ޚިޔާލު / އަސްދަނޑި

ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަލާމް ކުރައްވަނީ: ދެ ބޭފުޅުންގެ މެދުގައި ސިޔާސީ ހިޔާލު ތަފާތުވުންތައް އެބަ ހުރި --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ބައެއް ކަންކަން ވަރަށް ގޯސް ހާލަތަކަށް ދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެއް އިރެއްގައި ރައީސް ޔާމީން އެންމެ އިތުބާރުކުރެއްވި އަހުމަދު އަދީބަށް، ނައިބު ރައީސްކަން ދެއްވުމާ މައުމޫން ދެކޮޅު ހެއްދެވުމާއި އަދީބުގެ މަގާމު ގެއްލުމުން އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވައި ރައީސް ޔާމީން ގިނަ ދުވަސްތަކެއް ވެއަތުކުރައްވާ މައްސަލަ ފަދަ ކަންކަން ފާހަގަކުރެވެ އެވެ. އެކަމަކު މި ހިޔާލު ތަފާތުވުންތައް ރައީސް ޔާމީނާއި މައުމޫން ވެސް ގެންގުޅުއްވަނީ "ބޮޑު ސިއްރެއް"ގެ ގޮތުގަ އެވެ. ކިތަންމެ ވަރަކަށް މަތި އަޅުއްވައި، ނުވާ ކަމަކަށް ހައްދަވަން އުޅުއްވިޔަސް ކޮންމެވެސް ގޮތަކުން އެކަން ލީކުވެ އެވެ.

މިފަހަރު ވެސް ވެގެން މިއުޅެނީ ހަމަ އެކަހަލަ ގޮތެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކޯޅުމެވެ. މިއީ ޕީޕީއެމްގެ އެތެރޭގައި، ހާއްސަކޮށް ރައީސް ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ކޯޅުމަކަށް ވުން ވެސް ގާތެވެ. އެހެން ނޫން ނަމަ، 2018ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ދެއްވުމަށް ޕާޓީގެ ކައުންސިލުން ނިންމައިދޭން އެދި މެމްބަރުންތަކެއް ލިޔުމެއްގައި މިހާރު ސޮއިކުރާކަށް ނުޖެހޭނެ އެވެ. އެހާ ގުޅުން ރަނގަޅު ނަމަ، ރައީސް ޔާމީން، މައުމޫނަށް ދެންނެވުމާ އެކު، އެކަން އެގޮތަށް ކުރައްވަން މައުމޫން ތައްޔާރަށް ހުންނެވީހެވެ. އަދި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް އަމަލު ނުކުރައްވާނެ ކަމަށް މައުމޫން ވިދާޅެއްނުވީހެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ހިފަނީ އަސާސީ ގަވައިދުގެ އެހެން މާއްދާއެއްގަ އެވެ. އެ މާއްދާގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ތާރީހާ އެންމެ ކައިރިކޮށް ބާއްވާ ކޮންގްރެސްގައި، މި ހާލަތުގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފި ނަމަ އެކަން ކުރަން ޖެހެ އެވެ.

ވަރަށް ސާފުކޮށް މިހާރު އެނގެނީ ރައީސް ޔާމީން ބޭނުންފުޅުވަނީ ޕްރައިމަރީއަކަށް ތަން ނުދެއްވައި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުންކަމެވެ. ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން، ކައުންސިލުން އެކަން ނިންމައިފި ނަމަ އެކަން ވާނެ އެވެ. ދެން ސުވާލަކީ އެ ފުރުސަތު ކައުންސިލުން ލިބޭނެ ހެއްޔެވެ؟ ޖަވާބަކީ ނަމްބަރަށް ބަލާއިރު، ކައުންސިލް ބާއްވައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ ވަރަށް ފަސޭހައިން ރައީސް ޔާމީން އެކަން ކާމިޔާބު ކުރައްވާނެ ކަމެވެ. މައުމޫން ރިޔާސަތު ބަލަހައްޓަވާ ކައުންސިލްގައި 33 މެމްބަރުން ތިބޭއިރު ހަތަރުވަރަކަށް މީހުން ފިޔަވައި އެހެން މެމްބަރުން މިހާރު ވަނީ، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން މައުމޫނަށް ދަންނަވާ ލިޔުމުގައި ސޮއިކޮށްފައި ކަމަށް އެނގިފައިވެ އެވެ. އެ އަދަދުން މަންޒަރު ވަރަށް ސާފެވެ.

