ދިވެހި ދަރިވަރުން މެޑިސިން ކިޔަވަން ފައިސާ ދެއްކި ޒީޑް އިން މާލޭގައި އިސްތިހާރު ކުރަނީ--
10 ސެޕްޓެމްބަރ 2025 - 19:18
ޑޮކްޓަރުކަން ކިޔަވަން ބޭރަށް ދާން އުޅުނު ދަރިވަރުންތަކަކަށް އޮޅުވާލައި، މަކަރު ހަދައި މޯލްޑިވްސް ކްރިކެޓް ބޯޑު (ސީބީއެމް) ގެ އިމާރާތް ނަހަމަ ގޮތުގައި ބޭނުންކުރި އެ ތަނުގެ މުވައްޒަފަކަށް ފިޔަވަޅު އަޅައިފި އެވެ.
ރާއްޖެ އިން ބޭރަށް ޑޮކްޓަރުކަން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކުން ޖާގަ ހޯދައިދީ، ފައިސާ ނެގުމަށް ފަހު ކިޔެވުން ނުފެށި އަނބުރާ ރާއްޖެ އަންނަ ޖެހުނު މައްސަލަތަކެއް މިދިޔަ ދެތިން ދުވަހު ވަނީ ފެންމަތިވެފަ އެވެ.
"ޒީޑް އިންޓަނޭޝަނަލް" ކިޔާ ކުންފުންޏެއް މެދުވެރިވެގެން ޑޮކްޓަރުކަން ކިޔަވަން ގޮސް އަދި ދާއިރާތަކަށް ހާއްސަ ވާން ބޭނުންވި ދަރިވަރުންތަކެއްގެ އަތުން ފައިސާ ނެގުމުގެ ކަންކަން ރާއްޖޭގައި ކޮށްފައި ވަނީ ކްރިކެޓް ބޯޑުގެ އޮފީހުގައި ކަމަށް ވެ އެވެ.
އެކަމާ ގުޅިގެން، ކްރިކެޓް ބޯޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އެ ބޯޑުގެ އޮފީހަށް ފުލުހުންނާ އެކު، އިތުރު ބަޔަކު ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބިގެން އެ ތަނަށް ބޯޑުގެ ސީނިއާ މެނޭޖްމަންޓު ފަރާތުން ދިޔަ ކަމަށެވެ.
އެ ތަނަށް ގޮސް ބެލި ބެލުމުގައި ބޯޑުގެ އޮފީސް އިމާރާތަށް ރަަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބިދޭސީ މީހަކު ވަދެފައިވާތީ އާއި އޭނާ އޮފީހަށް ވެއްދުމުގައި ކްރިކެޓު ބޯޑުގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، އެ މުވައްޒަފާ މެދު ބޯޑުން ފިޔަވަޅު އަޅާފައިވާ ކަމަށް ކްރިކެޓް އެސޯސިއޭޝަނުން ބުންޏެވެ.
އެ މައްސަލާގައި ތުހުމަތު ރައްދުވާ އަދި 2023 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޒީޑް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ.
އެ އެޖެންސީން ފިލިޕިންސަށް ގެންދިޔަ ދަރިވަރުން ކޯހުގެ ކިޔެވުން ނުފެށި ބައެއް ދަރިވަރުން ރާއްޖެ އަންނަން ޖެހުނު އިރު އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމުގެ ތުހުމަތު ވެސް އެބައޮތެވެ. އެގޮތުން 10،000 ޑޮލަރުގެ ޓިއުޝަން ފީ އަށް ވެސް އެ އެޖެންސީން 40،000 ޑޮލަރު ނެގި ކަމަށް ތުހުމަތު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
12 September 2025
ސްކޭމް ގަ ޖެހެނީ ހަމައެކަނި ނުކިޔަވާ ތިބޭ މީހުންނެއް ނޫން. ނުކިޔަވާ ތިއްބަސް ވަރަށް ތޫނުފިލި މީހުންއުޅޭނެ. ހަމަ އެހެންމެ ޕީ.އެޗް.ޑީ އެއް އޮތަސް ވަރަށް ގަމާރު މީހުންގެ ގޮތުގަވެސް ތިބޭނެ. މެޑިކަލް ޑޮކްޓަރުންވެސް ހަމަ މިގޮތް. ގަމާރު މީހުން އުޅޭނެ ހަމަ ސްޕެޝަލިސްޓުން ވެސް. މީ ބަޔަކަށް ކުރާ މަލާމާތެއްނޫން. ތެދު ހަގީހަތް.
