މާރުކޭޓުގައި މީހަކު މޭވާ ގަންނަން މަޑުކޮށްލައިގެން. ރާއްޖޭގައި ކާބޯތަކެތީގެ އަގު ބޮޑުވަމުން ދާއިރު އެންމެ ބޮޑަށް އަގުބޮޑުވަނީ މޭވާއާއި ތަރުކާރީ--ފޮޓޯ:ނިޝާ އަލީ/މިހާރު
03 ސެޕްޓެމްބަރ 2025 - 19:33
ކޮންމެހެން ބޭނުންވާ، އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެ އިދާރާއިން މިއަދު އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދައްކަ އެވެ.
ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ބުއިންތަކުގެ އަގު މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓް މަހު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު އެ ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ 1.58 ޕަސެންޓަށެވެ.
ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ.
ޒަރޫރީ ތަކެތީގެ ތެރެއިން އަގަށް ބަދަލެއް އައިސްފައިނުވަނީ ގޭހާއި ތެލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަތޭކަ
05 September 2025
ކޮންތާކު؟ ދިހަ ޕަސެންޓެއް ނޫން ބޮޑުވީ.. 100%
ދިރިއުޅުން ބޮޑު ވޭނަކަށް ވެއްޖެ
04 September 2025
ފިހާރަތަކުގަ ފެން ހިނދި ވަޅޯ ހަންޓޯޓޯވެފަ ހުންނަ ތަރުކާރީއާއި މޭވާވެސް މިހުންނަނީ ބޮޑު އަގު ޖަހާފަ ވިއްކަން. މިވެސް ޑޮލަރުގެ އަގު ބޮޑުވެގެން ވިޔަފާރިވެރިން އުޅޭ ނިކަމެތި ހާލުގެ ޒައްރެއްގެ މިންވަރު ހެއްޔެވެ؟ ރޯދަމަސް އަންނަ އިރަށް ތަކެތީގެ އަގު ބޮޑުވޭ، ވިއްސާރަ ވެއްޖެއްޔާ ތަކެތީގެ އަގު ބޮޑުވޭ، މާ ގަދައަށް އަވި ދެންޏާ ތަކެތީގެ އަގު ބޮޑުވޭ. ދެން ނެތެއް ނުން ސަލާމަތެއް!
އިޤްތިސާދު
04 September 2025
އެމްޑީޕީ ސަރުކާރުގައި ފްލޯޓިން ވެލިއު އޭކިޔާފައި 12 ހުރި ޑޮލަރު 15 ހެދީ، އިޤްތިސާދީ އެއްވެސް ދިރާސާއެއް ނުކޮށް އަދި އޭރު ބޯމަތި ވަމުން އައި އަދަވަޅުތަކަށް ނުބަލާ ނަޝީދު ބުނި ގޮތަށް ނިންމީ. މިކަމުގެ ނާޖައިޒް ފައިދާ ވިޔަފާރި ކުރާ ގިނަބަޔަކަށް ލިބި އިންތިހާއަށް އެއްވެސް ހަމައެއް ނެތި ތަކެތި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާތުތައްވެސް އަގުބޮޑު ކުރި. އެކަމުގެ ހިތި މިލިބެނީ އާންމު ރައްޔިތުންނަށް. މި ކޮރަޕްޓް ޖީލް ގޮސްފެން ނޫނީ ރާއްޖެއަށް ސަލާމަތެއް ނެތް.
މަނަސް
05 September 2025
ކޮންގައުމެއްގައިތޯ ޑޮލަރުގެ ރޭޓްގަ ތަޅުއަޅުވައިގެން އުޅެނީ؟ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރީމާ ތިކަން ހަމަޔަކަށް އެޅޭނީ.
ފެންނަތަން
04 September 2025
މޭވާ/ތަރުކާރީ ވިއްކާ ހުރިހާ ތަނެއް ނޫނިއްޔާ ގިނަތަންތަނުގައި ތިބޭތަން ފެންނަނީ މުޅިން ބިދޭސީން. ޚާއްސަކޮށް ބަންގްލަދޭޝްމީހުން. އެމީހުން އެތަކެތީގެ ވިޔަފާރިއަށް އަތްގަދަކޮށް ވެރިވެގެން އުޅޭކަމަށް ގިނަ މީހުން ކިޔަނީ. ހަމައެމީހުން ޑޮލަރުގެ ކަޅުބާޒާރުވެސް އޮޕަރޭޓްކުރާކަމަށްވަނީ. ބެންކަށް މާރުކުރާ އެއްޗެއް މާރުކޮށްފައި ކަޅުބާޒާރަށް ނެރެވެން އޮންނަ އަދަދު މަދުވިޔަސް އަގަށްލިބޭ ރުފިޔާ މަދުނުވާނެހެން އަގު އެޖެސްޓްކުރަމުން ގެންދަންޏާ އޭގެ އަސަރުކުރާނެ.