ރައީސް ޔާމީނާއި މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މީގައި ބޮޑު ކަމަކަށް ވާނީ މި މައްސަލަ އެޖެންޑާ ކޮށްފާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާ ހިސާބުންނެވެ. އެ ސުވާލު އުފައްދަނީ މައުމޫންގެ ވިސްނުންފުޅު މި މައްސަލާގައި ތަފާތުވާ ކަމުގެ ހެކި ފެންނަން ހުރުމުންނެވެ. ޕީޕީއެމްގެ ކައުންސިލްގެ ކަންކަން ވަރަށް ގާތުން ބައްލަވާ ބޭފުޅަކު ވިދާޅުވި ގޮތުން ނަމަ، ކައުންސިލްގައި މައުމޫންގެ ވިސްނުންފުޅާ ދެކޮޅަށް މީގެ ކުރިން ބަސް ބުނަން ކެރެނީ މަދު ބަޔަކަށެވެ. އެކަމަކު މިހާރު މަންޒަރު ވަރަށް ތަފާތެވެ. މައުމޫން ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކުގައި، އެމަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް ވާހަކަ ދައްކަވާ މެމްބަރުން މިހާރު ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ "ކުރުކޮށް ބުނާ ނަމަ، ހައެއްކަ މެމްބަރުން ނޫނީ، މިހާރު ދެން އޮންނާނީ ރައީސް ޔާމީންގެ މެޖޯރިޓީ" ކަމަށެވެ. އެހެންވީމާ ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް ކުރިމަގުގައި ކުރަހާލާނެ ގޮތް ވެސް ތަސައްވުރު ކުރެވެ އެވެ.

ވަރަށް ސާފުކޮށް މިހާރު އެނގެނީ ރައީސް ޔާމީން ބޭނުންފުޅުވަނީ ޕްރައިމަރީއަކަށް ތަން ނުދެއްވައި ޕީޕީއެމްގެ 2018ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުންކަމެވެ. ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން، ކައުންސިލުން އެކަން ނިންމައިފި ނަމަ އެކަން ވާނެ އެވެ. ދެން ސުވާލަކީ އެ ފުރުސަތު ކައުންސިލުން ލިބޭނެ ހެއްޔެވެ؟ ޖަވާބަކީ ނަމްބަރަށް ބަލާއިރު، ކައުންސިލް ބާއްވައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ ވަރަށް ފަސޭހައިން ރައީސް ޔާމީން އެކަން ކާމިޔާބު ކުރައްވާނެ ކަމެވެ.

ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ހޯއްދަވަން އެމަނިކުފާނާއި ސަޕޯޓަރުން މިހާ ކުރިން މަސައްކަތް ފެށީ ކީއްވެތޯ މިއީ ވެސް ސުވާލެކެވެ. ޕްރައިމަރީއަކަށް ހުޅުވާލައިފި ނަމަ، އެ ފުރުސަތު ރައީސް ޔާމީނަށް ގެއްލިދާނެތީ އެމަނިކުފާނު ބިރުފުޅު ގަންނަނީ ހެއްޔެވެ؟ އެ ޔަގީންކަން ނެތީ ހެއްޔެވެ؟ ރައީސް ޔާމީނާއި މައުމޫނާ ދެމެދުގައި ލެވިފައިވާ "ފާރު މަތިން" މިފަހަރު ހުރަސް ކުރައްވަން ގޮންޖެހުންތަކެއް ހުރީ ބާވަ އެވެ؟

ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ޕީޕީއެމްގެ ޓިކެޓް ދެއްވަން މައުމޫން ބޭނުންފުޅުވަނީ އެހެން ބޭފުޅަކަށް ކަމުގެ އަޑު ވެސް ފެތުރެ އެވެ. އެއީ ވެސް މިހާ ކުރިން އެކަން ކޮޅެއްގައި ޖައްސަން ރައީސް ޔާމީން ބޭނުންފުޅުވާ އެއް ސަބަބު ކަމަށް ބެލެވެ އެވެ. އެންމެ ފަސޭހައިން ބައެއް މީހުން ދޭނެ ޖަވާބަކީ އެމެރިކާ ފަދަ ގައުމުތަކުގައި ވެސް، ރިޔާސީ ދައުރު ފުރިހަމަކުރަމުން އަންނަ ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީއަކަށް ނުދާތީ އެ ނަމޫނާ ނުނެގެންވީ ސަބަބެއް ނެތް ކަމެވެ.