މިސްޓަރ ވާން
12 September 2025
ދެން ފެންނާނީ ތިޔަ ޒީޑް ކުންފުނީގެ ވެރީން ނަށް ސަރުކާރުގެ ބޮޑެތި މަޤާމު ތަށް ދޭ ތަން ކަންނޭންގެ ދޯ ؟؟؟ ޝަރުތު މި އޮއް ހަމަވީ.......
އެކަލޯ
12 September 2025
އެހާގިނަ ފައިސާ އެއްފަހަރާ ދޫކޮށްލާއިރު އެ ޔުނިވަރސިޓީތަކާ ކޮމިއުނިކޭޓްކޮށްނު ބެލީކީއްވެތޯ؟ ކަންކަން ފަސޭހައިން އަމިއްލައަށް ކޮއްލެވެން އޮތް މިޒަމާނުގައި، މިބާވަތުގެ ކަންކަން ކުރަން މެދުވެރިޔަކު ބޭނުންކުރަނީ ކީއްވެބާއޭ ހިތަށްއަރާ. ދަރިވަރުގޮވައިގެން ބެލެނިވެރިޔާ ތިޤައުމުތަކަށް ގޮސް ޔުނިވަރސިޓީގެ ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކޮށް އެޑްމިޝަން ހޯދިނަމަވެސް ތި ފައިސާ ޚަރަދުކުރާކަށް ނުޖެހުނީސް.
ދެދުވަސްވީ.
11 September 2025
ތި ތިން މީހުންގެ ފޮޓޯއާއެކީ ޖަހާބަލަ ޚަބަރު. ފިޔަވަޅުއެޅީޔޭ އެޅީޔޭ އެޅީ ކޮން ފިޔަވަޅެއްތޯވެސް އަހާލާނެ ނޫސްވެރިޔަކު ނެތް. ނޫސްވެރިންވެސް ހާދަ ކަންނެތޭ ދޯ.
ފތޗގތޔގ
11 September 2025
ރަނގަޅުވާނެ، ހަރާން ކަންކަމުން ކުރިއެރުން ލިބޭނީ މި ރާއްޖޭގަ
ކޮރަލް
11 September 2025
ޒީޑް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ. ފިޔަވަޅު އަޅަން ޖެހޭ ބަޔަކީ މިއީ އެވެ.
ހޮޅިކަން
10 September 2025
ސްކޭމްތަކުގައި ޖެހެނީ ނުކިޔަވާ ތިބި މީހުންނޭ ބުނެވޭކަށް ނެތް
ޑރ ވާންޗޯ
10 September 2025
ކްރިކެޓްބޯޑުން އާދައިގެ މުވައްޒަފަކަށް ފިޔަވަޅުއަޅާފަ ބަޔާންނެރުނީމަ ޕޮލިސް ތިކަންގަބޫލުކޮށްފަ ނިންމާލާނީބާ. ކޮރަޕްސަން ހިންގި އެޖެންސީގެ ބޮޑުންތިތިބީ ކްރިކެޓްބޯޑުގެ ވެރިންގެގޮތުގަ.
ޠޫބާ
11 September 2025
.... ހަބަރު ނުކިޔަންދޯ. ޢެ މުވައްޒަފު އެތަނަށް ފުލުހުން ވެއްދީމަ އިނގޭތޯ ފިޔަވަޅު އެޅީ. މުވައްޒަފަށްވުރެ ތިބޯޑު މެމްބަރުންގެ މައްސަލަ މާބޮޑު.
ޢަލިސް
10 September 2025
މަކާރާއި އޮޅުވާލުމުގެ ފަދަ ކުއްތަކަށް ހައްޤު އަދަބު ނުދެވުމުގެ ސަބަބުން ސްކޭމް ޖެއްސުމަކީ ވެސް މިޤައުމައި މަސްތުވާތަކެތި ބޭނުން ކުރުން ކަހަލަ އާއްމު ކަމަކަށްވެއްޖެއެވެ.