ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
26 މާޗް 2017 - 14:12
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އޮޅުވެލި ރިސޯޓުގައި މިރޭ ބާއްވަން ނިންމި ޕީޕީއެމް/ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން މާލެ އަށް ބަދަލުކޮށްފި އެވެ.
ކުރިން ހަމަޖައްސާފައި އޮތީ، މެންދުރު ފަހު މެމްބަރުން ރިސޯޓަށް ވަޑައިގެން މިރޭ އެތަނުގައި ބައްދަލުވުން ބާއްވާށެވެ. އެކަމަކު އެ ނިންމުން ބަދަލުކުރި ކަން މީގެ ގަޑިއެއްހާއިރު ކުރިން މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.
ޕީޕީއެމްގެ މެމްބަރަކު ވިދާޅުވީ ރިސޯޓުގެ ބަދަލުގައި ބައްދަލުވުން މާލޭގައި ބާއްވަން ނިންމައި، މީގެ ގަޑިއެއްހާއިރު ކުރިން މެސެޖް ލިބިފައިވާ ކަމަށެވެ. ޕީޕީއެމްގެ އާ އޮފީސް ހުޅުވި ފަހުން، ޕީޖީ ގްރޫޕްގެ ބައްދަލުވުން އާއްމުކޮށް ބާއްވަނީ އެ އޮފީހުގަ އެވެ.
ރިސޯޓުގެ ބަދަލުގައި މާލޭގައި ބައްދަލުވުން ބާއްވަން ނިންމިއިރު، އެނގިފައިވާ ގޮތުގައި އެކި ސަބަބުތައް ދެއްކެވުމަށް ފަހު، ރިސޯޓަށް ނުދެވޭނެ ކަން ބައެއް މެމްބަރުން ވަނީ އަންގައިފަ އެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހަައްމަދުގެ ރިސޯޓަށް މެމްބަރުން ފުރަން ކުރިން ކަނޑައަޅާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މާދަމާގެ ޖަލްސާއަށް އެ މެމްބަރުން މާލެ ވަޑައިގަންނަވަން ރިސޯޓުން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނު 7:45 ގަ އެވެ.
މެމްބަރުން ރިސޯޓަށް ވަޑައިގަންނަވާއިރު، ޖަލްސާ އަށް ތައްޔާރުވެވޭ ގޮތަށް ހުދު ގަމީހާއި ޓައީ ގެންދެވުމަށް ވެސް މެމްބަރުންނަށް ވަނީ އަންގަވައިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގައި ޖުމްލަ 51 މެމްބަރުން ތިއްބަވަ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. މިހާތަނަށް މަޖިލިހުގައި ނެގި ބޮޑެތި ވޯޓްތަކުގައި އިދިކޮޅު ފަރާތްތަކަށް ގިނަވެގެން ހޯދިފައި ވަނީ 31 ވޯޓެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މިފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލާސްޓް
27 March 2017
ހިނިއަންނަނީ ފުޓްބޯޅަޓީމެއްތަ އަޅެ ގެންދަން މިއުޅުނީ. މިކަން ވެސް އަތައް މިގޮވީ.
ނާސިރު
26 March 2017
މެންބަރުން މިނިވަން ވާން ލިބޭ ރަންގަޅު ފުރުސަތެއް މި ފުރުސަތުގެ ބޭނުން ރަންގަޅު ގޮތުގައި ހިއްޕަވާނެ ކަމަށް އުންމީދު ކުރަން.
ކަންނެލި
26 March 2017
ތިޔައީ ރަނގަޅު ފިޔަވަޅެއް އެކަން އެ ވަނީ ނިމިފަ ދެން ބޭކާރު ޚަރަދެއްކުރަން ރިސޯޓަށް ދިޔުމަށްވުރެ ރަނގަޅީ ތިގޮތް
ޕޮކަންޑިތޭޗޭ
26 March 2017
މަސީހު ވަކިކުރަން ވޯޓުދޭ މެންބަރުން ދެވަނަ ދައުރަކަށް ހޮވޭނެކަން ކަށަވަރު އިރާދަފުޅުން.
އަލީ
26 March 2017
ތިމެންބަރުންކޮޅު ރިސޯޓައްގެންދެވުނުނަމަ މާދަމާ އިދިކޮޅައް ވޯޓުލާނެހެން ހީވާ އެއްވެސް މެންބަރަކައް ޖަލްސާޔައް މާލެ އެރޭނެކަމަކައް ނުފެނޭ. މަބުނާނެ ވާހަކައެއްނެތް ކިރިޔާވެސް ގޮތެއްއޮތިއްޔާ މިރޭގެ ޖަލްސާޔައްވެސް ނުގޮސްވޭތޯބަލާ ކޮންމެފަދަ ގޮތެއްވެސް ހަދާލަފާނެ. މާދަމާގެ ވޯޓުން މަސީހު ވަކިކުރެވިއްޖިއްޔާ ތިމެންބަރުންނައްވެސް ކުރިޔައް އޮތްތަނުގަ ކޮންމެވެސް ވަރެއްގެ އިތުރު މިނިވަންކަމެއް ލިބޭނެކަމައް ފެނޭ.
އަޅު ގަނޑު
26 March 2017
މިގޮތަށް ފެންނަ ހިސާބުގަ ހިފަހައްޓާފަ ބޭތިއްބީމަ ޢިއްޒަތްތެރި މެމްބަރުންނަށް ހާދަ ދެރައޭ، ލިބެން އަންނަ ފައިސާ ގޯންޏަކާވެސް ލައްވާނުލާފާނެ ތޯއްޗެ
ީއިންސާފު
26 March 2017
ބަލަ ދެންކޮންތެޅުމެއްތިޔަ ތެޅެނީ ވޯޓް އިދިކޮޅުމިހުންނައް ނުލިބޭނެކަން ޔަޤީންވާއިރު ތިކަމުން ވެސް އިންގެނީ ޔާމީން އައް މެންބަރުންގެ ޔަޤީކަން ނެތްކަންދޯ
ޕީޖީ
26 March 2017
ބަލަ އިއްޔެގަ ވެސް ތިޔަ ބައްދަލުވުމެއް ބޭއްވީމެއްނު....އަނެއްކާ އަތަށް ގޮވަނީބާ..؟؟ ހާދަ ހާސްވެގެން ނޭވާ ހޮޅިޔަށް އެޅިގެން އުޅޭހެން ހީވެޔޭ
ޔާ ގުންޑޭކީ
26 March 2017
ޔާމީނައް މިކުރާ ވެރިކަމައް ދެނީ ކޮންކަހަލަ ރިޕޯޓެއް
ރިޕޯޓް
26 March 2017
އޭ ރިޕޯޓެއް
އިތުބާރު
26 March 2017
މެމްބަރުންގެ އަސްލު އެއްވެސް އިތުބާރެއްނެތް. ފައިސާގެ ބޭނުމުގަ ތިބި ބަޔަކާއި ބިރުން ތިބި ބަޔަކު ބާކީ ތިބީ. އެމީހުންނަށް އެހެން ބަޔަކު އެފައިސާ ދޭނެކަމަށް ގެރެންޓީ ދޭއިރަށް އެމީހުންވެސް ދާނެ ދެން ބިރުން ތިބި މީހުން ތިބޭނީ މިކަމުން ސަލާމަތްވެވޭނެ ރަނގަޅު ފުރުސަތަކަށް ބަލަބަލާ. މިއީ އެކަހަލަ ފުރުސަތެއްހެން އެމީހުންނަށް ހީވުން އެކަށީގެންވޭ.