އެމްޑީޕީން އއ. ބޮޑުފޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.
12 ސެޕްޓެމްބަރ 2025 - 00:46
ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަމުން އަންނަ އިސްލާހުތައް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެެ އެވެ.
އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ އިބޫ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް އަބަދުވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ސިޔާސީ ބާރުވެރިކަން ދޫކޮށްލައި މާލީ ބާރުވެރިކަން ރަށްރަށުގެ ކައުންސިލުތަކަށް ދީގެން ނޫނީ ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ.
އެހެންވެ، ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނުތައް ކުރީގެ ވެރިކަމުގައި ގެނައީ ބުރަ މަސައްކަތްތަކަކާ އެކު ކަމަށް އިބޫ ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމާ ބެހޭ ގާނޫނާ ބެހޭ ޑްރާފްޓް އެކުލަވައިލުމުގެ މަސައްކަތުގައި ކައުންސިލަރުންނާއި މިނިސްޓްރީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް އޭރު މަޝްވަރާ ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.
ބޮޑުފޮޅުދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބޫ ބައިވެރިވެވަޑައިގަންނަވަނީ.
އިބޫ ވިދާޅުވީ، އެ މަނިކުފާނު އެ ޑްރާފްޓް ކެބިނެޓަށް ހުށަހެޅުއްވުމުން، ހުރަސްތަކެއް ކުރިމަތިވި ކަމަށާއި ގާނޫނަކަށް ވެއްޖެ ނަމަ ސަރުކާރު ހިންގަން ދަތިވާނެ ކަމަށް އޭރުގެ ބައެއް ވަޒީރުން ވެސް ދެކެވަޑައިގެންނެވި ކަމަށެވެ. އެކަމަކު އޭރު ވެސް އެ މަނިކުފާނު ގަބޫލުފުޅު ކުރެއްވީ އެއީ ރާއްޖެ އަށް މުހިއްމު ގާނޫނެއް ކަމަށް އިބޫ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު ގަސްދުކުރީ އަދި އެއީ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރާ ކަމަކަށް ވާތީ މި ރާއްޖެ ތަރައްގީ ކުރެވޭނީ އެ ނިޒާމުގެ ތެރެއިން ކަމަށް ގަބޫލުކުރާތީ އެ ނިޒާމުގެ ތެރެއިން ކުރިއަށް ދާން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ނަތީޖާ ވެސް ރަނގަޅެވެ. އަދި ގާނޫނުގެ ސަބަބުން މައި ސަރުކާރު ހިންގުމަށް ކުދިކުދި ދަތިތަކެއް ހުރެދާނެ ކަމަށާއި ސަރުކާރަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ވެސް އެ ގާނޫނުން ނުލިބިދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އަޑު އަހަން ޖެހޭކަން ފާހަގަކުރައްވައި، އިބޫ ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ވެރިކަމެއް ކުރަން ބޭނުންނުވާ ބަޔަކަށް އެ ނިޒާމު ކަމަކު ނުދާނެ ކަމަށެވެ.
"މިއަދު ދިމާވެގެން މިއުޅެނީ އެ މައްސަލަ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު އަނެއްކާ ވެސް މި ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީގެ ސަރުކާރެއް. އެ ސަރުކާރުގައި މިއަދު ލާމަރުކަޒީ ނިޒާމަށް މި ގެންނަ ހުރިހާ ބަދަލުތަކެއް އަނެއްކާ ވެސް އަނބުރާ ދޫކޮށްލާނަން. ކައުންސިލުތަކަށް އެ ބާރު ދޭނަން،" އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ރައީސް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ބާރުތައް އަނބުރާ ކައުންސިލުތަކަށް ދޭނެ ކަމަށާއި މާލީ ފުއްދުންތެރިކަން ކައުންސިލުތަކަށް ހޯދައިދޭނެ ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން ކައުންސިލުތަކަށް ދޫކުރާ ގްރާންޓު އިތުރުކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ބަދަލަކީ ފަސް އަހަރުގެ ދައުރުގެ ތެރެއިން އެންމެ ފަހު އަހަރު ކައުންސިލުތައް "ތަޅު އެޅުވުން" ކަމަށެވެ. ސަރުކާރުގެ ހުއްދަ ނެތި ކައުންސިލުތަކަށް އެއްވެސް މަޝްރޫއުއެއް ނުކުރެވޭ ގޮތަށް ބަދަލުކޮށްފައިވާތީ އެކަމަށް އިބޫ ފާޑުވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސަދ
13 September 2025
ތިމާމެންނަށް ހުޅުމާލެއިން ނެގި ގޯތިތައް ދޫކޮށްލަން ކެރޭނެބާ؟
ޢަލީ ކުރުސީ
12 September 2025
ކީރިތިކުރައްވާނެ، ފިޔަވަޅެއް ނޭޅޭނެ، ކީރިތި ކުރައްވާފަ އަލީ ވަހީދއަށް ދަޢުވާ ނުކުރަން ނިންމާފަ، ފަހުން މަޖްލިސް ޓިކެޓްވެސް ދިނީ!
