ޑޮލަރުތަކެއް: ވިޔަފާރިތަކަށް ބީއެމްއެލްއިން ވިއްކި ޑޮލަރުގެ އަދަދު ވަނީ އިތުރުވެފައި --- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2025 - 20:01
ރާއްޖޭގެ ވިޔަފާރިތަކުން ހިންގާ ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމަށް، މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ 12 މަސް ދުވަހު ޓީޓީ ހެދުމަށް އެ ބޭންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު އެކަނި ވެސް ޓީޓީ ހެދުމަށް 73 މިލިއަން ޑޮލަރު ވިއްކާފައިވާ އަރާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ޑޮލަރު ވިއްކި އަދަދު އިތުރުވެފައިވަނީ، ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެދެވޭނެ އަދަދުގެ ނިސްބަތް ވެސް އިތުރުކޮށްދިނުމަށްފަހު އެވެ.
އެގޮތުން، މިދިޔަ އަހަރު ޓީޓީ ހަދަން ވިޔަފާރިތަކުން އެދުނު އަދަދުގެ ތެރެއިން ދޫކުރީ ފަސް ފަސެންޓާއި 10 ޕަސެންޓުގެ އަދަދެކެވެ. ނަމަވެސް މިއަހަރު ވިޔަފާރިތަކުން އެދުނު އަދަދުގެ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދެއް ވަނީ ދޫކޮށްފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ތާށިކަން ހައްލުކުރުމަށް، ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަށްފަހު އޭގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ވަނީ ބޮޑުކޮށްފަ އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.
ނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖަައްސައިފަ އެވެ. އެއާއެކު، އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ހެދުމަށް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓް މިދިޔަ މަހު ވަނީ އިތުރުކޮށްފަ އެވެ.
އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 ޕަސެންޓަށް އިތުރުވުމެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު މިހާރު އުޅެނީ 30 ޕަސެންޓުގަ އެވެ. އެކަމަކު، އަމާޒަކީ އެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ ވިއްކާ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސަ
08 September 2025
ވިޔަފާރިވެރިން ބޭނުންވާ ޑޮލަރުގެ ތާށިކަން ފިލުވަން ބެންކުން 73 މިލިޔަން ޑޮލަރު ޖުލައި މަހު ދޫކުރި ވާހަކަ މިއޮތީ! އެކަމަކު ކޮވިޑްގެ ތަދުމަޑުކަމުގައިވެސް އާންމު ކާބޯތަކެތީގެ އަގުތައް ނުއުފުލޭ ވަރަށް އަގުތައް އުފުލިފައި މިވަނީ! ވިޔަފާރިވެރިން އުޅެނީ އެއްފަހަރާ މިލިޔަނަރުންނަށްވާން! އަޅުގަނޑަށް ފެނޭ ކޮންމެ މަހަކު 73 މިލިޔަން ޑޮލަރު އެސްޓޯއޯއަށް ފޯރުކޮށްދީގެން ކާބޯތަކެތި ގެނަސް ރައްިތުން އަތްފޯރާ އަގުގައި ވިއަކަން! މީހާރު އާފަލެއް 10 ރުފިޔާއަށް!
އަސް
08 September 2025
މާ ބައިވެއް ނޫން ތީކީ އެއް %100 އިމްޕޯޓް ކުރާ ޤައުމަކަށް،
ލެނީ
08 September 2025
ޓީޓީ އަށް ތިވަރަށް ހޭދަ ކުރާއިރު އެހެން ކުޅިވަރުތަކަށް އެއްވެސް އެއްޗެއް ނެތީ!؟
ކޮރަލް
08 September 2025
ބީއެމްއެލް އިން 73 މިލިއަނަށް ވުރެ ގިނަ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހަމަޖައްސައިދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. މީގެ ތެރެއިން ގިނަ ފައިސާ އަކީ ރާއްޖޭގަ ވިޔާފަރި ކުރާ ބިދޭސީން ޓީޓީ ހަދަން ނަގާ ފައިސާ އެވެ. ދިވެހީންގެ ވިސާ ކާޑޤ ތައް ވެސް ބިދޭސީން އަތުގަ އެވެ. އެއިން އޭޓީއެމް އިން ފައިސާ އާއި ޑޮލަރު ނަގާ އިރު ބޭންކް އިން ނުބަލަ އެވެ.
ނަސޫ
08 September 2025
ބީ.އެމް.އެލް މެދުވެރިކޮށް ޓީހަދަނީ އެމީހުންދޭ ޑޮލަރަކުން ނޫން ބޮޑު އަގުގައި ޑޮލަރުގަންނަނީ. ކޮންމެހެން ދޮގުހަދާނެ ކަމެއް ނެތް ބީ.އެމް.އެލް ގެ ފަރާތުން
ޖަގޭ
07 September 2025
ޖުލައި މަހު އެންމެ ފަހަރަކު ބޭންކުން 30% ޑޮލަރ ސަޕޯޓްދިން އޭގެ ފަހުން ލިބެނީ 18.5% ރ.މީހާގެ ފަހަތްބަލައިގެން ބޭންކުވެސް ދޮގުހަދަން ފެށީތާ؟؟؟
ސަރީފުބޭ
07 September 2025
ދަރިން ބަލާބޮޑު ކުރަން މައިން ބަފައިން އުމުރު ދުވަހު މަސައްކަތް ކުރި، އެކަހަލަ ވާހަކަ އެއްނު ތީ؟
ދައިގަންނަގުރާ
07 September 2025
އާނ ދޯ! ޓީޗަރަކު 30 ދަރިވަރަކަށް އުނގަންނައިދީފި. ބަޔަކު މީހުންނާއި ހަވާލުވެފައިވާ ޒިންމާ އަދާކުރުމަކީ އެއި އޮތްކަމެއް. އެހެނޭ ކިޔާފަ ތަންތާގަ އަމްބާކިޔުމަކީ ނެތްކަމެއް.
ޓީމޫ
07 September 2025
ތިއީ އާންމު ރައްޔިތުން އަތުން ޓެކްސް ނަގާނެކަމަށް ބުނެ ހުއްޓުވި ޓީމޫގެ ވިޔަފާރިން ބާކީވި ޑޮލަރު ނޫންބާ.
ހާސަރު
07 September 2025
ކަނޑައެޅިގެން ބޮޑުދޮގެއް! ކޮންވިޔަފާރިއަކަށްތަ %30 އާއި %50 އަށް ޑޮލަރ ދިނީ؟! %15 ވެސް ދެނީ މަދުބަޔަކަށް!
މަބުނީ
07 September 2025
ތިޔަ ދޫކުރާ މީހުންގެ ލިސްޓެއް ނެރެން މަށަށްފެންނަނީ. ތަރުކާރީއާ މޭވާގެ ވިޔަފާރި ކުރާމީހުންނަށް ދޫކުރޭބާ؟