ވިސްނާކަލޯ
04 September 2025
މުއިއްޒުއަށް ނިމުނީ ޗުއްޓީ ދަތުރު އެޅި, ލާރި ބޭރު އެކައުންޓްތަކަށް ލެވެނިކޮށް
ކަރީނާ
04 September 2025
އިބޫ ނޫން ގޮތެއް ވަރަށް ސަޅި
އޮނަރަބްލް އަފީފު ދީދީ
04 September 2025
އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް ގައި ކުލި ނުހިމެނުނު ކަމަށްވިޔަސް މުދަލުގެ އަގު އުފުލެނީ މާތްވެގެންވާ ތިޔަ މުޤައްދަސްރަށްކޮޅުގެ ބިމުގައި މުދާތައް ޖެހޭހިސާބުންކަން ތިބޭފުޅުންނަށް އިގޭނެ. މިފަދަ ތަކެއްޗަކީ ނިއުޒީލަންޑް، އޮސްޓްރޭލިއާ، އެމަރިކާ، ބުރެޒިލް، ސައުތުއެފްރިކާ، މިސްރާއި ތުރުކީ ފަދަ ޤައުމުތަކުން ގެންނަތަކެތި ކަމަށްވިޔަސް މުދާގަތުމަށާއި ފުރޭޓަށް ކުރާ ޙަރަދަށްވުރެ ބޮޑުއެއްޗެއް ތިރަށު ބިންވެރިންނަށް ދޭންޖެހޭތީ މުދަލުގެ އަގު ބޮޑު ވަނީ.
ޔަގީން ކަމެއް
04 September 2025
ނަފްސާނީ މީހުން ރާއްޖޭގަ ގިނަވެއްޖެ.
އެޑްމުންޑޯ
04 September 2025
ވެރިންނަށް މިކަން ނޭގޭހެން ހީވަނީ ، އަދި ޚާއްސަކޮށް މަޖްލީހުގެ އިއްޒަތްތެރި ނަޒާހަތްތެރި މިންބަރުންނަށްވެސް މިކަން ރޭކާވެސް ނުލާހެން ހީވަނީ ، އެހެން ނޫންނަމަ ނޫސްވެރިން ފަހާ ދުވުމުގެ ބަދަލުގައި މިކަހަލަ ވާހަކއެއް ދައްކާ އަޑެއްވެސް އިވުނީސް ،
އޮނަރަބްލް އަފީފު ދީދީ
04 September 2025
ނަމުގެ ތެރެއަށް "މޯލްޑިވްސް" ލައިގެން މާލޭސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސް އަށް ވެސް ޤަބޫލު ކުރެވެނީ "ދިވެހި ރާއްޖެއަކީ" ކ.އަތޮޅު މާލެ ކިޔާ ރަށް އެކަނި ކަމަށްތޯ؟! އެހެންވެގެންތޯ "ޤައުމީ" ކިޔައިގެން ބަލަމުންދާ މިފަދަ ކަންކަމުގައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ ވާހަކަ ހިމަނާ ނުލަނީ؟ ތިރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ "ކުލީ އަޅުންނަށް" ތިރަށު މީހުންގެ ގެދޮރު ކުއްޔަށްދޭ އަގު ނުހިމަނަނީ އަސާސީ ހިދުމަތަކަށް ނުވާތީތޯ؟
އަލީ ދީދީ
04 September 2025
މާލެ މޭނިޔާ ޖެހިފަ ތިޔަހުރީ.
މުގުރިހަ
04 September 2025
އޮނަރަބްލްއަށް ލަފާ އަރުވަން މުގައްދަސް މާލެ ރަށުގެ ބޭފުޅަކާއި އަވަހަށް ކައިވެނި ބައްލަވައިގަންނަން! އޭރުން ފަހަރެއްގައި ބޭޅާގެ ބޮލުގައި ތިޔަ އެޅިފައިވާ ޒާތީ މަރުތަޅު ނައްޓައިގެން ދިއުން އެކަށީގެންވޭ!
1828
04 September 2025
ޕީ.އެން.ސީގެ މަޖިލިސް މެމްބަރުން މިކަން ޤަބޫލެއްނުކުރާނެ.