ޕީޕީއެމްގެ އާއްމު ޖަލްސާއެއް ކުރިއަށް ގެންދަނީ. --ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް އަބަދުވެސް ވަރަށް ޝައުގުވެރިވެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބާއި އޭގެ ކުރި އެވެ. އަބަދުވެސް ފެންނަނީ ފެކްޝަންތަކެވެ. ޕީޕީއެމްގެ މައި އޮފީހެއް ހުންނައިރު، އެ އޮފީހުގެ ބޭނުމެއް ނެތް ކަހަލަ އެވެ. ގާތްގަނޑަކަށް ހުރިހާ ހަރަކާތެއް ހިންގަނީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނެވެ. ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތް ކުރަނީ ވެސް އެ އޮފީހުންނެވެ. ސަޕޯޓަރުންނަށް އެކި ޒާތްޒާތުގެ އެހީ ދިނުމާއި ޕާޓީގެ ކުރިއެރުމަށް ވެސް ހަރަކާތްތެރިކަމާ އެކު މަސައްކަތް ކުރަނީ އެ އޮފީހުންނެވެ. ޕީޕީއެމްގެ ރަސްމީ އޮފީހަކީ ހަމައެކަނި ޕާޓީގެ ކައުންސިލް ބާއްވާ ތަނެވެ. ޕާޓީގެ ކުރިއެރުމަށް އެ އޮފީހުން ކަމެއް ކުރާ ތަނެއް ނުފެނެ އެވެ. ޕީޕީއެމްގެ ސަރުކާރު ދިފާއުކޮށް، ޕްރޮމޯޓް ކުރުމަށް ސީދާ ޕީޕީއެމުން ކުރާ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ރައީސް ޔާމީންގެ ދެކަނބަލުން އެންމެ ފަހުން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމުން، ޖުމްހޫރީ މައިދާނުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ: ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމަށް، ޕީޕީއެމަށް ވުރެ ކުރީގައި އުޅުއްވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކިތަންމެ މަހާސިންތާއެއް ވަނީ ބާއްވާފަ އެވެ. އެކަމަކު އެއިން އެންމެ ހަފުލާއަކުން ވެސް މައުމޫނެއް ނުފެނެ އެވެ. މިކަމުގެ ދިފާއަކީ 2018ގައި ޕާޓީގެ ޓިކެޓް ދޭނެ ބޭފުޅަކު އަދި ކަނޑަނާޅާތީ، އެ މަހާސިންތާތަކަށް މައުމޫން ވަޑައިނުގަންނަވަނީ އެވެ. ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. އެހެން ކަމަށްވާ ނަމަ ދެން އުފެދޭ ސުވާލަކީ ރައީސް ޔާމީނާއި ސަރުކާރު ޕްރޮމޯޓް ކުރަން ބޭއްވި ހަފްލާތަކުން މައުމޫން ފެނުން އާންމު ހެެއްޔެވެ؟ އެ ސުވާލަށް ވިސްނާލާ ނަމަ މަންޒަރު ވަރަށް ސާފެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް، އެކަންކަމުގެ ހަގީގަތް އެނގޭނެ އެވެ. ހާއްސަކޮށް ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕާޓީގެ ޓިކެޓް ދޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާއިރު، އެއްކަހަލަ ފެކްޝަންތައް ފެންނަން ފަށާނެ އެވެ.

25 ކޮމެންޓް, 162 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 5%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮނދު

16 June 2016

ވާސަރީ!! އެކިޔާލީ ބޮނދު ބުޑަށް ސައި. ރައީސް މައުމޫނާއި އުމަރުގެ ޕްލޭން ރައީސް ޔާމީނަށް ފަޅާ އެރީ، ދެން ޖެހޭނީ ސައި ފިލުވާން، ޔާމީނާއި ދެކޮޅަށް މައުމޫނާއި އުމަރު ރުކުރުވަމުންދާ ފުލުހުންނާއި ސިފައިންގެ ސަފުތަކުގައި ހާއަޅުވާލީ ދެން މި ދެ ޤައްދާރުން ކުޅޭނެ ކުޅިވެސް ޔާމީނަށް އެގޭނެ، ފައުޅުގައި އިދިކޮޅާއި މައުމޫނު ގުޅޭނީ، ބުރުމާ ފައުޅުވާނީ ރައީސް ޔާމީން ގަނޑަކަށް ފަހު ގަނޑެއް އެކި ކުޅިތަކުން ކުޅިފަސް ހޯދާނެ.