ޙަޑަ
12 September 2025
ތިޔަ އެމްޑީޕީއަކަށް ، ޕީޢެންސީއަކަށް، ޕީއެންއެފަކަށް، އަދާލަތަކަށް ވޯޓްދޭކަށްދެން ބޭނުމެއްނޫން. ޕާޓީސިސްޓަމް ސުމެއް. އޮތީ ވައްކަންކުރުމާއި، ބައިތުލްމާލު ދަވާލުން
ލާމަރުކަޒީ ރަންނަމާރި
12 September 2025
ކޮން ލާމަރު ޑިކޮރެސީއެކޭތޯ؟ އެނމެ 5 އަހަރު ތެރޭގައި ބޮޑުފަޅެއް ހިއްކާ ސިޓީއަކަށް ހަދާ 15 ކިލޯމީޓަރުހައި ހައިވޭހދާ ބްރިޖަކުން މާލެއާ އެއްފަސްކޮށްފި ސަރުކާރަކުން. ވިއްކާލާފަ އޮތް އެއަރޕޯޓަކާ ކޮލިޓީ ހޮސްޕިޓަލަކާ އެހައިވޭގައި ގުޅުވާފައި! މޑޕ އައިސް އެތާ އެޅާފަހުރި އެންމެ އަގުހެޔޮ 7ހާސް ފްލެޓް 3 އަހަރު ފަހުން ބިމުކުއްޔޭ ކިޔާ 7 އަހަރުކުލި އިތުރުކޮށްފައި ދެން އޮތްހާ ބިމެއް ޝާހީ މަރުކަޒީ އާއިލާތަކަށް ބަހާލާފައި ރަށްރަށުގާ ލާމަރުކަޒީއޭ ތިޔަ ކިޔުއްވަނީ!!
ކަޑަ
12 September 2025
ހަމަ އެއްތާކު ޕީއެންސީ، މޑޕ ޖެހޭނީ. މޮޅު ވާހަކަ ނުދައްކާ.
ސޮލޯލިހު
12 September 2025
މާ ސުލޯމީހެއް
ސަރުކާނު
12 September 2025
ބްރޯ ތީއޭ މައްސަލައަކީ! ޢަބަދު ތި ހުންނަނީ ނޫން ގަ! ރަގަޅު ނޫން ކަމެއްވިއްޔާތާ ހުއްޓުވަން ވާނީ. ޜާއްޖެއަށް ރަނގަޅުކަމެއްވިއްޔާ ކުރިޔަށް ގެންދަންވާނެނު ކައުންސިލަރުންނަށް ރަނގަޅަކަސް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 September 2025
ލާމަރުކަޒު ކުރުމުގައި މިއީ ހަމަ ރަނގަޅަށްވެސް ދެއުޅިއެއްނުވާ ކަންކަން ކުރާ ސަރުކާރެއް. ރަށު ކައުންސިލްތަކަށް ލިބޭ އެއްޗަކާ ލިބެން އޮތް އެއްޗެއްގައި މަތިޖަހާފަ ޕޯޑިއަމަށް އަރާ މިކިޔަނީ ޗެމްޕިޔަން ކުރަނީއޭ. ނުވިތާކަށް އަތޮޅު ކައުންސިލްތައް އުވާލަނީއޯ. މިއީ ދެން މިހާރު ބޮޑު ދުއްޕާނަކަށްވެއްޖެ ބައެއް މިހާރު ވެރިކަމުގައި މިތިބީ
މުލި
12 September 2025
އާ އޭރަށްތާ އަނެއްކާ ކާންބޭނުންވަރަކައް ކާލެވޭނީ ނުވަތަ ޕާޓީކުދިންނައް ބަހާލެވޭނީ
ނަނަނަ
12 September 2025
ވެރިކަމަށް އާދެވިގެންތާ... މަ ދިރިހުއްޓަސް މަގޭ ވޯޓެއް ނުލިބޭނެ...