކޮށްފައިވަނީ؟! ކޮބައިތޯ އެމީހުނަށް ޙާއްސަކޮށް އޮތް ފުރުސަތު ތަކަކީ؟!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

އިންޑިޔާ ޗައިނާގެ މެދުފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނީ އިންޑިޔާ ޗައިނާގެ މިދެންނެވި ގިންތީގެ ފަތުރުވެރިންބޭނުންވާ ހިދުމަތްތަކާއި ވަސީލަތް އަދި އެމީހުނާއި ގުޅޭފަދަ ގޮތަކަށް އެމީހުނަށް އަމާޒުކޮށްގެން ކަންކަންތައް އިންތިޒާމް ކުރުމަށްފަހު އެކަންކަން ޗައިނާ އަދި އިންޑިޔާގައި މާކެޓްކޮށްގެން. ކ.އަތޮޅު މާލެ ފެންނަހިސާބުގައި ތަރައްޤީކޮށްފައިވާ ⭐️ ⭐️ ⭐️ ⭐️ ⭐️ ގެ އަގުބޮޑު ރިސޯޓްތަކަކީ މަތީގައިދެންނެވި ފަތުރުވެރިން ޝައުޤުވެރިވާނެ ތަންތަނެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

ފަތުރުވެރިކަމުގެ އަމިއްލަ ވިޔަފާރިވެސް ހިންގަވަމުންގެންދަވާ މާލޭސަރުކާރު ޓްއަރިޒަމް މިނިސްޓަރަށާއި، Visit Maldives Cooperation ގެ ވެރިންނަށް، މިކަންކަން ބަލާ ހޯދިފައި ނެތުމުގެސަބަބުން މިކަންކަން އެގިނުލެއްވި ކަމުގައިވިޔަސް ރާއްޖޭގައި ހިންގާ 200 ވަރަކަށް ރިސޯޓްގެތެރެއިން %5 ރިސޯޓުންވެސް އިންޑިޔާ ޗައިނާ ގެ މެދުފަންތީގެ ފަތުރުވެރިންނަށް ރިސޯޓްތަކުގެ ކޮޓަރިވިއްކަން ދެކޮޅުހަދާ. އަދި މިދެންނެވިގިންތީގެ ފަތުރުވެރިންނަށް މަރުޙަބާކިޔަން ތައްޔާރެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

އެހެންކަމުން އަހަރަކު 180 މިލިޔަން މީހުން ފަތުރުވެރިންގެ ގޮތުގައި ޤައުމުންބޭރަށް ދަތުރުކުރާ ޗައިނާގެ މާކެޓަށާއި، އަހަރެއްގެމައްޗައް މިހާރުވެސް 60 ހަކަށް ބިލިޔަން ޑޮލަރ ޤައުމުން ބޭރަށްކުރާ ޗުއްޓީ ދަތުރުތަކަށް ޙަރަދު ކުރަމުންދާ އިންޑިޔާގެ މެދުފަންތީގެ ފަތުރުވެރިންގެތެރެއިން ބޮޑުބައެއް ރާއްޖެ ގެނައުމަށްޓަކާ މުޅިން އާ މަންޒިލްތަކެއް އުފައްދަން ހަނިމާދޫ އާއި GAN International Airport އޮޕަރޭޝަނަށްގެނެސް ބޭރުން ޑައިރެކްޓް ޝެޑިއުލް ދަތުރުތައް ކުރަންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 September 2025

އިންޑިޔާ، ޗައިނާއަށް ދިވެހި ޓްއަރިޒަމް މާކެޓްކުރުމުގެ ކުރިން އެންމެފުރަތަމަ ކުރާންޖެހޭކަމަކީ ހަނިމާދުއާއި އައްޑޫ GAN International Airport ގައި 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް އެތަން ހިންގަން ފައްޓާ ކ.މާލެއަށް މިހާރު ދަތުރުކުރާ ބަޖޭޓް ނުވަތަ ލޯކޮސްޓް އެއަރލައިންތަކާއި، ރާއްޖެ އަންނަންބޭނުންވާ މިފަދަ އެއަރލައިން ތަކަށްވެސް ފުރުސަތުއޮންނާނީ އުތުރާއި ދެކުނުގައިއޮތް މިދެންނެވި އެއަރޕޯތްތަކަށްކަމަށް ކަޑައަޅައި އެކަން ކޮށްގެން.

The name is already taken The name is available. Register?

ކުޑަ ކަތީބު.

02 September 2025

އަފީފު ރަށުގައި ނުހުރެ މާލެ ވަދައިގެން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މަޤާމަކަށް ކުރިމަތިލައްވަންވީނު. އެހެން ނޫނީ އިކޮނޮމިކް ކައުންސިލަށް އަންޔަން ކުރަން ރައީސަށް ދަންނަވަންވީނު. ތިޔަ ހިޔާލު ވަރަށް ރަނގަޅު. ކަމެއް ކުރެވޭނީ ނަތީޖާ ނިކުންނަ ފަދަ ވިސްނުމެއް ހުރެގެން ކަމަށް އަހަރެންވެސް ދެކެން.

The name is already taken The name is available. Register?

ޙަމެމ

02 September 2025

ޢެއް ކަމެއް ނުކުރިއަސް އެ މާކެޓް އަބުރާ ރަގަޅު ވާނެ. ޢެއީ ވަގުތީ ކަމެއް

The name is already taken The name is available. Register?

ހާތިމް މުހައްމަދު

02 September 2025

މިދިޔަ އެއްވެސް ސަރުކާރަކަށް ނުވި ކަމެއް މިއީ. މިބުނީ އެހެން ގައުމަކާ ގުޅުން ގޯސްވުމުން އެކަން ހަމަޔަކަށް އެޅުވުން. މިސާލަކަށް ޔާމީންއަކަށް އިންޑިޔާ އަދި ގަތަރު. އިބޫއަށް ޗައިނާ އަދި ސައުދީ. މިސަރުކާރުން މިކަންވެސް ކާމިޔާބް ކޮށްފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454