The name is already taken The name is available. Register?

މޮހޮދޭ

15 June 2016

އަމަލު ނުކުރަންޏާ ދެން ކީއްކުރަން ބާއްވާ އަސާސީ ގަވާއިދެއްތަ؟ ކައުންސިލް އޮތީމަ ފުދެއެއްނުން؟ އެއިރެއްގަ އޮޔާ ވައި ޖެހޭ ގޮތަކަށް ކައުންސިލް މެންބަރުން ޑާންސްކުރީމަ އެއީ ޑިމޮކްރެސީ ހެދިފައެއްނުންތަ؟ ޔާމީނަށް ސަނާކިޔާ ޔާމީނު ލައްވާ ގޯސްހައްދަން މިއުޅެނީ އެންމެ ކައިރިގަ އުޅޭމީހުން ކަމަށް ބެލެވޭ. މީގެކުރިންވެސް ކަންކަން ވީ ހަމަ އެހެން. އެންމެ ގާތުގަ ހުރި ބްރޯ ކޮބާ މިހާރު؟

The name is already taken The name is available. Register?

މެންޓަލިސްޓް

15 June 2016

ތީބޮޑޫގޭސްގަނޑެށް ، މުޅިމީޑިޔާގައި މައުމޫންއާއި ޔާމިންގެ ވާހަކަދައްކުވަން ވެގެން ކުޅޭކުޅިގަނޑެއް ، އޭރުން ކޮރަޕްޝަންއާއި މާރާމާރީގެ ވާހަކަތަކާއި އަދީބްގެ ފޭކްޝަރީއަތުގެ ވާހަކަތަކުގެ އަޑުމަގުވެގެންދާނީ ، ތިޔަކަމަށް ކިޔާއުޅެނީ 2ބޯގެރި ދުއްވުން ،

The name is already taken The name is available. Register?

އަލީ

15 June 2016

ހަގީގަތުގަ ޔާމީނު މިވަރުން ނޫޅުނަސް ޕްރައިމަރީގައި އެކަކަށް ވެސް އޭނާއާ ވާދަކުރާކަށް ނުކުރޭނެ. ދެން ކީއްކުރަންބާ ލިޔެވިފައި އޮތް ގަވައިދެއް މުގުރާލަން މައުމޫނަށް ޕްރެޝަރު ކުރަނީ؟ ކޮންމެ ކަމެއް ވެސް ކުރަން އޮންނަ ރީތި ގޮތް އޮއްވާ ނާޖާއިޒު ގޮތުގައި ހިފުމަށް އާދަވެފައި ހުރި މީހަކަށް ގާނޫނާ އެއްގޮތަކަށް ވެރިކަމެއް ނުކެރެވޭނެ

The name is already taken The name is available. Register?

އާމިރު

15 June 2016

ޔާމީނަށް އެނގިވަޑައިގަންނަވާ ރައްޔިތުންގެ ލޯތްބެއް ނެތްކަމަށް. ޕާޓީގެ އާންމު މެންބަރުންގެ ލޯބި ނެތްކަން. އަދި ލޯތްބާއި ތާއީދަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަންވެސް. އެހެންވީމާ ގަދަބަދަވިކޮށް އުޅުއްވަނީ. މިއީ ހަމައެކަނި ޕީޕީއެމް ވީމާ އޮންނަ ކަމެއްނޫން. އެމްޑީޕީގައި އޮންނަނީ މިކަހަލަ ސަގާފަތެއް

The name is already taken The name is available. Register?

ދދ

15 June 2016

ސިޔާސީ ޕާރޓީ ތަކުގެ އިސް ލީޑަރުންނާއި އެކު ރޯދަ ވީލުމެއް ބާއްވަން ފެނޭ ޕީޕީއެމްގެ ލީޑަރުންވެސް، ޖަރުމަނުގެ ލީޑަރުންގެ ނަމޫނާ!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

15 June 2016

ތިކަން ކުރެވޭނީ މިހާލަތުގަ ތިޔަ ވިދާޅުވާ ގިނަ އިސްލީޑަރުން ތިބި ތަނަކަށް ގޮސް އެކަން ކުރަން، ދެން ކިހިނެއްތޯ މިކަން ކުރާނީ.

