ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ: ސޯޝަލް މީޑިއާ
26 މާޗް 2017 - 15:03
ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކިކުރުމާ ގުޅޭ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދެ އެވެ.
އެނގިފައިވާ ގޮތުގައި ޕާޓީގެ ރައީސް ކަމުން މައުމޫން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން، އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ދަރުބާރުގޭގައި ކުރިއަށް ދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އެވެ.
ޕީޕީއެމްގެ ކައުންސިލަކީ އެ ޕާޓީއާ ގުޅޭ ނިންމުންތައް ނިންމާ އެންމެ މުހިއްމު ގުނަވަނެވެ. ކައުންސިލްގެ ބައްދަލުވުމެއް މި ބާއްވަނީ މާދަމާ އަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ފަޅީގައި ތިއްބެވި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެ ޕާޓީގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ހައިސިއްޔަތެއް މިހާރު މައުމޫނަށް ނެތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތް ކުރައްވަން ނިންމެވުމަކީ "ފަނާކުރަނިވި" ފިކުރަށް އެއްބާރުލުން ދެއްވުން ކަމަށް ވިދާޅުވެ އެމަނކުފާނު ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ އިންޒާރު ވެސް ބައެއް މެމްބަރުން ވަނީ ދެއްވައިފަ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ޕާޓީގެ ރައީސް ވަކިކުރެވޭނެ ގޮތްތައް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.
މައުމޫން ފެކްޝަނުން ދެކޭގޮތުގައި ޕީޕީއެމްގެ ކައުންސިލް ބާއްވައި ރައީސްގެ މަގާމުން މައުމޫން ވަތްކެއް ނުކުރެވޭނެ އެވެ. އެމަނިކުފާނު ޕާޓީގެ ރައީސް ކަމަށް ވަޑައިގަތީ ގައުމީ މަޖިލީހުގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުން ކަމަށް ވެސް މައުމޫން ފެކްޝަނުން ވަނީ ބުނެފަ އެވެ.
އެހެންވެ އެ މަނިކުފާނު ވަކިކުރުމުގެ ބާރު އޮތީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށް ވެސް މައުމޫން ފެކްޝަނުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕާޓީ ހިންގުމުގެ އެންމެ އިސްވެރިއަކީ އެ ޕާޓީގެ ރައީސެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރަކާ އެކު ކައުންސިލް ބާއްވައި، މައުމޫން އަދާކުރައްވަމުން ގެންދެވި ހުރިހާ ބާރުތަކެއް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް އަބުދުﷲ
26 March 2017
ތިޔައީ މީހެއްގެ އަމިއްލަ މުދަލެއް. މީހުންގެ މުދާ ފޭރޭކަށް ނުވާނެ، ތީ ކިހާގޯސް ކަމެއް.
މަނިކުފާނު
26 March 2017
މައުމޫނު އުފެއްދެވި ޕާޓީން އެމަނިކުފާނު އަނިޔާވެރިގޮތަކައް ވަކިކޮށްލަންއުޅޭތަން މިފެންނަނީ!
އޯކޭތޭ
26 March 2017
މީ ވަރަށް ރަނގަޅު މުރުއްވަތް ތެރި ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ބައްދަލުވުމެއް ދޯ. އޯކޭތޭ. އޯކޭ އޯކޭ އޯކޭ ދޯ. އަތްޖަހާލާ.
ލމއއ
26 March 2017
ލޮލް.
ދެރަސޮރު
26 March 2017
ފިތުނަވެރިކަމާހެދި ޑީއާރުޕީ ގައި މައުނޫނަށް ނޫޅެވިގެން އިލްޔާސް އިބްރާހީމް ގެ އެހީ ތެރިކަމާއިއެކު މައުމޫނު އުފެއްދި ޕާޓީ، ޕީއޭ ކިޔާ 1500 މީހުންވެސް ހަމަ ނުވާ ބަޔަކު ވަދެގަނެ ، އެބޭބެ އަތުން ފިރުކައިގަނެ އެވަރުން ނުފުދިގެން އެބޭ މިހާރު ވަކި ކުރަނީ ލަދު ކޮބާ !!!!
ޖަހައިގަތުން
26 March 2017
އެމްޑީޕީން މައުމޫނު އަތުން ވެރިކަން ޖަހައިގަތީޔޭތަ ތިކިޔަނީ
ވެރިކަން
26 March 2017
ތީ ވަރަށްބޮޑު ގޯހެއް.މައުމޫނާ ތިގޮތަށް ކުޅުމަކީ ޔާމިނަށް ވަކި މޮޅުވާނެ ކަމެއްނޫ.ބާރަކީ އަދި ޖާހަކީ މާތްﷲ ދެއްވާ އެއްޗެއް.އެކަލާގެ އިރާދަ ކުރެއްވި ގޮތަކަށް އެކަމެއްވާހުށި.ބާރު ލިބުނީމަ އެބާރު ނަހަމަގޮތުގަ ބޭނުންކުރުމަކީ ފަހުން އޭގެ ނަތީޖާ ވ.ހިތިކަމެއް.ޔާމިން ވިސްނަވާލެއްވުން މުހިއްމު
އިބްރާ
26 March 2017
އަބްދުއް ރަހީމޫ އަދި ނިހާނޫ ކަލޭމެން މާތްﷲ އިރާދަފުޅުން ރަގަޅު ރޯޅިއެއްގައި ވަކިވެގެން ދާނެ ބައެއްހެން ހީވޭ. މަޔަދު ބާރުލިބުމުން ޕީޕީއެމް ހިސޯރުކޮށް އެއުފެއްދި މީހާއަށް ޖެއްސުންކޮށް ހިތުހުރިގޮތެއް ތިހަދަނީ މިދުނިޔެމަތީ ތާއަބަދަށް ތިޔަމޯޅުކަމުގައި އުޅޭވޭނެކަމަށް ހީކުރަނީހެއްޔެވެ. ހަމަހިލާ އެހެނަކުންނުވާނެ
ޑޯން
26 March 2017
ބާތިލް ފަޅިން ނިމްމާކަންތައްތައް ވެސް ބާތިލްވާނެ.... މައުމޫން ކކބކ....
ކޯޓުންނެވެ
26 March 2017
މައުމޫނު ވަކިކުރެވޭނީ ކޯޓަށްގޮސްގެން
ދިލް
26 March 2017
ޕީޕީއެމް ގަސްހައްދާ މޭވާއެޅީމަ ގަސް ހެއްދުމަށް އެންމެ ބުރަމަސައްކަތްކުރިމީހާ ޕީއޭ ކިޔާ ޕާޓީގެ ބަޔަކު އައއިސް އޭނަގެނަން ކަނޑާލިޔަސް ދިވެހިންނަށް އެހަގީގަތް އެގެއެވެ. ރައީސް ޔާމިނު ގޮތްހުސްވީއެވެ. ބޮޑުފަޅި އަސްލުސިފަވީއެވެ. ނަގޫފިތިގެން ތިބި ބަޔަކުވެސް އެމީހުންމާދަމާގެ ވޯޓުން އެއީ މިނިވަނުންކަން އެގޭނެއެވެ.