ބްރޯޑްކޮމް އިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްނަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބްރޯޑްކޮމް
15 ސެޕްޓެމްބަރ 2025 - 17:01
ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްވެފައިވާ ކަމަށް ބުނެ ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާގެ ވަކި ވަގުތެއްގައި މެދުކަނޑާލުމަށް އަންގައި، އަދި ކުޑަކުދިންގެ ކަރާމާތައް އަރައިގެންފައިވާތީ ރާއްޖެޓީވީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކޮމުން ދީފި އެވެ.
ބްރޯޑްކޮމް އިން ބުނީ ޗެނަލް 13 އަށް ފިޔަވަޅު އަޅާފައިވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެ ޗެނަލުން ލައިވްކުރި ޕީއެންއެފްގެ "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާތީ ކަމަށެވެ.
އެހެންވެ، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް އަންގާފައިވެ އެވެ.
ރާއްޖެ ޓީވީއަށް ބްރޯޑްކޮމް އިން އިންޒާރު ދީފައި ވަނީ މިިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުގެ ރޭ އެ ޓީވީން ދެއްކި އެމްޑީޕީ ކުއްލި އެއްވުމުގެ މުޒާހަރާގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅިގެން ކަމަށެވެ. ބްރޯޑްކޮމުން ބުނީ އެ މައްސަލަ ބެލީ އެ ކޮންޓެންޓުގައި ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭތީ އަމިއްލައަށް އިސް ނަގައިގެން ކަމަށެވެ.
ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ރާއްޖެ ޓީވީން ވެސް ހިލާފުވެފައިވާ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.
ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި ވަނީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލާގަ އެވެ. އެ މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާ ކުރެއްވުމުން، އެ ކޯޓުން ކުރިން ވަނީ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލުނުކަން ސާބިތުވާ ކަމަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް ޖައުފަރު
16 September 2025
ރަނގަޅު ޖޫރިމަނާވެސް ކުރަންވީ
ފޫހި
16 September 2025
ނޯތް ކޮރެއާގައި ބޭރު ބަސްބަހުން ވާހަކަ ދެއްކުން ވެސް މިހާރު އެއީ ކުށެއް.
އަފްރާސިޔާބު
16 September 2025
ދައްކާނެ ކަމެއް ނެތް. އެމީހުންގެ ބަހެއްނެތިއްޔާ އެންމެ ރަނގަޅުވާނެ ދެއްކިއަސް. އެއީ ދިވެހީންގެ ރާއްޖެއެއްނޫން. އެއީ ޑިމޮކްރަސީ ވެރިކަމެއް ހިނގާ ގައުމެއް. ދިވެހިންގެ ރާއްޖޭގައި ލޫޓުވުން އެއީ ދަންނަކަމަކީ.
ނީލަމް މުހައްމަދު
16 September 2025
އަހަންނަކީ އެއްވެސް ޕާޓީއަކަށް ސަޕޯޓް ކުރާ މީހެއް ނޫން. އެކަމަކު މިދޭތެރެއިން މި ދެ ޗެނަލް ބަލާލެވުނު. ވަރަށް ހަޑިކޮށް ރައީސް މުއިއްޒްއަށް އެއްޗެސް ކިޔާފަ ހުންނަނީ.
ފޫހި
16 September 2025
އެއްޗެސް ނުކިޔާނެ. އެއްޗެހި ކިޔާނީ
ސާޖިދާ
16 September 2025
ތިބުނާހާ ރީތިކޮށް އެއްޗެހި ކިޔާތަނެއް ބުނެދީބަލަ
އަކްރަމް ކަމާލުއްދީން
16 September 2025
ބަރާބަރު. ހުސް ފިތުނަ އުފައްދަން އުޅޭ ބަޔެއް.!
އ އަހްމަދު
15 September 2025
ބްރޮޑްކަމް މެމްބަރުނވެސް ދާއިމީކޮށް އެތަނުގަނުތިބެވޭނެދޯ އިންސާފް އަރާހަމަކުރާނެދޯ
އަފްރާސިޔާބު
16 September 2025
އިންސާފޭ. އެއީ ދިވެހިން ދަންނަ އެއްޗެއްނޫން.
ބޮނޑި ބަތް
15 September 2025
13 އުފައްދާއިގެން އެ އަށް އަރާ ތިބެ ނެތި މޮށުން ގޮވި މީހުން އަމިއްލަ އަށް 13 އަށް ފިޔަވަޅު އެޅީ! ޢިބުރަތް
ވާވް
15 September 2025
މިހާރު މިފެންނަނީ މުޅި ދުނިޔެއިންވެސް ފެއިލްވެފައިވާ ސިޔާސަތުތަކެއް ގާއިމްކުރަން އުޅޭތަން!
ތާރީހު ހެކިދޭ
15 September 2025
ހުދުމުހުތާރު ވެރިން ނޫސްވެރިން ދެކެ ބިރު ގަންނާނެ
ޔަގީންތާ
15 September 2025
ފިލްމު ނިމެނީ
މުހައްމަދުޟާ
15 September 2025
13 އާއި ރ ޓީވީ ނޫން ބަޔަކަށް ނޭގެޔޯ ވެރިކަން ކުރާކަށް
ހަމްދާ ހާދީ
15 September 2025
ހަޖަމް ކިރަން ދަސްކުރަން އެނގެން އެބަޖެހޭ