The name is already taken The name is available. Register?

ބޭރު

15 June 2016

މައުމޫނަކީ އިލްމީ ބޭފުޅެއްކަމާމެދު ސުވާލެއް ނުއުފެދެއެވެ. އަދި ވަކި އުސޫލްތަކެއް ދަމަހައްޓަވާ ބޭފުޅެއްކަންވެސް ވަރަށް ސާފެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަކިކަމެއް ވަކިގޮތަކަށް ކުރަން ކަނޑައަޅާފައިވަނިކޮށް އެކަން ދޫކޮށްލަށް މައުމޫނަށް އުދަގޫވެގެން އުޅެނީއެވެ. އެންމެ ބޮޑު ސުވާލަކީ ރިޔާސީ ޓިކެޓް ހޯދަން އެހެން މީހަކު ސައުގުވެރިކަން ހުރެއްޖެނަމަ ޕްރައިމަރީއަކަށް ދިޔުމަށް ނުވަތަ ގައުމީ ޖަލްސާއަކަށް ނުވަތަ ކޮންގްރެސް އަކަން ދާންޖެހޭނެކަމަށް ބުނާއިރު އެކަން އެގޮތަށް ނުކޮށް އެހެން މަގަކުން ދެވޭނެ ގޮތްވެސް އަސާސީ ގަވާއިދުގައި ވޭތޯއެވެ. އެންމެ ބޮޑު ސުވާލަކީ ޕްރައިމަރީއަކަށް ދާން ޔާމީނު ޖެހިލުންވަނީ ކީއްވެހެއްޔެވެ؟؟ ޕާޓީގެ އެތެރޭގެ މަގުބޫލްކަން ކުޑައީތޯއެވެ. ތާއީދެއް ނެތީތޯއެވެ.

The name is already taken The name is available. Register?

ފަލަކު

15 June 2016

ތާއީދު އޮވެދާނެ. ޔާމީނަށް ހަޣިގަތް އޮތްގޮތް އެނގިވަޑައިގަންނަވާތީ އެގޮތަށް ޑިމާންޑް ކުރައްވަނީ. ޕާޓީގެ ވޯޓް ނުލިބުމާ ވައްތަރުގޮތެއް އިޙްސާސް ކުރެވެނީ ތޯއްޗެއް!

The name is already taken The name is available. Register?

ބިތްޖެހެނީ

15 June 2016

ރައީސް ޔާމީން އާއި އަދި ރައީސް މައުމޫނު އާއި ދެމެދު އެއްވެސް ޚިޔާލު ތަފާތު ވުމެއްް ނެތެވެ. ވެރިކަން ކުރަނީ ރައީސް ޔާމީން ކަމަށްވުމާއި އެކު ރައީސް ޔާމީން އަށް އޮންނާނެ އިޚްތިޔާރު ރާއްޖޭގެ ވެރިކަން އެމަނިކުފާނު ބޭނުން ފުޅުވާ ގޮތަށް ގާނޫނުގެ ތެރޭން އެކަން ކުރެވެން. އިދިކޮޅު ސިޔާސީ ފަރާތް ތަކާއި ބްރޯ އާއި ގުޅިގެން އަޑި އަޑިން ނުވަތު ބުރުން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ވެެގެން ރިޔާސީ ލޯންޗް ކޮޅު ގައި އެއްޗެއް ގޮއްވުމުން އެކަން ވެސް ނާކާމިޔާބު ވީއެވެ. ދެން އެވެރިން ބެލީ ފޭކް ކޯޓް އަމުރެއް ނެރެގެން ޕީޕީއެމްގެ ފުރަތަމަ ވެރިކަން ވައްޓާލަން އެވެ. އެކަން ވެސް ދިޔައީ ތޮށް ދޮށުންނެވެ. މިސަރުކާރުން ޖެހޭނެ އެއަށް ވުރެން ހުށިޔާރު ވެ ތިބެން. ރާއްޖޭގައި އުޅޭ އަންޑަރވޯލްޑް ލޯޔަރުންނާއި އަދި ކުށްވެރިން ތަކާއި ގުޅިގެން އެބަލަނީ މިސަރުކާރު ވައްޓާލެވޭނެ ކަމަށް ތޯއެވެ. އެހެން އެކަން ނުވާނެއެވެ. އެއީ ކާމިޔާބު ވާނެ ކަމެއް ނޫނެވެ. މިރާއްޖޭގައި ދެން އަންނަ ރިޔާސީ އިންތިޚާބު ބާއްވާނީ ޕީޕީއެމް އިން ޕްރައިމަރީ އަކަށް ނުގޮސް ރައީސް ޔާމީން އަށް ޓިކެޓް ދީގެން ނެވެ. އިދިކޮޅު މީހުން ތިބެން ޖެހޭނީ ސިޔާސީ ގޮތުން ބިތް ޖެހިފައި މިކަމުގައި ޕީޕީއެމް ބޮލަށް ސަވާރުވާން ބޭނުންނަމަ.

