ބ. ދޮންފަނު ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި އެމްޓިސީސީގެ ސީއީއޯ އަހުމަދު ސައުދީ ސޮއި ކުރައްވަނީ. ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު ބިން ހިއްކުން ހުއްޓާލިޔަސް އެހެން މަޝްރޫއުތައް ކުރިއަަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 12:37
ބ. ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ރަށުގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ރަށުގެ ބިން ހިއްކުމާއި ބަނދަރުގެ ނެރު ބަދަލުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެއެވެ. https://t.co/YpF5yvIe7y
— Abdulla Muththalib (@muththo) September 9, 2025
ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާ ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމުން ރައީސް މިއަދު ވަނީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމަވައިފަ އެވެ.
ރަައީސްގެ އެ ނިންމެވުމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަަމަށެވެ.
އެ ރަށު ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގައި 73 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި 1276 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 314 މީޓަރުގެ ބޮޑުހިލައިގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ދެ މީޓަރުގެ ދިގު 24 މީޓަރުގެ ފުޅާ ޖެޓީ ހެދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ނިންމުމަށް ފަހު، ބަދަލު ގެންނަން ޖެހުނީ، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް އެކަން ނުކުރަން ގޮވާލަމުންދާތީ އެވެ.
ހަނިފަރު އޮންނަނީ ދޮންފަނުގެ އިރުން ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.
ސަރުކާރުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ވަރަށް ތަފާތު އަދި ހާއްސަ ގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމްހީދު ގާސިމް
11 September 2025
ރައްޔިތުންނަށް ދަތިވާ ކަމެއް އޮތިއްޔާ ވާނެ. ކޮށްދޭނެ.
ފިރާޝް ޖައުފަރު
10 September 2025
މީމިދައްކާވާ ވާހަކަ އަކީ މިހެންވެ ރައީސް ވަރެއް ނެތޭ ބުނަނީ
ރުފާއު އައްބާސް
10 September 2025
ކޮންމެ ގޮތެއް ވިޔަސް ރަނގަޅު ގޮތް ސަރުކާރުން ހެދީމަ ދެން އެކަމަށް ޖެއްސުން ކުރުމަކީ ޒިންމާދާރު ކަމެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
09 September 2025
ލައްކަ ޒަމާނަށް ފަހުގައި "ރައްޔިތުނާއި ޤައުމުގެ ހާލަތު ބަދަލު ކުރުމަށްޓަކާ" މަރަށް ފުރާނައަށް ބެލުމެއްނެތި ނިކުމެ ޤާނޫނުއަސާސީ އިސްލާޙްކޮށް 30 އަހަރުގެ ވެރިކަމުގައި ހުރިމީހާ ވެރިކަމުން ދުރުކޮށް މަލްޓިޕާޓީ ޑެމޮކްރަސީގެ ތެރެއިން 4 ވެރިކަން ލިބިގެން ދިޔައިރުވެސް ރާއްޖޭގައި ހުރި ޙަޤީގީ މައްސަލަތަކާއި ކުރިމަތިލާ "ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތުވެ އައްސޭރިއަކަށް ގެންދިއުމަށް" އެއްވެސް ސަރުކާރަކުން މާނަވީ ގޮތަކަށް މަސައްކަތް ކުރާތަނެއް ނުފެނޭ.
އޮނަރަބްލް އަފީފު ދީދީ
09 September 2025
ހދ ހިރިމަރަދޫ ރައްޔިތުން ދެއްކި ނަމޫނާއާއި އެއްގޮތަށް ރަށް ހިއްކައިގެން ވެސް ބިން ބޮޑުކުރުމުގެ ފުރުސަތުނެތް ކުދިކުދި ރަށްރަށުގައި ދިރިއުޅޭ ބ.އަތޮޅު ރައްޔިތުން ވެސް އެބަޖެހޭ ތިމާއާއި ދަރިން އަދި އަންނާންއޮތް ޖީލަށްޓަކާވެސް މިކަމުގައި ރަނގަޅުނިންމުމެއް ނިންމާ ބ.އަތޮޅުގައި މީހުން ދިރިއުޅޭނީ އޭދަފުށި، ތުޅާދޫގެ އިތުރުން ބިން ހިއްކައިގެން އެންމެބޮޑަށް ބިން ބޮޑު ކުރެވޭނެ ފުރުސަތު އޮތް 2 ރަށާއި އެކު މުޅި ޖުމްލަ 4 ރަށުގައި ކަމަށް ކަޑައަޅައި ކުރިއަށްދާން.
