މީހުން ބްލެކްމެއިލްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން.-- ފޮޓޯ: ޕޮލިސް
07 ސެޕްޓެމްބަރ 2025 - 13:19
ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ މީހުންނަށް ބަޔަކަށް ބިރު ދައްކައި، އަދި ބަރަހާނަކޮށް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހު 31 ގައި ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެ 1 ގައި ހުންނަ އެޕާޓްމަންޓަކަށް އެ މީހާ ގެންދިޔައީ ފޭސްބުކް މެސެންޖާއިން އޭނާއާ ވާހަކަ ދައްކައި، އޭނާގެ ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއަށް ވަޅިން ބިރުދައްކައި، އޭނާގެ އެކައުންޓުން ފައިސާ ނަގައި، އަދި އޭނާ ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު އިތުރު ފައިސާ ހޯދުމަށް އެ މީހުން ޑިމާންޑުކުރި ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުހައްމަދު ސަމީރާއި ލ. ގަން، ތުނޑި، އަރާއިރު، އަލީ ހައިސަލް އެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މީހުން ހައްޔަރުކުރީ ހުޅުމާލެ 1 ގައި އެ މީހުން ތިބި އެޕާޓްމަންޓުންނެވެ.
ފުލުހުން ބުނީ އެ އެޕާޓްމަންޓު ބަލައި ފާސްކުރުމުން، އެކި މީހުންގެ އަތުން ފޭރިގެން ހޯދާފައިވާ ކަމަށް ބެލެވޭ ތިން މޯބައިލް ފޯނާއި ތިން އަތުކުރި ގަޑި އާއި ޑްރޯންއަކާއި ދޮއްޓަކާއި ދެ އަވިއައިނާއި ރިހި ފަށެއް އަދި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުން ހަ ވަޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ހައިސަލް ހަތަރު ދުވަހަށް އަދި މުހައްމަދު ސަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަ ދައްކައި، ބަރަހަނާ ވީޑިއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ގެންގޮސް، މީހުންގެ އަތުން ފޭރެން އެ ދެ މީހުން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އިތުރު ދެ މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެމީހުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ހުރި ނަމަ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމީލް އުސްމާން
08 September 2025
ރިޕޯޓުކުރިއަސް ނިމޭއިރު ގޯސްވާނީ ކުރިމީހާ
ކޮރަލް
07 September 2025
ފޭރުމާ ބްލެކް މެއިލް ކުރުމާ ނާސިގެ ތައް އެހާ ގިނަ އިރު ، ކުއްޔަށް ދޭއިރު ވެރިފަރާތުން ވިސްނާލަން ޖެހެ އެވެ. ކުއްޔަށް ދިނަސް އަހަރަކު އެއްފަހަރު ނަމަވެސް އުޅޭ ބަޔަކު ބަލާލަން ވީ އެވެ. ކުއްޔަށް ދިނުމަށް ފަހުވެސް ގާނޫނާ ހިލާފް ކަމެއް ކުރާ ނަމަ ނޯޓިސް ދީ އެތަނުން މީހުން ނެރެ އެހެން ބަޔަކަށް ކުއްޔަށް ދޭން ވީ އެވެ. މިއީ ތަހުގީގު ނިމެންދެން ބަންދު ކުރަން ޖެހޭ ވަރުގެ މައްސަލަ އެކެވެ.
މޮރަލް
08 September 2025
ކިހިނެއް ތިބުނާހެން ބަލަނީ؟ ގެދޮރު ކުއްޔަށްދީފައި، ގޭގެ ވެރިފަރާތުން އެޅުނީ، އެތަނުން ލިބޭ ނަފާއިން ރާއްޖޭން ބޭރުގައި.
ބައިރަހާ
07 September 2025
ބަރަހަނާ މަންޒަރު އެބަހުއްޓޭ ބުނުމުން ހުރޭތަ؟ ހުންނަ ކަމަށް ގަބޫލުކުރާނީ ބަރަހަނާ މަންޒަރު ހުންނަ ބައެއް. އަހަރެން ކާރީގައި އެހެން ބުންޏަސް އަހަރެންނަށް އެނގޭނެ އަހަރެންގެ ބަރަހަނާ މަންޒަރެއް ނުހުންނާނެކަން.
ފަހުދު.
07 September 2025
އެބަހުރި
އެވައްތަރަށް އުޅޭތީ ބިރުދެއްކެނީ.......
07 September 2025
ހުޅުމާލޭގައި ހުންނަ އެޕާރޓްމަންޓަކަށް ދާނީ ތިމީހަކު ވެސް ވިޔާނުދާކޮށް އުޅެފައި ހުރީމަތާ އެވެ. ގައިމުވެސް މަށަކަށް ބިރެއް ނުދެއްކޭނެ އެވެ. އެގޮތަށް އުޅެފައި ނޯންނާނެތީ އެވެ.
ޏާއްކޮ
07 September 2025
ގޮތަކަށް ނޫޅުނަސް މިޒަމާނަކީ އޭއައި ބޭނުންކޮށްގެން މީހެއްގެ މޫނު އެކަނި ލައިގެން ވެސް ބަރަހަނާ މަންޒަރު ހެދޭ ޒަމާނެއް. ވަރަށް ވެސް ބިރުވެރި. ސޯޝަލް މީޑިއާ އަށް އެއްވެސް ބޭފުޅަކު ފޮޓޯ ވިޑިއޯ ނުލައްވާ.
ލަސް
07 September 2025
ކަލޭތީ ވަރަށް ގަދަ މީހެކޭ. ދެން ތިވަރަށް އިސްތިހާނުވިޔަސް އޯކޭވާނެ
އެންމެން ހެޕީ
07 September 2025
ދޫކުރަނީ ކޮން އިރަކުން
ގާޟީ
08 September 2025
ގާޟީ ކައިރިން އަހާލާ