The name is already taken The name is available. Register?

ޝިޔާމު

15 June 2016

އެއްވެސް ކޯޅުމެއް ނެތެވެ. ރައީސަކަށް 2 ދައުރު އޮތްއިރު، މިހާރު ރައީސް ކަމުގައި ހުންނެވި ފަރާތައް ޕްރައިމެރީއަކާ ނުލާ ދެވަނަ ދައުރެއް ދެވިދާނެއެވެ. އެމެރިކާގައިވެސް އޮންނަ ފަދައިންނެވެ. އެކަމަށް ކުރަންޖެހޭ ކަމަކީ ކައުންސިލްގެ ލަފައެއް ހޯދުން އެކަންޏެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ކަންތައްތަކަކީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ހިނގަމުންދާ ކަންތައްތަކެވެ. އެގޮތަށް ޕީޕީއެމްގެ ރައީސް ތަބާ ނުވަނީނަމަ، ޕާޓީތަކުގެ ރައީސުންގެ ވަކި އުމުރެއް ކަނޑައަޅާ މުސްކުޅި ކުރެވޭގޮތަށް ޕާޓީތަކުގެ ޤާނޫނު އިސްލާހުވެސް ކުރެވިދާނެއެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

15 June 2016

ތި ވިދާޅުވި އިސްލާހަކީ ގެނެވިދާނެ އިސްލާހެއްކަމާމެދު އެއްވެސް ޝައްކެއްނެތް، އެކަމަކު ދަންނަވަންތޯ، ތި އިސްލާހު ގެނެސް މައުމޫނު ހަފޮޅުން ބޭރުކޮށްލާ ހިސާބުން ދެން ކަންވެގެން ދާނެ ގޮތް އަންދާޒާ ކޮށްލެވޭތޯ، ގިނަބަޔަކު ޤަބޫލުކުރާ ގޮތުގަ ޔާމީނަކީ ރައްޔިތުންގެ ޕޮޕިއުލަރިޓީ އެއްނޫން، ޚުދު ޕާޓީ ތެރޭގަވެސް ކަން އޮތީ މިހެން، ނާޖާއިޒު މާލީ މަންފާތަކެއްގެ ލިބޭތީ މިހާރުވެސް ބަޔަކު އެއުޅެނީ، ކޮންމެހެން ޔާމީނާ ދޭތެރޭ މާބޮޑު މަޤްބޫލުކަމެއް އޮވެގެނެއް ނޫން، މިއީ ކައުން ސިލްމެމްބަރުން ހިއްސާކުރާ ވާހަކަ، އިނގޭތޯ.

The name is already taken The name is available. Register?

ކައުންސެލަރު

15 June 2016

ހެޔޮގޮތެއް އެބައޮތްހެއްޔެވެ؟ ތަސްމީނަށް ތަބަކަށްލާފައި ދިނީމައި އެގޮތް ކަމަކު ނުދިޔައެވެ. މިހާރު ސީދާ ޑިމޮކްރަޓިކް އުސޫލުން ކަންތައް ގެންދަވަން މައުމޫން ވިދާޅުވުމުން އެގޮތްވެސް ކަލޭމެންނަކަށް ކަމަކު ނުދިޔައެވެ. ދެން ކަމުދާ ގޮތެއް ބުނެބަލާށެވެ. ވަނީކީ އެހެނެއްނޫނެވެ. މިވެސް އެމީހުންގެ ގޮތްޕެކެވެ. އެހެންވީމާ ގެއްލުނު އެތީގެ ބޮޑުކަމުން ދޭތެރެ ޖައްސައިގެންވެސް ވެރިކަން ފޭރިގަންނަން މަސައްކަތް ކުރަނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454