އޮނަރަބްލް އަފީފު ދީދީ
09 September 2025
ބ.އަތޮޅުގެ 13 ރަށާއި، ފ.އަތޮޅާއި ވ.އަތޮޅުގެ ރަށްތަކުގެ ތެރެއިން އާބާދީގައި 1000 މީހުން ހަމަނުވާ ހުރިހާ ރަށެއްގެމީހުން އެއަތޮޅުތަކުގެ ބިން ބޮޑު 2 ނުވަތަ ތިން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ރައީސްގެ ޤަރާރަކުން ވިޔަސް މިއަހަރަު ފައްޓަވާ 2028 ގެ ކުރިން އެކަންކޮށް ނިންމުން ރަނގަޅު. މިގޮތަށްބަދަލުކުރާ ރަށްރަށުގެ ރައްޔިތުންގެތެރެއިން ރަށުގައި ގޯތި އޮތް ކޮންމެމީހަކަށް ބަދަލުވާ ރަށުން އެ ސައިޒުގެ ބިމެއްގައި 4 ކޮޓަރީގެ ގެއެއް ދައުލަތުން އަޅާ ދެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
09 September 2025
އާބާދީ އެއްފަސް ކުރަން ފަށައިގަތުމަށް މަތީގައިދެންނެވި 3 އަތޮޅުގެ ކުދިއާބާދީތަކަށް އަދުލުވެރި ބަދަލުދިނުމަށް އެ ބިމުގައި 4 ކޮޓަރީގެ ގެއެއް އެޅުމުގެ އިތުރުން 5 އަހަރު ވަންދެން އެގޭގެ ކަރަންޓާއި ފެން ބިލުން %50 ގެ ޑިސްކައުންޓް ދިނުމާއި، ކަޑައެޅޭމުއްދަތަކަށް ހަނޑޫ ފުށް (ހަކުރު ދީގެންނުވާނެ) އަދި ގޭސް އެސްޓީއޯގެ ފަރާތުން ދިނުން ރަނގަޅު. ފައިސާގެ އެލަވަންސް ދިނުމަކީ ވައްކަމާއި ޙިޔާނާތަށް މަގުފަހިވާނެކަމެއް. އަދި ފައިސާ އެހެންބޭނުންތަކަށް ބޭނުންކުރާނެ
އޮނަރަބްލް އަފީފު ދީދީ
09 September 2025
މިދެންނެވި 3 އަތޮޅު އެއްފަސްކުރުމާއި އެކުއެކީގައި 50 އަހަރުގެ ޤައުމީތަރައްޤީގެ މަޝްރޫއުތައް އަމާޒުކުރާނީ ކެލާ، ފިއްލަދޫ، އުލިގަމު، މޮޅަދޫ، ހޯރަފުށި، ވަށަފަރު، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ގަން، ވިލިގިލި، ފަރެސްމާތޮޑާ، އަދި އައްޑޫސިޓީއަށް ކަމަށް ޤާނޫނަކުން ނިންމުމަށްފަހު ކ.މާލޭމީހާވެސް ހިމެނޭގޮތަށް، މިރަށްތަކުން ގޯތިދޫކުރޭ.
ބޯޓުދެލި
09 September 2025
ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތްކުރަން ގިނަފަހަރަށް ހަދާގޮތަކީ ގޮނޑުދޮށަށް ފަސްއަޅާ ފޮރުވާފަ ބޭރުން ބޮޑުހިލަ ޖަހަނީ. ދެން އެކުރާ އެހިމާޔަތެއް ކުރުމަށްފަހު ގޮނޑުދޮށް ބަލަން ބޭނުމިއްޔާ ވަޅެއް ކޮނެގެން ފައިބާއޮވެ ބަލަންޖެހޭނީ.
ރާވެރިބެ
09 September 2025
ދޮންފަން ކަހަލަ ކުދިކުދި ރަށްށުގެ ގޮޑުދޮށް ހިމާޔަތް ކުރަންށޭ ކިޔާފަ ޚަރަދު ބޮޑު ތިމާވެއްޓާ ނުގުޅޭ ކޮންކްރީޓް ތޮށިލުން ވެސް ގޯސް. އެނޫން ހައްލެއް ބޭނުން. މާބޮޑަށް ގިރާނަމަ ހުރިހާ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކޮށްލާ. އެންމެން ހެޕީ!